އެއްފުރާޅެއްގެދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލުލިބޭ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިފިއެެވެ.

އެސްޓީއޯ ސްމާޓް ސްޓޯރ ކައިރީގައި ހުޅުވި މި ފިހާރައިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިންގޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.

‎އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލޫޝަންސް ޝޯރޫމް ހުޅުވުން - - ވަގުތު އިމޭޖަސް :- އަހްމަދު މަމްދޫހް

އެސްޓީއޯއިން މައުލޫމާތު ދެއްވިގޮތުގައި ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށެވެ.

އެސްޓީއޯއީން މައުލޫމާދިންގޮތުގައި ހިތްގައިމު އިންޓިއާރައާއި އެކު ފަސޭހައިން ބޭނުންވާ ޕްރޮޑަކްޓްތައް މިހާރު މާލެ ނާދެވޭ ހާލަތެއްގައިވެސް ހުޅުމާލެ ޝޯވރޫމް އިން ގަނެވޭނެއެވެ. އަދި ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން މި ޝޯވރޫމްގައި ކުރިއަށް ދާނެއެވެ.

‎އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލޫޝަންސް ޝޯރޫމް ހުޅުވުން - - ވަގުތު އިމޭޖަސް :- އަހްމަދު މަމްދޫހް

އަދި މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މިޝޯވރޫމް އިން ލިބޭއިރު، އެސްޓިއޯ ޕަވަރމިކްސް ކަސްޓަމަރުންނަށްވެސް ރެޑީމިކްސް ކޮންކްރީޓް ހުޅުމާލެ ޝޯވރޫމް އިން އޯޑަރ ކޮށްލެވޭނެއެވެ.

އޭގެ އިތުރުން މިޝޯވރޫމް އިން ކަސްޓަމަރު ބޭނުންވާ ކޮންސްޓްރަކްޝަންސް މެޓީރިއަލްސް (ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ. އަދި ރޫފިންގް ޝީޓްވެސް އޯޑަރުކޮށްލެވިދާނެއެވެ.

‎އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލޫޝަންސް ޝޯރޫމް ހުޅުވުން - - ވަގުތު އިމޭޖަސް :- އަހްމަދު މަމްދޫހް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދޭ ކުންފުންޏެވެ.

އެސްޓީއޯގެ ތާރީހުގައި އެސްޓީއޯއަށާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޔަތަށްވެސް ގިނަގުނަ ފާހަގަކޮއްލެވޭ ތާރީހީ ކުރިއެރުންތަށް ވަނީ ގެނެސްދެވިފައެވެ.