އާއްމުކޮށް ޗުއްޓިއާއެކު އެންމެން ޖަމާވާތަނަކަށް ވެފައި ވަނީ މާލެ އެވެ. އެކަމަކު މިފަހަރު މާލެ ދެވޭކަށް ނެތެވެ. ކޮވިޑް-19ގެ ބިރަށެވެ. މިފަހަރު އެންމެ ރަނގަޅުވާނީ އަޮތަޅު ތެރޭގެ ރަށްތަކަށް ދިއުމެވެ. ރަހުމަތްތެރިންނާއި ބައްދަލު ކުރުމަށެވެ. ނޫނީ ބޭސްފަރުވާއަށެވެ. ކޮވިޑް-19ގެ ހާލަތާއެކު، އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްފިތާއެވެ.

މިފަދަ ދަތުރުތަކަށް، އެއްރަށާއި އަނެއް ރަށް ގުޅުވައިދެނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. މޯލްޑިވިއަން އިން ކޮންމެ އަހަރެއްގެ ޗުއްޓީއާ ދިމާކޮށް ފްލައިޓްތައް އިތުރު ކުރެއެވެ.

މިފަހަރު މޯލްޑިވިއަން އިން މި ވަނީ ކުރު ރާސްތާ ދަތުރުތައް އެޅުމަށްވެސް ނިންމާފައެވެ. އެހެންކަމުން މޯލްޑިވިއަން އިން ރާއްޖޭގެ އެއާޕޯޓް ހިންގާ ރަށްތަކާއި ގުޅުވައިދޭނެއެެވެ.

އެގޮތުން އައްޑޫ ސިޓީ ގަމުން، ކާޑެއްދޫ، ކޫއްޑޫ އަދި ދެވޭނެއެވެ. އައްޑޫ ސިޓީން ކާޑެއްދޫ އާއި ކޫއްޑޫއަށް ދާނަމަ އަގު އުޅެނީ 689 ރުފިޔާ އަށެވެ. އަދި ދަރަވަންދޫން ހަނިމާދޫއަށް ދެވޭއިރު، އަގު އުޅެނީ 742 ރުފިޔާއަށެެވެ. ފުއްވަމުލަކުން ކާޑެއްދޫއަށް 882 ރުފިޔާއަށް ދެވޭއިރު، ކައްދޫއަށް ދެވެނީ 1053 ރުފިޔާއަށެވެ. އަދި ފުއްވަމުލަކުން ކޫއްޑޫއަށް ދެވޭނެއެވެ. އަދި މާވަރުލުން، ކައްދޫއަށް ދެވޭނެއެވެ.

އެހެންކަމުން ބޭސްފަރުވާއަށް ނޫނީ ޗުއްޓިއަށް ރަށަކަށް ދިއުމަށް އެންމެ ރަނގަޅު މަގަކީ މޯލްޑިވިއަންއަށް މި ވަނީ ވެފައެވެ.

މޯލްޑިވިއަން އިން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ޓިކެޓް ނެގުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން އެޕް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނަގާ ފަރާތްތައް ޑިސްކައުންޓް ދިނުމަށްވެސް ނިންމާފައި ވެއެވެ.

މޯލްޑިއަންއިން ބުނީ، މާލެ ފުރަބަންދުކޮށްފައި އޮތުމުން، މިހާރު އެކި ރަށްރަށަށް ދިއުމަށް ޑިމާންޑުވެސް ބޮޑުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަރީ

    ކޮންމެ އަހަރަކު ތިގޮތަށް ރާއްޖެތެރޭއަށް ދެވޭގޮތަށް ފުލައިޓްތައް ބާއްވާނަމަ ކިހާ ރަގަޅު

    • ޕާކިންސްްޓިކާ

      މަ ބޭނުމީ ގޮނޑި ދުއްވަން ޔޫކޭއަށް ދާން

      1
      3
  2. މަގޭ ގައުމު

    ކޮބާ އިފުރުގެ ޓިކެޓުގެ އަގު ހެޔޮނުކުރަންތަ.

  3. ބަކުރުބެ

    ހޯރަފުށިން ދަރަވަންދުއަށް ދަތުރެއް ނޯވޭތަ ؟

  4. ނަހޫ

    ދެން ކޮބާ ހދ.ކުޅުދުއްފުށި ހއ. ހޯރަފުށި، ދެން ކޮބާ ނ. މާފަރު ރ.އިފުރު، ދަތުރު ތައް އެބަ އޮތްބާ؟

  5. ސޮނަ

    ލ އަތޮޅުން ށ އަތޮޅަށް ނިކަން ދަތުރު ކުރެވެެގޮތް ހަދާބަލަ

  6. ޢަލީ

    ޗުއްޓީ އަށްދާން އެންމެ ބެސްޓް ރައްތައްވެސް ހިމަނާލަ ދެއްވާ ، މިއުޅެނީ ކުދިވެރިން ގޮވައިގެން ދެކުނަށް ޖައްސާލަން ކަމަށް