ލިވަޕޫލް ދޫކޮށް ޖޭމްސް މިލްނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރައިޓަންއާ ގުޅިއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބުން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް 619 މެޗު ކުޅެފައިވާ މިލްނާ ބްރައިޓަންއާ ގުޅެން ނިންމާފައިވަނީ އަންނަ މަހު ކަމަށެވެ.

މިލްނާ ވަނީ ލިވަޕޫލްގައި ކާމިޔާބުއަށް އަހަރު ދުވަސް ހޭދަކޮށްފައެވެ. މިލްނާ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރީ ލިވަޕޫލާ އެކު 332 މެޗު ކުޅުމަށްފަހުއެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް ކާމިޔާބުކޮށްދިނުމުގައި ލިވަޕޫލް އަށް އެހީތެރިވެދީފައެވެ.

ޔޫރޮޕާ ލީގަށް ކޮލިފައިވެފައިވާ ބްރައިޓަން ފުރަތަމަ ފަހަރަށް ޔޫރަޕްގައި ކުޅޭއިރު، އެ ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރު ޑޭވިޑް ވެއިރް ބުނީ މިލްނާގެ ތަޖުރިބާ ބޭނުންވާނެ ކަމަށެވެ.

ޔޫރޮޕާ ލީގުގެ ތަށި ހޯދުމަށް ބްރައިޓަންއިން މިހާރު މަސައްކަތް ފަށާފައިވާއިރު، އެކުލަބުން އަންނަނީ މޮޅު ކުޅުންތެރިން ހޯދުމަށް ބޮޑު ހަރަދުކޮށް ފާރަލަމުންނެވެ.

ބްރައިޓަން އިން އެންމެ ފަހުގެ ޕްރިމިއާ ލީގު ނިންމާލީ ޖުމުލަ 62 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮވެގެންނެވެ.

މިދިޔަ 20 ވަރަަކަށް އަހަރު ތެރޭގައި ބްރައިޓަން އަށް ގިނަ ގޮންޖެހުންތައް ކުރިމަތިވިއެވެ. ނަމަވެސް 2009 ވަނަ އަހަރު ޓޮނީ ބްލޫމް ހަވާލުވި ފަހުން ބްރައިޓަން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. ފާއިތުވި ތިން ވަރަކަށް އަހަރަށް ބަލާއިރު އެ ޓީމުންވަނީ ޓީމު ވަރުގަދަ ކުރުމަށް ބޮޑު ހަަރަދުތަކެއް ކޮށްފައެވެ.