ރާއްޖޭގެ ފުރަތަމަ ފްލޯޓިންގ ސިޓީއެއް އެޅުމަށް އެއް ބިިލިއަން ޑޮލަރުގެ ފްލޯޓިން ސިޓީ މަޝްރޫއު އިފްތިތާހް ކޮށް، ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މަޝްރޫއެކެވެ.

މި މަސައްކަތް އަލުން ފަށަން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއަދު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މި މަޝްރޫއު ލޯންޗްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ،ޑރ. އަބްދުﷲ މައުސޫމް އާއި ރައީސް ނަޝީދެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" މަޝްރޫއު ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތު

މި މަޝްރޫއު ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް އެ ކުންފުންޏެއް ދީފައެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ކޮންސެޕްޓް މާސްޓާޕްލޭން

"ވަގުތު"އާ ވާހަކަދައްކަވަމުން މި ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓަންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ، މާލޭގެ އާރަށް ކައިރީގައި އޮންނަ ފަޅެއްގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ތިމާވެއްޓާއި ރަށްޓެހި ސިޓީއެއް ކަަމަށާއި، މި ސިޓީއަކީ ފޮސިލް ފިއުލް ބޭނުން ނުކުރާނެ ސިޓީ އެއް ކަމަށެވެ. މި ސިޓީގައި ދެ ބުރީގެ ފަސްހާސް ގެ އަޅާނެއެވެ. އަދި އެ ސިޓީ ކައިރީގައި ޔޮޓް މެރީނާ އަކާއި ފަސް ތަރީގެ ދެރިސޯޓް އަޅާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ ހުންނާނެ ގޮތުގެ ކުރެހުމެއް

އެހެންކަމުން އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މި ސިޓީގައި މުނިސިޕަލް ހުރިހާ ސާވިސްއެއްވެސް، މިސާލަކަށް ކައުންސިލް އޮފީހާއި، މިސްކިތާއި، ސްކޫލްތަކާއި، ހޮސްޕިޓަލާއި، މި ހުރިހާ ތަނެއް".

ފްލޯޓިން ސިޓީގެ އެތެރޭގެ ކުރެހުމެއް

އެ ސިޓީގެ ކޮންމެ ގެއެއްގައި 900 އަކަފޫޓާއި، 1500 އަަކަފޫޓާއި ދެމެދުގެ ބޮޑުމިން ހުންނާނެ އެވެ. އަދި ކޮންމެ ގެއެއް ހުންނާނީ ދެބުރިއަށް ހަދާފައެވެ. އަދި ކޮންމެ ގެއެއްގައި ޓެރެސްއެއްވެސް ހުންނާނެ އެވެ.

"ބޭނެކްތައް މެދުވެރިކޮށް ހުޅުމާލޭގައިވެސް ގެ ގަންނަން ލިބޭ ގޮތަށް، މޯގޭޖްކޮށް ފުރުސަތު ހުޅުވާލެވިގެން ދާނެ". ރިޔާޒް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ މަޝްރޫއާ ގުޅޭގޮތުން ކުންފުނިން މިނިސްޓަރ މައުސޫމަށް މައުލޫމާތު ދެއްވަނީ

މިއަހަރު ސެޕްޓެމްބަރު މަހު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ މި މަޝްރޫއުއާ ގުޅޭ ހުއްދަތައް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރެވުމުންނެވެ.

މި މަޝްއޫރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ ފަސް އަހަރާއި ދިހަ އަހަރާއި ދެމެދުގެ މުއްދަތަކެވެ. އެހެން ނަމަވެސް ތިން އަހަރާއި ހަތަރު އަހަރާއި ދޭތެރޭގައި މި ސިޓީ ފަންގްޝަންވެ ބޭނުން ކުރެވެން ފެށޭނެ ކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.

