ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މަގްބޫލު އަތަރް ބްރޭންޑް ކަމަށްވާ އޫދް އަލް ސަބާޔާއިން ހުޅުމާލޭގައި އެ ބްރޭންޑްގެ ރަސްމީ އައުޓްލެޓެއް ހުޅުވަން ނިންމައިފިއެވެ.

ހުޅުމާލެ ނިރޮޅު މަގު ގޯޅި ދޭއްގައި ހުންނަ މި އައުޓްލެޓް ހުޅުވަނީ މިރޭ 8:00ގައެވެ.

ރާއްޖެއަށް އެންމެ ބްރޭންޑްގެ ޕާފިއުމާއި އަތަރް އަދި އަމިއްލަ އެތައް އުފައްދުންތަކެއް ވިއްކަމުން އަންނަ އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، ހުޅުމާލޭގައި އެ ބްރޭންޑްގެ ރަސްމީ އައުޓްލެޓެއް ހުޅުވަން ނިންމީ ވަރަށް ގިނަ ބައެއްގެ ޑެލިވަރީ އޯޑަރުތައް ހުޅުމާލެ އިންވެސް ދޭތީ ކަމަށެވެ.

"އަސްލު ބޮޑަށް ބޭނުންވީ ހުޅުމާލޭގައި އުޅޭ ގިނަ އަދަދެއްގެ ބަޔަކުވެސް އެގޮތަށް އޯޑަރުތައް ދޭތީއާއެކު، އެ ކަސްޓަމަރުންނަށް ފަސޭހައިން ފިހާރައަށް ގޮސް އެ އުފެއްދުންތައް ބެލުމަށްފަހު ގަނެވޭނެ ފުރުސަތު ދޭން". ޝަބީން ވިދާޅުވިއެވެ.

ޝަބީން ފާހަގަކުރެއްވިގޮތުގައި، މި އައުޓްލެޓުން އޫދް އަލް ސަބާޔާ ބްރޭންޑްގެ ހުރިހާ އުފެއްދުންތައް ލިބޭނެއެވެ. އޭގެ ތެރޭގައި އަތަރާއި، ޕާފިއުމް، ލޯޝަނާއި، އެއާ ފްެރެޝްނާ ހިމެނެއެވެ.

ޝަބީން ވަނީ މި އައުލެޓަށް ޒިޔާރަތް ކުރުމަށް އެންމެންނަށްވެސް ދައުވަތު އަރުވާފައެވެ.

އެ ބްރޭންޑްގެ ހުޅުމާލޭގެ ރަސްމީ އައުޓްލެޓާއެއްކޮށް އެ ބްރޭންޑްގެ ފިރިހެން އަތަރެއް މިރޭ ނެރުމަށް ވަނީ ނިންމާފައެވެ. "ކްރިސްޓަލް ބައި އޯއޭއެސް"ގެ ނަމުގައި ނެރޭ މި އަތަރަކީ 2016 ވަނަ އަހަރުން ގައި އޫދް އަލް ސަބާޔާއިން ރާއްޖެއަށް ނެރުނު ފިރިހެނުންނަށް ހާއްސަ ކޮލެޓީ މޮޅު އަތަރެއް ކަމަށްވާ ސިލްކް ވުޑާއި، އަދި މި އަހަރު ނެރުނު ކޮލެޓީ އަތަރެއް ކަމަށްވާ އެބްސެލިއުޓް ސަބާޔާއަށްވުރެވެސް ކޮލެޓީ އަތަރެއް ކަމަށް ޝަބީން ވިދާޅުވިއެވެ.

ޝަބީން ވިދާޅުވިގޮތުގައި، ހުޅުމާލޭގައި ހުޅުވާ އޫދް އަލް ސަބާޔާގެ ރަސްމީ އައުޓްލެޓް ހުޅުވުމާއެކު އެއް ހަފްތާގެ މުއްދަތަކަށް ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން މި ޕްރޮމޯޝަންގައި އެ އައުޓްލެޓުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަަރަކަށް ހިލޭ އަތަރް ފުޅިއެއް ލިބިގެންދާނެ އެވެ.