އެހެން އަހަރު ތަކެކޭވެސް އެއްގޮތައް، މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ބައެއް ޕްރޮޑަކްޓްތަކުގެ އަގުވަރަށް ބޮޑުތަން ހެޔޮކޮށްފިއެވެ.
މިގޮތަަށް އަގުހެޔޮކުރެވުނު ބާވަތްތަކަކީފިނިކުރި ކުކުޅު، ކުކުޅު ފައި (ޗިކަން ޓްރަމްސްޓިކް)، ބީފް ޗަންކްސް، ބްރައުން އެގް، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި (ޗިކަން ގިޒާޑް) ހިމެނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ތާޒާ އަދި އެންމެ ފެންވަރު ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކާ ބަޔަކީ ހެޕީ މާކެޓެވެ.
އަދި ބާޒާރުގައި އެވަގުތެއްގައި ވިއްކެން ހުރި އެންމެ އެކަށީގެންވާ އަގުގައި، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކުމުގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކީ ހެޕީމާކެޓުން ވިއްކާ ކާބޯތަކެތީގެ ވިޔަފާރި ކުރެވޭނެގޮތް އަބަދުވެސް ހަދައެވެ.އެގޮތުން ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ފަރާތްތަކަށް އިތުރު އަގަކާއިނުލައި ޑެލިވަރީގެ ޙިދުމަތްވެސް ފޯރުކޮށްދެއެވެ. އަދިވރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާނަމަ، އެކުންފުންޏަށް ގުޅުމުން އޯޑަރު ނަގައިދީ ނުވަތަ ވައިބަރގެ ޒަރިއްޔާއިން އޯޑަރ ފޮނުވާލުމުން އެރަށު ބޯޓަކަށް ޑެލިވެރީ ކޮށްދީ ހަދައެވެ.
ފިނިކުރި ކާބޯތަކެތީގެ ގޮތުގައި ހެޕީމާކެޓް އިން ވިއްކާ ޕްރޮޓަކްތަކަކީ ފިނިކުރި ކުކުޅު އަދި ކުކުޅުގެ ބައިތައް، ގެރިމަހުގެ އެކި ބައިތައް، ލޭމްބްގެ އެކި ކަޓްތައް، މަޓަން ކަޓްސް، ހޯލް ޓަރކީ، ހޯލް ޑަކް، ޑެޓް ޝައުބް ބްރޭންޑްގެ ފްރޯޒަން ވެޖިޓަބަލްސް، ފްރެންޗް ފްރައިސް، ބަޓަރު، ޗީޒްގެ އެކި ބާވަތްތައް އަދި ފްރެންގަސޯލް ސޮސެޖް އެވެ.
ރައުޙް ހެޕީޑޭ ޖޫސް، ސެން ރެމޯ ޕާސްތާ، ޕުރާޓޯސްގެ ބޭކަރީ ޕްރޮޑަކްޓްސް، އޯލްޑަންބަރގަރ ކިރާއި ބަޓަރު، ބެގާ ޗީޒް، ކްރީމް ޗީޒް، ޗެންޓީޕެކް ވިޕިންގް ކްރީމް، ކޮމެލީ އައިސްކްރީމް ޕައުޑަރ އަދި ލައިފް ފެންމާކެޓްކޮށް ޑިސްޓްރިބިއުޓްކުރާ ކުންފުންޏަކީ ވެސް ހެޕީމާކެޓްއެވެ.
ހެޕީމާކެޓުން މިދިއަ ދެއަހަރުވެސް ވަރަށް ގިނަ އާ ޕްރޮޑަކްޓްތަކެއް ރާއްޖެ އެތެރެ ކޮށް ވިއްކަން ފަށާފައި ވެެއެވެ. އޭގެ ތެރޭގައި ސައުތް އެފްރިކާގެ މަޝްހޫރު ކަލިސްޓޯސް ޕެރީ ޕެރީ ސޯސް، ޑެނޯން އަލްޓްރާމެލް ޔޯގަރޓް، ރައުޙް ޔެލޯ ޖޫސް، ސެން ރެމޯ ގްލޫޓަން ފްރީ ޕާސްތާ، ސެން ރެމޯ އިންސްޓަންޓް ޕާސްތާގެ 5 ވައްތަރެއް، ފޯޗިއުން ބިރިޔާނީ ސްޕެޝަލް ބާސްމަތީ ރައިސް، ފޯޗިއުން ސަންލައިޓް ސަންފްލާވަރ އޮއިލް، ޗޮކިޓްސް އޯޓްސް ބިސްކިޓްސް، ވެގާ ބްރޭންޑްގެ ދަޅުކާނާގެ 5 ވައްތަރެއް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ މޮޅު މޫންގް ދާލް، މަސޫރު ދާލް، ލޮނުމެދު އަދި ފިޔާ ބަސްތާވެސް ހެޕީމާކެޓުން ވިއްކައެވެ.
ހެޕީމާކެޓުން އަލަށް ތައާރަފްކުރާ ޕްރޮޑަކްޓްތަކާއި ޑިސްކައުންޓް އޮފަރ ތަކުގެ އެންމެ ފަހުގެ މައުލޫމާތު ހެޕީމާކެޓްގެ ވައިބަރ ކޮމިއުނިޓީ އިން ލިބިލައްވާނެއެވެ.
ހެޕީމާކެޓުގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެ އެތެރެކޮއް އެތަކެތި، ވިއްކެން ހުރި އެންމެ ހެޔޮއަގެއްގައި ފަސޭހަކަމާއި އެކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބޭނެގޮތް ހެދުމެވެ.
ހެޕީމާކެޓްގެ ފިހާރަތައް
މައި ޝޮޕް، އަމީނީ މަގު، ކ. މާލެ |
ޔުނިޓީ 1، ބޮޑުތަކުރުފާނު މަގު، ކ. މާލެ |
ހެޕީމާކެޓް ޝޮޕް 3، ބޮޑުތަކުރުފާނު މަގު، ކ. މާލެ |
ހެޕީމާކެޓް ޝޮޕް 8، ނިރޮޅު މަގު، ކ. މާލެ |
ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް، އަމީނީ މަގު، ކ. މާލެ |
ހެޕީމާކެޓް ޝޮޕް 4، ނިރޮޅު މަގު، ހުޅުމާލެ |
ހެޕީމާކެޓް އެކްސްޕީރިއެންސް ސެންޓަރ، ހުޅުމާލެ |
ހެޕީމާކެޓް ޝޮޕް 6، ކަޅުތުއްކަލާ މަގު، ވިލިމާލެ |
ހެޕީމާކެޓް ޝޮޕް 7، ކ.ހިންމަފުށި |
ހެޕީމާކެޓް ޝޮޕް 10، ކުޅުދުއްފުށި ސިޓީ |
ހެޕީމާކެޓް އައްޑޫ ޝޮޕް، ސ. ފޭދޫ، އައްޑޫ ސިޓީ |
ހެޕީމާކެޓް ޝޮޕް 11، ސ. ހިތަދޫ، އައްޑޫ ސިޓީ |
ބާރަށް ކުރިޔަށް ހެޕީ މާކެޓް ބާރަށް ކުރިޔަށް. އަބަދުވެސް ކުރިޔަށް.