"މޮޑިއުލާކޮށް ބިލްޑް ކުރާއިރު، އަނެއްހެން ބިލްޑިންގގެ މަސައްކަތްތައް ކުރިއަށް ދިޔަ ކަމުގައިވިޔަސް އެކަހަލަ އުނދަގޫތަކެއް ދިމާ ނުވާނެ މި ޕްރޮޖެކްޓްގެ".ރިޔާޒް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ އެންވެރޮމެންޓް ހަލާކުކޮށްގެން ހިއްކުމުގެ މަސައްކަތްތައް ހުއްޓާލެވި، މިފަދަ މޮޑެލްތައް ތައާރަފް ވެގެން ދިއުމަކީ ބޮޑު ކުރިއެރުމަކަށް ވެގެން ދާނެ އެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުވާ ހިސާބުން މިއީ ހުވަނަފެއް ނޫންކަން ހާމަވާނެ އެވެ. މިފަދަ ސިޓީތައް ޑެންމާކްގައި އަޅާތާ މިހާރު 30 ވަރަކަށް އަހަރު ވެެދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

66 ކޮމެންޓް

  1. ޖުހާ

    ތިޔަ ޖެހީ ރައްޔިތުން ބޮލައް ފްލޯޓިންޗިޕެއްތޯ މަނިކުފާނު

    121
    5
    • Anonymous

      އެންމެބރަށެއްބާ؟ 10 ވަރު ހަދާލަބަލަ. އަނގައިން ނިންމާ އެއްޗެހިވީމަ ކީއްކުރަން މަދުން ހަދަނީ.

      19
      1
    • ޙައްގުބަސް

      ފުރަތަމަ ކުރަންވީ ކަމަކީ ރިޔާސީ އިންތިޚާބުގައި ކަލޭމެންވި ވަޢުދުގެ ތެރެއިން ކަމެއްކުރެވޭތޯ! ކަލޭމެން އޭރު ދެއްކި މެނިފެސްޓޯ އެއޮތީ އެއޮތްގޮތަށް!! އޭގައިވާ އެއްކަމެއްވެސް ނުކުރެވޭ!! ކުރަނީ ވައްކަން! ދެން މިހާރު އިންތިޚާބާ ދިމާކޮށް ސަކަރާތްޖަހަން ނަހަދާ ބުއްޅަބެ!!

      23
      1
    • ބޯބުރާންތިން

      ތިވާހަަތަށް ގަބުލް ކުރަނީ އިލްޔާސް އިއާޒް އަށްޑޫގެ ގިނަ މީހުންނާ މި މަލޭގަ އުޅޭ24 ގަޑި އިރު ހަމާގަ ތިބެން ބޭނުން ނުވާ ކުދިންކޮޅު ކީއްކުރާނީ ދޯ ދިވެހިންނަކީ ކަނޑުމަހަށްވުރެ ބޯބުރާތި ބައެއްބާއޭ ނުނީ ދޫނި ސުފާ ކުޅުޅުގެ ސިކުޑި ބައޭ ވެރިކަމުގަ މިހިރީ ހުރިގޮތަށްހުރި މޮނިއުމަންޓެއް ވެރިކަންކުރަނީ އެއްކަލަ ކެނރީގޭ އެބައުޅޭ މިބައުޅޭގަ އުޅޭ ޖުހާ ދައްކާފަ ނުދައްކާނެ މިދުނިޔެމަތީގަ މީހަކަށް ނެހެދޭނެ އޭނަ ހަދާވަރުގެ ދޮގެއް އުމަރު އޮނާނެ 2008 ނަސީދު ހެދި ދޮގުގެ 100 ދޮގުގެ ފޮތެއް މިފަހަރުވެސް މިހަދާ ދޮގު ގަބޫލް ކުރަނީ ރީދޫ ހުން

      17
      1
  2. އާދަމުގެދަރި

    ވެރިކަމުގައި ހުރިއިރު ވޯޓާ ދިމާކޮށް ވިންޑްޓާބަން ޖަހާފައި ކުރެހުމެއް ދައްކާލި ދުވަހުގެ ހަނދާން އާވެއްޖެ. އެ ވިންޑްޓާބަންތަކުން ކަރަންޓް އުފައްދައިގެން ހެޔޮއަގުގައި ހިލޭ ކަރަންޓް ލިބޭތީ އަހަރެމެން މިތިބީ އުފަލުން ރަތަށް އަރާފައި. އަނެއްކާވެސް ވޯޓެއް ގާތްވީމާ ކުލަވަރެއް ދައްކާލާފައި ވޯޓު ނިމޭއިރަށް ތި ފްލޯޓްވެގެންގޮސް އެޓްލާންޓިކް ކަނޑަށް ތި އެއްޗެއް ޣަރަޤު ނުވިއްޔާ ދެރަ. ވަލްހަމްދުލިއްލާހި.

