ސެލް ޒޯން އިން 2020 ގެ ނަމުގައި ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ތަފާތުކަން ހާމަ ކުރަމުން ސެލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްހަމީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން ވިއްކާ އައިޓަމްތައް އަގު ކުރެވިފައި ވަނީ 2020 ވަނަ އަހަރާއި ގުޅުވައިގެން ކަމަށެވެ.

"މިސާލަކަށް 25،000 ރުފިޔާއަށް ވިއްކަމުން އައި އައިފޯނުގެ ބައެއް މޮޑެލްތައް ޕްރޮމޯޝަންގެ ދަށުން 20،202 ރުފިޔާއަށް ގަންނަން ލިބޭނެ. ބައެއް އެހެން ބްރޭންޑްތަކުގެ ފޯންތައް އެބަ އުޅޭ 2،020 ރުފިޔާއަށްވެސް. އަދި ބައެއް ކަހަލަ އެސެސަރީސްތައް ގަންނަން ލިބޭނެ 202 ރުފިޔާއަށް". ޕްރޮމޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެމުން ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، މި ޕްރޮމޯޝަނުގެ ދަށުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯއެއްގައި ބައިވެެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ފުވައްމުލަކު ސިޓީގައި ޗުއްޓީ ހޭދަކޮށްލުމަށް ދެ މީހަކަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާއިރު، މިއީ ނަސީބު އަގުވަޒަންކޮށްލަން ރަނުގެ ފުރުސަތެކެވެ. ޔަގީނުންވެސް އެ ކުންފުނީގެ ފިހާރަތަކުގައި ބޭނުންވާނެ ކިތަންމެ ސާމާނެއް ލިބެން ހުންނާނެއެވެ.

ސެލް ޒޯންގެ ތިން ފިހާރައެއް ހުރެއެވެ. ދެ ފިހާރަ ހިންގަމުން ދަނީ މާލޭގައެވެ. އެއީ ޗާންދަނީ މަގު ނިމޭކޮޅުގައި އާއި، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ. އަދި މީގެ އިތުރުން، ހުޅުމާލެ ނިރޮޅު މަގުގައިވެސް ފިހާރާއެއް ހުންނާނެއެވެ.