ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

އެ ބޭންކް އިން މައުލޫމާތުދިން ގޮތުގައި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މާރިޗް 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްއިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭން މިހާރު ނިންމާފައިވާއިރު، މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިންގ ލިބޭ އަދަދު ފެންނާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަލާސްޓް

    ބީއެމްއެލް ބޮއިކޮޓް

  2. ބީއެމްއެލް

    ކުދިންނޭ މި ލޯނުތައް ނުނަގާތި. ތި ބެދެނީ މަޅިޔެއްގަ!

    11
  3. ހެ ހެސް

    ތިއީ ލުއި އެއްޗެއް ނޫނެވެ. 2 މިލިއަން ނެގުމައްވުރެވެސް ބަރު ލޯނެކެވެ.

    10
  4. ޖާދޫ

    ބީޢެމްއެލް ހާދަ ފޯރިއެއް އެބަހުއްޓޭ އަހަރުމެން ދިވެހިން ދަރަނިވެރިކުރިވަން، މަވާސަލާމް