    104
    6
  3. ބޭޗާރާ

    ކުރިން ދެއްކި ކުރެހުމާ ވަރަށް ބޮޑަށް ތަފާތު. ކޮބައިތަ އޭރު ދެއްކި ގޮލްފް ކޯސް. ގޮލްފް ކުޅޭތަން ވަޔަށް އަރައިގެން ދިޔައީތަ؟

    133
    8
    • ހޭބޯ

      ގޮލްފް ތަ ނުކުޅެވިގެން މިއުޅެނީ......

      41
      24
      • ދދދދ

        އެހެންވެގެންތާ މާމޮޅު ގޮލްފްކޯސް އެއް ހަދާނެ ވާހަކަ ދައްކާ ޚިޔާލީ ކުރެހުމެއް ރައްޔިތުންނަށް ދެއްކީ.

        15
        1
      • ދިމަތި

        އޭތި މީތި ބޮއިގެން ލަވަކިޔާފަ ނެށުމަށްވު ރެ ރަގަޅުވާނެ ގޮލްފް ކުޅުނަސް

        9
        1
      • ޑަބިޔަ

        ގޮލްފް ނުކުޅެވިގެން އުޅޭ ވާހަކައެއްނޫން. ގޮލްފް ދަނޑު ނެތްވާހަކަ. ނަސީދު އަދި ސަރުކާރު ދަައްކާ އެއްވެސް ވާހަކައެއް ދިމާ ނުވޭ. ކަމެއް ކުރާތަން ނުފެނެ. ވައްކަންވީ ގިނަ އެއީ ދިމާވެގެން މިއުޅޭ ކަމަކީ

        11
        1
  4. ވޯޓުބޮނޑި

    ވޯޓު ހޯދަން އަނެއް މޮޅު ދޮގުވައުދުނާމާ އެއް...

    156
    8
  5. ޕަޓް

    ތިޒާތުގެ އާރުލާ ކަންތަކޭ ކުރަންވީ. ސިޔާސީ ފޭކް ވާހަކަ ދައްކަން ނުތިބެ. ދިވެހިރާއްޖޭގައި މެގަ ޕްރޮޖެކްޓްތަ ހިންގިދާނެކަން ރައީސް ޔާމީން ވަނީ ސާބިތުކޮށްދީފައި. ކޮންމެހެން 30 އަހަރުވަންދެން މަޑުކުރާކަށް ނުޖެހޭ ތަރައްޤީ ކުރަން.

    71
    12
  6. ސާނާސާ

    ވާއު. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ވައުދުތައް ނިންމާފައި ކައުންސިލް އިންތިޚާބަށް ދުނިޔެ ހައިރާންކޮށްލާވަރުގެ ވައުދުތައް. ގަދަ ސަރުކާރެއް.

    95
    4
  7. ނިކަމެތިން

    ނިކަމެތި ރައްޔިތުން ދޯނިފަހަރާ ބާޖުތަކުގަ ކަނޑަށް ދޫކޮށްލާފަ މުއްސަނދީންނަށް ބިން ވިއްކަން ދީ ؟ ނިކަމެތިންގެ މައްޔިތުންވެސް ކަނޑުފައްތަން ދޯ ޖެހޭނީ ދެން؟ ރާޅެއް އަރާ ދުވަހަކު ކިހިނެއް ވާނީ ؟!

    55
    3
  8. ޥގޖ

    ވޯޓުޗިޕް
    ކޮބާ ބިކާކާ ޔުނިވާރސިޓީ
    ހަމަސޭމް
    ކޮބާ ޑެންމާކު ކޮބާ ދިވެހީން
    ތިކުންފުނީގައި ހު ރީ އެންމެ މީހެއްބާ

    57
    3
  9. Anonymous

    ކޯންޗެއް ބޮއެގެން މޮޔަވެފަބާ!

    60
    3
  10. ރާއްޖޭގަ

    އެންމެ ރަންގަޅު ވާނީ ހަމަ ބިން ހިއްކިއްޔާ

    49
    3
  11. އަހުމަދު

    ޕާރޓީ ކުދިން ކޮޅު ހިފަހައްޓަން ޗިޕެއް ޖަހާލަނީ. ލެޓްސް ސީ ޕާޓީ ކުދިންކޮޅު ހިފެހެއްޓޭތޯ

    61
    3
  12. ސަޢީދު

    ކު ރިންފަހަރކުވެސް ތިގޮތަށް ގެސްޓަކު ޓައީ އަޅުވައިގެން ސޮއި ކޮށް ބޮޑު ޑު ރާމާއެއް ކުޅުނެއް ނު.. ވިސްނާލާ.. ތިޔަ މަޝް ރޫއެއްގައި ސޮއި ކު ރަން ރައީސް ޞާލިޙް ނެތީ ކީއްވެ؟ ދޮގުގެ އައްޕަ އެހު ރީ ކީއްވެ؟ އޭނާ ޖެހިލުމެއް ނުވާނެ ކޮންމެ ފަދަ ދޮގެއް ހަދާކަށްވެސް..

