ކޮންމެ އަހަރެއްގެ ޖޫން ތިން ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޕްލާސްޓިކް ފްރީ ދުވަހާ ގުޅުވައިގެން ހޮޓެލް ޖެން އިން ޕުލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ނިންމައިފިއެވެ.
ހޮޓެލް ޖެން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޮޓެލް ޖެން ގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަން މެނޭޖަރ ނީނާ މުހަންމަދު ވިދާޅުވިގޮތުގައި ހޮޓެލް ޖެން ގެ ފަރާތުން ބޭނުންކުރަމުން ދާ ޕުލާސްޓިކް ކޮތަޅު ހުއްޓާލުމަށް ފަހު ތިމާވެއްޓާ ރައްޓެހި ކަރުދާސް ކޮތަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޕްލާސްޓިކް ފުރީ މަންތް އާ ގުޅުވައިގެން އެ ހޮޓަލުގައި ޓޭކްއަވޭ އަދި އެހެނިހެން ކަންކަމަށް ބޭނުންކުރަމުން ދާ ޕުލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ޓޭކް އަވޭ އާ ހުރިހާ އެއްޗެއް އަޅުގަނޑުމެން މި އަންނަނީ ޕެޕާ ބޭގްކޮށް. ވުމާ އެކު އަޅުގަނޑުމެން ޕުލްޖް ނަގާ ސުޓާފުން ވެސް އިންވޯލް ކޮށް އެމީހުން ގެ ޑެއިލީލައިފް ގަ ގެންގުޅޭ ޕުލާސްޓިކް އާދުރުކުރުމަށް ނެގި ޕްލެޖް އެއް މީ" ނިނާ ވިދާޅުވިއެވެ.
ނީނާ އިތުރަށް ވިދާޅުވިގޮތުގައި ހޮޓެލްް ޖެން އިން އިސްނަގައިގެން މިދިޔަ އަހަރު ވެސް ވަނީ މިފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވެއެވެ.
" ޕާލޭ އެންޖީ އޯއާއި ގުޅިގެން އަޅުގަނޑުމެންގެ ހޮޓެލް ގެ ރީސައިކަލް ޕުލާސްޓިކް ފުޅި ޕާލޭ އަށް ފޮނުވަން. އެބޭފުޅުން އެތަކެތި ބޭނުން ކޮށްގެން އެކި ކަހަލަ ތަކެތި އެބައުފައްދާ. ބޫޓު ، ހެދުމާ ،ޓީޝާޓު ވެސް އެބަ އުފައްދާ " ނީނާ ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރާ ހަމައަށް 380 ކިލޯ ޕުލާސްޓިކް ހޮޓެލް ޖެން މެދުވެރިކޮށް ޕާލޭއަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ.
ހޮޓެލް ޖެން އިން ވެސް ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ނިންމަވާފައި ވާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ވެސް ވަނީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައެވެ.
ޙަނދާންވަނީ މީގެ ދެތިން އަހަރު ކުރިން އިސްލާމިކް މިނިސްޓްރީއަށް ހޮޓެލްޖެންއިން ހަދިޔާކުރި ކާޕެޓް މަތިން.
ތަނުގައި އަޅާ ބާކޮށްފާ ދިނީ މިސްކިތުގައި އަޅަންދޯ؟ އާން! މަވެސް މިހާރު އެބަހަނދާންވޭ. އެކާޕެޓަށްވީ ގޮތެއްވެސް ނޭގެ. ގާމުވެސް އެއްވެސް މިސްކިތެއްގާނާޅާ.
ހޮޓެލް ޖެންގާ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުމުން، ސްކޫލް ތަކަށް ޕްލާސްޓިކް ފުޅި ނުގެންދިއުމުން. ޕްލާސްޓިކް ބޭނުންކުރުން މަދުވޭބާ؟ ކޮތަޅު ރާއްޖެއަށް އެތެރެކުވޭވަރު މަދެއްނުވޭ. ޕްލާސްޓިކް ފުޅީގައި ފެންއުފައްދާވަރު މަދެއްނުވޭ. އެހެންވީމާ ތިމާވެއްޓަށް ތިކަމުންކުރާއެއްވެސް ފައިދާއެއްނެތް. ސްކޫލަށްގެންދަން ކޮންމެކުއްޖަކަށްވެސް ގަންނަނީ ޕްލާސްޓިކް ފެންފުޅިއެއް. އެމިއަޅަނީ އެހެންފުޅިއަކަށް . ޕްލާސްޓިކްފުޅި އެއްލާަނީ މަގުމައްޗަށް .ނޫނީ އެދަނީ ޑަސްބިމަށް. އެހެންވީމާ މިކަން މިވަނީ ޖޯކަކަށް. ފެންއުފައްދާމީހުން ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރާހާ އިރަކު ޕްލާސްޓިކް ފުޅިބޭނުންކުރުންމަދެއްނުވާނެ.
ހެެެެއްވާ ކަމަކީ ކަސްޓަމްސް އިން ޕްލާސްޓިކް އަށް ޑިއުޓީ ނަގާ ގޮތް.
ކޮތަލުގަ ނުވަތަ ޕްލާސްޓިކް ގަ ބަންދު ކޮށފަ ހުންނަ ތަކެތިން ޑިއުޓީ ބޮޑު ކުރުން މުހިންމު..