ދިރާގުގެ އަހަރީ އާއްމު ޖަލްސާ މިފަހަރު އޮންނާނީ އޮންލައިންކޮށް ކަމަށާއި، މި ޖަލްސާ އޮންނާނީ ޖޫން މަހު 11ވަނަ ދުވަހު ހެނދުނު 11:15ގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގުން ބުނީ، މި ޖަލްސާ ކުރިއަށް ދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުން ތައްޔާރުކޮށްފައިވާ އޮންލައިކޮށް ބައްދަލުވުންތައް ބޭއްވޭ ފަހިވޯޓު ސިސްޓަމް މެދުވެރިކޮށް ކަމަށެވެ.
މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސްކުރުމާއި،، ދިރާގުގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ނިންމި ހިއްސާގެ ފައިދާގެ އަދަދު ފާސްކުރުންވެސް އޮންނާނެއެވެ.
ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ވަނީ ނިންމައިފައެވެ.
ދިރާގުން ވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 12 ރުފިޔާގެ މަގުން ޖުމްލަ 912 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާނެއެވެ.
ދިވެހިންގެ ޖީބު ހުސްކުރާ ދިރާގު