މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި އެންމެ ނަން ހިނގާ ޕްރިމިއަމް ބްރޭންޑްތަކުގެ ސެންޓު ވިއްކަމުގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޕޮއިސް ޕްރިމިއަމް އިން މިފަހަރު ރަމަޟާން މަހަށްވެސް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮންމެ ރަމަޟާން މަހެއްގައި ޕޮއިސް ޕްރިމިއަމް އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ.

މިގޮތުން މިފަހަރުވެސް އެ ފިހާރައިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުން ގަންނަ ކޮންމެ ސެންޓްފުޅިއަކަށް ހަދިޔާއެއް ލިބިގެން ދާނެއެވެ. އެގޮތުން ސެންޓްފުޅިއެއް ގަތުމުން ހިލޭ ސެންޓްފުޅިއެއް ލިބުމުގެ އިތުރުން ތަފާތު އެކިއެކި އިނާމުތައް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ޕޮއިސް ޕްރިމިއަމްގެ ފިހާރަ

"ކުރުކޮށް ބުނަނީނަމަ ހަދިޔާއެއް ނުލިބި ހަމަ އެކަކުވެސް ފިހާރައިން ނުކުމެގެން ދާކަށް ނުޖެހޭނެ.". އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ޕްރޮމޯޝަން މާރިޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ޕޮއިސް ޕްރިމިއަމް ފިހާރަ ހުންނާނީ މާލޭގެ ރައްދެބައި މަގު، ބޮޑުފެންވަޅުގޭ ކުރިމަތީގައެވެ. އެ ފިހާރައިގެ ނަމްބަރަކީ 9166499 އެވެ.

ޕޮއިސް ޕްރިމިއަމްއަކީ ނަން މަޝްހޫރު ޕާރފިއުމްއާއި ސްކިން ކެއަރ އަދި ހެއަރ ކެއަރގެ އޮރިޖިނަން ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ މަޝްހޫރު ފިހާރައެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހަންމަދު މުއިޒު

    ހުސްކުރާ ސޭލް އޮންނަކަން މި އިނގުނީ އަދި މިކއަދު
    އެހެންނަމަވެސް ތަކެތި އަގުބޮޑުވީމަ ދެވޭކަށް ނެތެވެ.
    ޝުކުރިއްޔާ

  2. މަޒްދާން

    މާޗު 25 ގައި ރަމަޟާން މަސް ނިމެނީތަ؟ ނޫނީ އޭގެ ފަހުން މީހުންނަށް މުސާރަ ލިބި ގިނައިން ސެންޓުގަނެ ހަދިޔާއަށްދޭ ސެންޓު ގިނަ ކުރަންޖެހޭތީ ހުއްޓާލަނީތަ؟ ސްމޯކް ސްކްރީންނެއް އަރުވާލާފަ؟