    65
    4
  13. ކޮވިޑް ޕޮލިސް

    މާސްކް.. ؟

    39
    2
  14. ވައިކިންގ

    ބޯގޯސް. ބޯގޯސް. މިކަހަލަ ނަނާ ހުވަފެނުގައި ރައްޔިތުން ނުޖެހޭތި. ނަމަނަމަ ނުޖެހޭތި.

    54
    2
  15. ޭދަމާލާ

    ޜާއްޖޭގެ ރައްތައް ތީގެ ސަބަބުން ހަލާކުވުމާކައިރި

    40
    4
  16. އަމީ

    ބޭރު މީހުން ރާއްޖޭގެ ގާނޫން ތަކުން ބަރީއަ ކުރެވިގެންދާނެ ފުރަތަމަ ސިޓީ އެޅެނީ ތި! ޤައުމުގަ ރައްޔިތުން ސާފު ބޯފެން ނުލިބިގެން އުޅެ އިރު ދޮންމީހުން ނަށް މަޖާކުރުމަށް މިފަދަ ތަންތަން ނަސީދު އަޑީގަ ހުރެގެން ކުރުމަކީ ވރ ނުރައްކާ ކަމެއް. މީނަ ގައުމަށް ގައްދާރު ވުމުގެ ކުށުގަ ހައްޔަރު ކުރަން ޖެހޭ.

    49
    4
  17. ހަސަނު

    ކީއްކުރާނީ އަނެއްދޮގުތައް ހަދަންފެށީ ކައުންސިލް ކާމިޔާބުކުރަން މިވެސް ގަބޫލުކުރާބަޔަކު އުޅެފާނެދޯ ކިތައްފަހަރުތަ މިކަށި ޖެހިޔަދޭނީ؟

    41
    4
  18. ރަނާ

    ޑެންމާ ރކްގެ ތިބުނާ ސިޓީގެ ފޮޓޯއެއްލި ނަމަތާ ރަގަޅުވީހީ

    42
    2
  19. ދަރަނި ދަންތުރަ

    ހަރާމުން ހަރާމް ވާނެކަމެއް ވޯޓުހޯދަންވެގެން ނަނާހުވަފެން ދައްކަނީ ދޮގު މަށްޗަށް ދޮގުހަދަ ހަދާ ކަލޭމެންގެ ދޫ މިހާރު ވަނީ ކަޅުކުލަޔަށް ބަދަލުވެފައި ، އެމް ޑީ ޕީ އަށް ދިވެހިންނަން ހުވަފެން ދެއްކިއްޖެ ވާވަރަށް މިހާރު ފުދި އިތުރުވެސް ވެއްޖެ ހިތްހަރާމް ތިލަފަތަށް ވޯތުދިނުން...

    49
    3
  20. އިންތިހާބެއް ބޯމަތިވެފައި

    މިދުވަސްވަރާއި ދިމާކޮއް ނުކަނޑާ ފޮންޏެއް ނެތް.

    46
    3
  21. އިބިލީސް

    ކިތަށް ބިލިއަން ދިރުވާލަން ޕްލޭންގައި އިނީ؟ އެއީ މިހާރު ރައްޔިތުންގެ ސުވާލު.

    50
    3
  22. ތުއެން

    ވަރަށް ޖަޒީރާ ވަންތަ، އެމް.ޑީ.ޕީ މެމްބަރުންނަށް ތިތަނުން ގެ ދޭންވީ. ބާނިތަކާހެދި ތިބެދާނެ ބޯބުރާންތިވެފަ!!

    46
    3
  23. އަފިރިން

    އައުވާނުންނަށް ފައިދާއާއި މަންފާ ހޯދާދީ، ބޮޑުތަނުން ބަދަލުދިނުން ނޫންކަމެއް މިބައިގަނޑަށް އެބަ ކުރެވޭތަ

    41
    3
  24. ހަސަދު

    ބަލަ ރާއްޖެގެ ރައްތައް ތަރައްގީ ނޮކޮށް ހުރިހާ ފައިސާ އެއް ޚަރަދު ކޮށްގެން ކޮންފޮލޯޓިން ސިޓީ އެއްއަޅަންބާ މިއުޅެނީ!!!

