ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ ބައެއް މަރޗެންޓް ވެބްސައިޓްތަކާއި ފައިސާގެ މުއާމާލަތް ނުކުރެވޭ ގޮތަަށް ބްލިކް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ސްކްރިލް އަދި ޓްރާންސްފަރވައިސް ހިމެނޭހެން ޑިޖިޓަލް ވޮލެޓްތަކުގައި ބީއެމްއެލް ކާޑު ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިގޮތަށް ހަމަޖައްސާފައި ވަނީ ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވުން ހިފެހެއްޓުމަށް ކުރި ކަމެއް ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ވަނީ މިއީ އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން އެޅުނު އިތުރު ފިޔަވަޅެއްގެ ގޮތުގައި މިކަން ސިފަކޮށްފައެވެ.

ބީއެމްއެލް އިން ބުނީ، މިބަދަލު ގެނައި ނަމަވެސް، ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޑިޖިޓަލް ވޮލެޓްތަކުން ފައިސާ ގެނެވޭނެ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭން ބޭރުން ގެނެވޭ ފައިސާގެ ތެރެއިން 500 ޑޮލަރަށް ވުރެ މަދު އަދަދުތަކުން އެއްވެސް ފީއެއް ނުނެގުމަށް ބޭންކުން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަސްލު

    ލާރި ހޯދެން އޮތް ގޮތެއް އޮތީޔާ ބަންދު ކޮއްފަ ބަހައްޓާތި

    37
    1
  2. ޚާލިދު

    ދެން ނުވަންޏާ ވާވަރު ބަޔަކާހަވާލުކުރޭ ކުރީސަރުކާރުވެރިކަމުގައޮތްއިރު މިނޮހުއްރުއްޕާނެއް ރައްޔިތުންނަކައް ނުޖައްސާ.

    39
  3. ހުސޭނުބޭ

    ރައްޔިތު މީހާއަށް ހުރިހައި ބަލާވެރިކަމެއް! ސަރުކާރުގެ ބޮޑެތިން ޑޮލަރުތައް ހިފައިގެން އުދުހެނީ!

    34
  4. އަހްމަދު

    ސަރުކާރަކީސިޔާސީތަނަކަށްވިއަސް ރައްޔިތުންގެ ބޭންކް ސިޔާސީތަނަކަށްވުމަކީ ބަލައިގަނެވޭނެކަމެއްނޫން މިހާރުމިވާގޮތުން ސަރުކާރުބަދަލުވާހިސާބުން ބެންކްގެ ހުރިހާ ސީނިއަރސޮޓާފުންވެސް ބަދަލުވާންއެބަޖެހޭކަންނޭގެ ބޭންކުގަހުރިހުރިހާފައިސާއެއް ސަރުކާރަށް ދޫކޮށް ރައްޔިތުންހަނާވާގޮތަށް ޢަމަލުކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން

    25
  5. ގެރިމަސް

    އިބޫ ސޮލިހަކީ ގައުމަށް ޖެހިފައޮތް ބަލާވެރިކަމެއް

    33
    1
  6. ބަކަރިމަސް

    އަޅުގަނޑުމެން މިހާރު ހުރި މީހާއަށް ރައީސް ކިޔަންވެސް ފަކުރު ގަނޭ މިހާރު

    32
    1
  7. ސަޒަން

    ކީތްކުރާނީ " އަ ހަ ރެ މެ ން ގެ ބޭ ން ކް " ގެ ފެންވަރު .... ހަމަގައިމުވެސް މަގޭ އެކަަައުންޓައް ވައްދަން ބޭރުކުރާވަރައްވުރެން ގިނައިން ..... ބީއެމްއެލް އަކީ ހުޅަނގުން ހިންގާ އެމީހުންގެ އޭސިޔާގެ ހަބެއް އެހެންނޫންނަމަ ތިތަން ތިހެން ނުހުރީސްކަން ކަށަވަރު