ފަތުރުވެރިކަމަކު ސީޒަނާއި ދިމާކޮށް އިތުރު އެއާލައިންއެއް ރާއްޖެއަށް ދަތުރު ފަށާނެކަމަށް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.
ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެއްޓުމާއި ގުޅިގެން މިއަދު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާއި ވާހަކަދައްވަމުން އާދިލް ވިދާޅުވީ، މި ސީޒަންއަށް ރާއްޖެއަށް އިތުރު އެއާލައިނެއް އޮޕަރޭޓް ކުރަން ފަށާނެ ކަމަށާއި، އޭގެ ހުރިހާ ކަމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަންތައް ހަމަޖެހުމުން އަންގާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.
"އެހެން ނަމަވެސް މި އަހަރު ތެރޭގައި އެކަން ފެށިގެން ދާނެ. ގާތްގަނޑަކަށް ހުރިހާކަމެއް ނިމިފައި އިނީ" އާދިލް ވިދާޅުވިއެވެ.
އާދިލް މިގޮތަށް ވިދާޅުވި ނަމަވެސް، ރާއްޖެއަށް އަލަށް ދަތުރުތައް ފަށާ އެއާލައިންއާ ގުޅޭ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި އެ އެއާލައިންގެ ނަންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ސީޒަންގައި ރާއްޖެއަށް ފަށަން އުޅެނީ އިންޑިއާގެ އެއާލައިނަކުން ކަން "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ.
އާދިލް ވިދާޅުވީ، މިދިޔަ އަހަރުގެ ފިނި މޫސުމާއި އަޅާ ބަލާއިރު، މި އަހަރުގެ ފްލައިޓްތައް ވަރަށް ބޮޑު އިތުރުވެފައިވާކަމަށެވެ.
"ހާއްސަކޮށް ޔޫރަޕުން އަންނަ ފްލައިޓްތައް އިތުރުވެފައި ހުރީ، އާ ފްލައިޓްތައް ނުފެށިއަސް މިހާރު އޮޕަރޭޓް ކުރާ ފްލައިޓްތަކުގެ ފްރިކުއެންސީ އެހެރީ ވަރަށް ބޮޑަށް އިތުރުކޮށްފައި. މިސާލަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެމިރޭޓްސް، ގަތަރް، އެލިޓާލިއާ، އެއާފްރާންސް، މި ހުރިހާ ފްލައިޓްތަކެއްގެވެސް މޫވްމެންޓް އިތުރުވެގެން މި ދިޔައިއިރު، އަޅުގަނޑުމެން މި ގަސްތު ކުރަނީ ގާތްގަނޑަކަށް އިތުރު އެއްހާސް މޫވްމެންޓް މި ސީޒަން ތެރޭގައި އިތުރުވެގެން ދާނެ ކަމަށް". އާދިލް ވިދާޅުވިއެވެ.
އެހެންކަމުން މިދިޔަ އަހަރުގެ ސީޒަނާއި އަޅާބަލާއިރު، ފަތުރުވެރިކަމުގެ ގްރޯތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އާދިލް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު 5 އާއި 7 ޕަސެންޓާއި ދެމެދުގެ ގްރޯތެއް އަންނާނެކަމަށް ބެލެވޭކަމަށްވެސް އާދިލް ފާހަގަކުރެއްވިއެެވެ.
މިއަދު ރާއްޖެެއަށް އަލަށް ފެށި އެއާލައިންއަކީ މި އަހަރު ތެރޭ އިންޓަނޭޝަނަލް ދަތުރުތައް ފެށި އެއާލައިންއެކެވެ. އެ އެއާލައިންގެ މިހާރު ރާއްޖޭގެ އިތުރުން ތައިލެންޑަށް ސީދާ ދަތުރުތައް ކުރާނެއެވެ.
ދެންތި ގެރި އިންޑިޔާ އިން މިރާއްޖެ ަަަަަަަަަސަމައް ނުވާނެ