    48
    3
  25. Mahujanu

    މީހަކު ނިންމާ ހައްގުވެ ރިން ކަނޑައަޅާފަ ހު ރި ފުލެޓްކޮޅެއް 3 އަހަ ރު ވީއި ރު ހައްގުވެ ރިންނާ ހަވާލު ނުކު ރެވުނު ބަޔަކަށް އުޑުގަވެސް ފުލޯޓިން ސިޓީ އެޅިދާނެ.

    40
    3
  26. ކަމްބެ

    އޮޔާއި ވައިގަދަވެ ހައިޖާނު ރާޅުތަކުގެ ތެރޭގައިތިފަދަ ތަންތަން ހެދޭނެބާ؟

    36
    1
  27. ހުވަފެން

    ފޭކް

    42
    3
  28. ވައުދު

    ކު ރީގެ އިންތިހާބުތަކަށް ވީ ކުދި ވައުދުތަށް (މިސާލަކަށް މިނިމަމް ވޭޖް) ނުފުއްދާ މެގަ ވައުދު ތަކެއް ވާންމިށީދޯ

    7
    1
  29. ދަވަގާ

    ކޮވިޑް ވެކްސިން ވެސް ސަރުކާރުން ގެންގުޅެނީ އެމެން ކެމްޕެއިނަށް ފައިސާ ހޯދަން އޮންނަ ވަސީލަތެކޭ އިންޑިއާ އިން އެކަނި ކޮވިޑް ވެކްސިން ގަންނަން މިސަރުކާރުން ނިންމަނީ އެއީ ބޮޑު އަގުގައި އިންޑިއާ އިން އެތައް މިލިއަން ޑޯޒް ވެކްސިން ގަންނައިރު ކަޓްގެ ގޮތުގައި ބޮޑު އަދަދެއް ވެރިކަން ކުރާ ޕާރޓީގެ ރައީސް މެން އަތް މައްޗަށް އަރާ އެކަޓް ފައިސާ އިން ކެމްޕެއިން ކުރަން ޚަރަދު ކުރެވޭނެތީއޭ އެއީ ވެނު މަސް ވެނަށް ކާން ދެނީއޭ ތަމެން އަނބުރާ ގޭސް ގަނޑު ނޭގެނީނޫނޭ ތަމެން ތިޔާއީ ވަގުންނޭ ވަގުންނޭ ވަގުންނޭ...

    6
    1
  30. ދެރާ

    ގުޅިފަޅަށް ވީ ވަރު ނުވިއްޔާ ރަގަޅު، މިިރާއްޖެ މީ އެކަހަލަ ޑިމޮކްރަސީއެއް ހިގާތަނެއް ވީމަ.

    6
    1
  31. ދޯ

    ސޯ ކޯލްޑް ގްރެފިކަލް ގަޅިހެއްދުން! އިނތިހާބާ ދިމާކޮން ކަޑަޖެހުން ޒަމާނީވެފަ މިއޮތީ.

    5
    1
  32. ކައުންސެލަރު 🙌

    ދިވެހިންގެ ބައެއްމީހުންނަކީ ރަތްލާޖެހި ކޮހުން. ޖެހޭނީ ފީޑް ކޮށްލަން. މީ ތެދެއްކަމަށް ގަބޫލުކުރާނެ. އެކަމަކު މީހަމަ ސައިބޯނިބޮކި. ބުނެއުޅޭ ދަތްޖާލު އަރާފަ ދައްކާ ވާހަކަ ގަބޫލުކުރާނެ ބަޔަކުތިބޭނޭ... ޥައްސަލާމް

    6
    1
  33. ޙހހހ

    ރައްޔިތުންގެ އަނގަޔާއި އަތާއި ދިމާނުވެ އެތައް އާއިލާއެއް ބަނޑަށްޖެހެމުންދާއިރު ފްލޯޓިންގ ތޯ ނުލިބިގެން މިއުޅެނީ ، ފުރަތަމަ ކާއެތިކޮޅު ލިބޭވަރުކޮށްލަދީބަލަ ، ދެން ހަމަ އެއްޗެއް ބުނާއިރަށް ބުނާނެ ކޮވިޑްއޭ ، ތީ ހަމަ އިންތިހާބެއް ބޯމަތިވީމަ ދައްކާލާ މަންޒަރުތަކެއް

    6
    1
  34. ތަލަބޯ

    ތިތާގަ ބޮލެއްނާބުރާނެތަ.

