ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މަރާމާތު ކުރަން ޖެހި، މަރާމާތުނުކޮށް ބާއްވާފައި އޮންނަތާ ދެއަހަރު ވާން ކައިރިވެއްޖެ ކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މޯލްޑިވިއަންގެ މުވައްޒަފުންތަކެއް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މޯލްޑިވިއަންގެ 8Q-IAM ފްލައިޓް މަރާމާތު ކުރަން ޖެހި މަރާމާތުނުކުރެވި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު މިހާރު އެފްލައިޓް މަރާމާތު ކުރަން ވެސް ބޮޑު ހަރަދެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"މިފްލައިޓް ގްރައުންޑް ވުމުން އެފްލައިޓްގެ ބައެއް ބައިތައް ވަނީ އެހެން ފްލައިޓްތަކުގައި އަޅުވާފައި. އެހެން ފްލައިޓްތަކަށް ބޭނުންވާ ތަކެތި ބޭރުން ގަނެގެން ގެނައުމުގެ ބަދަލުގައި މިފްލައިޓުން އެތަކެތި ނަގައިގެން އެހެން ފްލައިޓްތަކުގައި މިއަޅުވަނީ. މިހާރު މިފްލައިޓް މަރާމާތު ކުރަން ވަރަށް ބޮޑު ހޭދައެއް ވެސް ކުރަން ޖެހޭނެ." ކުންފުނީގެ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގްރައުންޑް ވެފައި އޮތް ފްލައިޓަކީ 2013 ވަނަ އަހަރު މޯލްޑިވިއަން އިން ކުއްޔަށް ނަގާފައިވާ ފްލައިޓެކެވެ. ފްލައިޓް އަނބުރާ ހަވާލު ކުރާއިރު ފްލައިޓް ދުއްވޭ ހާލަތައް ގެންނަން ޖެހޭނެ ކަމަށް މައުލޫމާތު ދިން މުވައްޒަފުން ބުނެއެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ދެއަހަރެއްހާ ދުވަސް ވަންދެން ގްރައުންޑް ވެފައި އޮތް ސަބަބާއި ގުޅޭ ގޮތުން އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ޖެނިފާ އާއި ސުވާލު ކުރުމުން އޭނާ ވެސް އެކަން ދޮގެއް ނުކުރެއެވެ. ޖެނިފާ ވިދާޅުވީ އެއީ ލީސް ކޮށްފައިވާ ފްލައިޓެއް ކަމަށާއި ފްލައިޓްގެ ލީސް މުއްދަތު މިހާރު ހަމަވެފައި ވާތީ ފްލައިޓް އަނބުރާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ ޓްއަރިޒަމް ސީޒަން ކުރިމަތިވިއިރު މޯލްޑިވިއަންގެ ފްލައިޓްތަކެއް ގްރައުންޑް ވުމުން ދަތުރުތަކަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ޖެނިފާ މިއަދު ވިދާޅުވީ ޝެޑިއުލް މެއިންޓަނެންސް އަށް މިހާރު ދެފްލައިޓެއް ގްރައުންޑް ކޮށްފައިވާ ކަމަށާއި ޖަނަވަރީ 01 ވަނަ ދުވަހު އެދެފްލައިޓް އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.

ފަހަކަށް އައިސް މޯލްޑިވިއަންގެ ހިންގުން ދޯދިޔާވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކުންފުންޏަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާޟީ

    ފުލައިޓު ތައްވެސް ކާލީ.

    16
    • ހުސޭނުބޭ

      ހިލޭ އެހީއަށް ލިބުނު މާސްކްތައް ކާލި މީހުންނަށް ޕުލައިޓްތައް ކާލުމަކީ މާ އުނދަގޫކަމެއްނޫން

  2. Anonymous

    ސަރުކާރުވެސް އެހާ ދޯދިޔާ ދެންވާނީ ކިހިނެތް.

    12
  3. ހަލް

    ހާދަ ހިންގުންތެރި ބަޔަކޭދޯ ، އަޖާއިބް އަންތަރީސް

  4. އޮނަރަބުލް

    އެއްމެ ހިންގުނތެރި ޑީއެމްޑީ ، ކުންފުނި ބަނގުރޫޓް، މިހާކަންހައިވަރަށް ކުންފުންޏެއް ހިންގޭނީ ސާބަހޭ ޑީ އެމް ޑީ މިކަމަނާއަށް ދުނިޔޭން ބޭރުންވެސް އެވޯޑްލިބޭނެ، މުޅި ސަރުކާރުވެސް މިހާލަތުގައި ، އެކަމަކު ސޮއެކުރާ އެގްރީމަންޓް ތަކެއް މަދެއްނުވޭ ، 5 އަހަރުގެ ދައުރެއް ނިމިގެން ދާއިރު ލައިގެންހުރި ފޮށާގަޑުވެސް އަތުވިއްޔާ ވާރަނގަޅު....

  5. ޖޮބޭ

    އެހެރަ ބޮޑު ދަގަނޑުބުރިވެސް ކާލީތަ ؟

  6. 😂😂

    ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު