ގިނަ މައިންގެ އިތުބާރު ހޯދަމުން އަންނަ ޑައިޕާސް ބްރޭންޑެއް ކަމަށްވާ "ޓެނޭރާ ބޭބީ" ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ އެޗްއެސްސީން، އެ ބްރޭންޑުގެ ޑައިޕާސްތަކުން ޑިސްކައުންޓް ލިބޭ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޓެނޭރާ ޑައިޕާސްއަކީ ކުޑަ ދަރިފުޅަށް އަރާމާއި، ފަސޭހަކަން ލިއްބައިދޭނެ މޮޅު ޑައިޕާއެކެވެ. އަދި މިއީ ބޭނުން ކުރުމުން ހަންގަނޑު ހިރުވުން ފަދަ ކަންތައްތަކުން ވެސް ދުރުކޮށްދޭނެ މޮޅު ޑައިޕާސްއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

އެޗްއެސްސީން ބުނީ، އެ ކުންފުނިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ޓެނޭރާ ޑައިޕާސް އިން 30 ޕަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އެޗްއެސްސީން މިހާރުވެސް ދަނީ ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވިހާ ކޮންމެ ކުއްޖަކަށް ޓެނޭރާ ބްރޭންޑްގެ ނެޕީ ޕެކެއް ހަދިޔާ ކުރަމުންނެވެ. އަދި އެޗްއެސްސީން މިހާރު ދަނީ ޖެންޑާ މިނިސްޓްރީ އާ ވާހަކަ ދައްކައިގެން މި ބްރޭންޑްގެ ނެޕީ ފިޔަވަތި އާއި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަކުދިންނަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން ބުނީ، ޑިމާންޑަށް ބަލާ ކުރިއަށް އޮތްތަނުގައި "ޕުލްއަޕްސް" ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓެނޭރާ ޑައިޕާސް ބްރޭންޑް މިހާރު ދިވެހިންގެ ތެރޭގައި ވަރަށް ހިނގައެވެ. ރާއްޖެ ތެރޭގެ ގިނަ ރަށްތަކުގައި މި ބްރޭންޑަކީ އާ ބްރޭންޑަކަށް ނުވާނެއެވެ. ގިނަ މައިންގެ އިތުބާރު މި ބްރޭންޑަށް ދަނީ ލިބެމުންނެވެ.

މި ބްރޭންޑްގެ ނެޕީ މިހާރުވެސް ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަަމުން ދަނީ އެޗްއެސްސީގެ ޔޫރޯ އިންްނެވެ.

ޔޫރަޕް ބައްރުގެ މޮޅު ކޮލެޓީގެ މުދާ ހެޔޮ އަގެއްގައި ފޯރުކޮށްދެމުން އަންނަ އެޗްއެސްސީން ވިއްކާ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަންނަން ބޭނުންވާ މީހުން 7787655 / 3326673 މި ނަމްބަރުތަކަށް ގުޅައިގެން، ނޫނީ އެ ކުންފުނީގެ އީމެއިލް މެދުވެރިކޮށް [email protected]، އަދި އެކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފުރުސަތު ލިބޭނެއެވެ.