    4
    1
  35. އެޑަމް

    ޑެންމާކުގަ އަޅާފަހުރި އެންމެ ފުލޯޓިންގ ސިޓީއެއްވެސް އެއްވެސް ސާޗް އިންޖީނަކުން ނުފެނުނު.ހައްތަހާވެސް ހުރީ ކޮންސެޕްޓް ފޮޓޯތަކެއް ފެންނަން.ދެން ހުޜީ ފުލޯޓިންގ ބޯޓ ހައުސް.އެވައްތަރުގެ ބޯޓްހައުސް ހުރެޭ އިންޑިޔާގެ ކޯރުތަކުގަވެސް

    6
    1
  36. މަނިކު

    މަ އޮންނާނީ އެކޮޅުކޯޅުން ތިޔަތަނެއް އަޅާފިޔާ
    ވޯޓް ކއިރިވީމަ ހޮޅިބުރިޔެއް ގޮއްވާ ތިޔަލީ . ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    5
    1
  37. Anonymous

    ހުޅުދެލި ފަޅު ތެރޭގައި ތިޔަ ފްލޯޓިން ސިޓީ އަޅަން ފެނޭ. މިހާރުވެސް މީހުން ތިބީ ގެދޮރު ނެތިގެންް މީހުން ގޭގެ ފުރާޅުތައް މަތީ..

  38. އޮޅާލާ

    ރާއްޖޭގައި ފްލޯޓިންގް ސިޓީ ހެދޭނީ އައްޑުއަތޮޅުގެ ކުޅީގައި އެކަނިއޭ މާލެ ސަރަހައްދުގެ އޯޕަން ސީ ގައި ތިޔާ ފްލޯޓިންގް ސިޓީ ނެހެދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން މަމެންނަށް އެބައޮތޭ ތިޔާ ފްލޯޓިންގް ސިޓީގައި އަޅާ ގެތައް ރާޅާ ހަލުވާނެއޭ އެގޮތަށް ހަލުވާ ގޭތެރޭގައި ތިބޭ މީހުން ނަށް ލެވޭނީ ހޮޑޭ އެގެ ތެރޭގައި މާބަނޑު އަންހެނުން ތިބުން އެއީ ރައްކާތެރި ކަމަކަށް ނުވާނެއޭ ދެން މުޅި ފަރުގެ ވަށައިގެން ބައްދައިފިނަމަ ފަޅުތެރެކުނިވެ ވަސްދުވާ ބަލިމަޑުކަން ފެތުރޭނެއޭ ތިޔާ ފްލޯޓިންގް ސިޓީ ނުހިނގާނެއޭ ރާއްޖެ އަކު ތަމެން ތިޔާ ފްލޯޓިންގް ސިޓީ އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ...

    4
    2
  39. ނަނާ

    ނަނާ ހުވަފެންދުށީމޭ ކޯދުލާ ސިޓީއެއް މޫދުން އަރާތީ، ނަނާހުވަފެން ދުށީމޭ ރިޔާ ބުނި ޒާތުގެ ތެޔޮ ނުން ތެލެއް ބޭނުން ކުރާތީ، ނަނާހުވަފެން ދުށީމޭ.

    4
    1
  40. ޏޭފާ

    އަޅާފަ ހުރި ފުލެޓު ހަވާލުކޮށްލަބަލަ ފުރަތަމަ..

    4
    1
  41. ގުދުގުދާބެއްޔާ

    ނަސީދު ގެ ހަށީގައި ދޮގުހެދުން ހަރުލާނަގާފައި! ވޯޓެއް ނުލިބޭނެ ތިޔަގޮތައް ހުސް ފޭކްވައުދުވި ރިޔާސީ އިންތިހާބުގައިވެސް ވީކަމެއް ހަރާމުން ރަރާމް. 3 އަހަރު މިއޮއްނިމުނީ ފުލެޓްގަނޑެއްގެ ބިންގާވެސް ނޭޅޭ! އެންމެން ވެގެން މިފޭކްވައުދުވާ އެމްޑީޕީ ޖެހޭނީ ބާލަން!

    4
    1
  42. އައްލުބެއްޔާ

    ނުވާނެ ތިކަމެއް، ފްލޯޓިން ސިޓީއަކީ ވަރަށްނިވާލިބޭ ތަންތަނުގައި ނޫނި ކޯރުއައްސޭރިގާ ހަދާ އުލޭއެއްޗެއް، ތިންފޫޓް ހަތަރުފޫޓް ރާލުހުންނަތަންތަނުގައި ޙަދާއެއްޗެއްނޫން، އަނެއްމާކަނޑުގައި ހެދި މަސްގަނެ މަސްވެރިން މަސާޖް ކުރާ ޕްލެޓް ފޯމް

    3
    1
  43. ރަނާ

    އިބް ރާހީމް ރިޔާޒްގެ ވަނަވަ ރު އެނގޭ މީހަކު އެބަހު ރިބާ ކޮން އާއިލާއެއްގެ ކާކުކަން ބުނެލާ ދިނުން އެދެން

    5
    1
  44. އިމްރާން

    މިއުޅެނީ ހިކިފަސްތާކައް ގުއިނުރެވިގެން.. ކެމްޕޭނާދިމާކޮއް އަޅާބަލަ..

    3
    1
  45. ޜައްޔިތުމީހާ

    ޜަނގަޅުކަމެއް ތިތަންހަދާފަ ހު ރިހާ ސިޔާސީމީހުންތިތަނައްދޭތަޅާފޮޅާނަ
    ޢަހަރެމެނާމިގައުމުހަވާލުކު ރޭ ސަލާމަތުން ހަވާލުކު ރޭ

    3
    1
  46. ހައްމާދު

    ތިކަހަލަ ފުލޯޓިން ސިޓީއަކައް ބިލިޔަން ޑޮލަރެއް ނާރާނެ.. ފުލޯޓިން ސިސްޓަމްތަކުގެ އަގު އަހަރެމެންނައް އިނގޭ.. އެންމެ ގިނަވެގެން ތިއީ 50 މިލިޔަން ޑޮލަރު.

    3
    2
  47. ޔަމާނީ

    އެމްޑީޕީއިން އަނެއްކާވެސް އައު ކުރެހުމެއް ދައްކާލައިފި.. ކުރީގަ ބުރިޖުގެ ކުރެހުންވެސް ދެއްކިގޮތައް.. އެޔާޕޯޓު ކުރެހުމާއި ޓާޓާ ހައުޒިން ކުރެހުން ދެއްކިގޮތައް.

    5
    1
  48. ޢަދުރޭ

    ޓުއަރިސްޓުން ނަށް ދައްކަން ޑްރާމާ ކުޅެން ތިތަން ރަނގަޅުވާނެ .ރާއްޖޭގެ ރައްޔިތުން ދިރިއުޅެން ތިކަހަލަ ކަންތައްކޮއްގެންނުވާނެ .

    2
    1
  49. ވިސްނާ

    ޢަޅެ އަހަރެމެން ރައްޔިތުންނައް ޑޮލަރުކޮޅެއް ލިބޭގޮތް ހަދާބަލަ....އެއްފަހަރު ވިންޑް ޓާރބައިން ތަކެއްވެސް ގާފަރު ފަރުގަ ހަރުކޮއްފީމެއްނު

  50. ޭަެއެކަމާ

    ކޮއްކޯ. ޑެންމާކް ކޮންތާކުތޯ ފުލޯޓިން ސިޓީއެއް އޮތީ؟ މުޅި ދުނިޔޭންވެސް އަޅެ ނިމިފައި އޮތް ފުލޯޓިން ސިޓީއެއް ދައްކަބަލަ.

    5
    1
  51. ޢަލިބެ

    ދިރިތިއްބާ ހުރިހާ ދިވެހިން ސުވަރުގެއަށް ފޮނުވާށޭ މިއުޅެނީ ނުބުނީ ކީއްވެބާ؟ ރާއްޖޭގައި ހިކިފަސްބިން އޮތް ރަށްތަކުގައި ތަނެއްހެދުމުގެ ބަދަލުގައި އަނެއްކާ އަނެއްކަމެއް. ވޯޓްލާދުވަސްވަރެއް އަންނައިރަށް ހާދަކަމެއްގެ ވާހަކަ ފާޅުވެޔޭދޯ؟ ބޮޑުޢީދު ގައި ކަތިލަން ރާއްޖޭގެ ކޮންމެގެޔަކަށް ގެރިއެއް ދޭން ވަޢުވާންވީނު. ހިލޭ އެހީގެ ގޮތުގައި ލިބޭނެ. ބަދަލުގައި ރާއްޖެއިން ރަށެއްދޭނީ.

    5
    1
  52. ރިފާ

    ނުވާނެ ނުވާނެ ނުވާނެ! އިންތިޚާބަށް ، ބުއްދި ޚަރާބުވެފައިވާ ނުވިސްނޭ މީހުންގެ ބޮލަށް އެއްލާ ތެތްގޯންޏެއް ތިޔައީ! ފަސް އަހަރާ 10 އަހަރާ ދެމެދޭ؟ ޙައިރާންވެދާނެ!

    6
    1
  53. ޞަބާޙް

    ތިކަހަލަ ފާޓުހަނި ރިޔަލުދަށުވާނީ މައުމޫނު ޤާސިމު އިލްޔާސް ، ޢިމްރާނުކަހަލަ ބޯގޯސް މީހުންނެވެ. ރައްޔިތުން ރިޔަލުދަށުލާން ނޫޅޭށެވެ.

    5
    1
  54. ވޯޓްގެ ބޮޑުމަންޒަރު

    ނަނާ ހުވަފެން ދުށީމޭ. ދަރާވާހިނދު ދުނިޔޭން ބާރަކަށް މީހަކުގެ ނުމެލާ، އާރަކަށް މާމުއި ފެތޭތީއޭ ނަނާހުވަފެން ދުށީމޭ.

  55. ހަފުސް

    ގެސްޓަކު ގެނެސް އެއަރޕޯރޓް އަޅަން ސޮއިކުރި ގޮތަށް ދޯ

  56. ފީބޯ

    ދިވެހިރާއްޖޭގެ މިހާރުގެ އާބާދީ އާއި އެއާބާދީގެ އަންނަންއޮތް ދަރިދަރިކޮޅަށްދާނދެން މީހުންއުޅެވޭބޮޑު ޚިޔާލީސިޓީ އެއް އެބަކުރަހަން. މިސިޓީގައި އުޅޭ އެއްވެސް މީހަކު ދިރިއުޅުމަށް ވަކި މަސައްކަތެއް ކޮންމެހެން ކުރާކަށް ނުޖެހޭނެ. ހުރިހާކަމެއްވެސް ހުންނާނީ އެމީހަކު ބޭނުންވާގޮތަކަށް ޚިޔާލީކޮށް ހަމަޖެހި ނިމިފާ. މިސިޓީ ނިންމާލެވޭނީ ފަންސާހަކަށް އަހަރު ތެރޭގައި. އޭގެކުރިންވެސް ޚިޔާލީކޮށް މިސިޓީގައި އުޅެވޭނެ. ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތް ފެށޭނެ.

  57. ކުޑަކާށި

    ހަ އުސިން މިނިސްޓްރީގެ އެއ އްވެސް ދަ އުރެ އްނެތްތޯ

  58. ތަޅު

    އިންތިހާބާ ދިމާކޮށް މީތިން ދައްކާ ދަޅައަށް ނުހެއްލޭނެ ޓްރައިބަލް މީހުންވެސް ދިވެހިން ހެއްލުނަސް.

  59. ބުރާތިސަރުކާރު

    މީ އތުރުތިލަފަޅު ރިޝްވަތާ އިންޑިއާއަށް ވިއްކާލި މައްސަލަ އޮއްބާލާ ހުވަފެނީ މާއްދިއްޔަތުގެ ތެރެއަށް ރައްޔިތުން ގަރަގުކޮށއލާވފޯކަސް ބަދަލުކޮށްލަން ކުރި ކަމެއް. ބިކިޔަން ޑޮލަރުގެ ސިޓީ އަޅަނީ ކާކު އުޅެން؟ މި އުޅެނީ ސޯސސލް ހައުސިން ފްލެޓެއް މަހަކު 5000ރ ކުލިދައްކާލާ ބަރަށް ނުލިބިގެން. މީނަ ހިތަށްއަރާއިރަށް ނެދަރލެންޑުން 1 ބިލިޔަން ޑޮލަރު ލޯނު ނަގައިގެން ރައްޔިތުންގެ ބިލުގަ ދަރަނި އެޅުވޭތަ؟