ރާއްޖެއަށް މިއަދު ރަސްމީކޮށް ތައާރަފްކުރި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު މ. ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، މިއަދު ފެށުނު ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން މުޅި ރާއްޖެއަށް ބަދަލު އަންނަނާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން މިއަދު ފެށުނު ހޯމް ސްޓޭގެ ސަބަބުން މުޅި ދިވެހި ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެކަން، އެކަމަކު މިކަންތައް ކުރުމުގައި އަޅުގަނޑުމެން ޖެހޭނެ ހިތްމަތާއެކު މަސައްކަތް ކުރަން". ޑރ. މައުސޫމް ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ، ހޯމް ސްޓޭ ޓޫރިޒަމް އަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތެއް ކަމަށެވެ. އަދި މިކަންތައް ކުރިއަށްގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ވަރަށް ފަސޭހައިން މިކަންތައް ކުރެވޭނެ ގޮތް ހަމަޖެއްސިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

"ހޯމް ސްޓޭއާ ހިސާބަށް، ފަހިކޮށްލުން ފަސޭހަކޮށްލުން، މިކަމުގެ މަސައްކަތް ކުރަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑުމެންނަށް ދެންނެވީ އެންމެ ވާހަކައެއް، ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް މިކަންތައް ބައްޓަން ކުރުމުގައި ވަރަށް ކުރަން ޖެހޭނެއޭ". މައުސޫމް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ހޯމް ސްޓޭގެ ގަވާއިދު އޮތް ގޮތުން ފަސޭހައިން އެކަންތައް ކުރެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ދިއްގަރުން ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި، އެރަށު ރައްޔިތުންގެ އޮތީ ވަރަށް ބޮޑު ހިތެއް ކަމަށެވެ.

"އެ މެހްމާންދާރީން އިރާދަކުރެއްވިއްޔާ ފަތުރުވެރިކަން ކާމިޔާބު ކުރެވޭނެ" މައުސޫމް ވިދާޅުވިއެވެ.

ދިއްގަރުގައި މިއަދު ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކުރެވިގެން ދިޔައިރު، އެރަށަށް މިއަދު ފަސް ފަތުރުވެރިން އައިސްފައި ވެއެވެ. އެެއީ އެމެރިކާ ދެމެފިރިޔަކާއި، ސޫދާން ދެމަފިރިއެއްގެ އިތުރުން، ހާއްސަ މެހްމާނެއްގެ ގޮތުން ޔޫއެންގެ ކެތްރީންއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ާނިމްސާސް

    ރާއްޖެ ފަރަންޖީންނަށްވެ ގައުމު ހަލާކުވީ!!

    32
  2. މޯޑު

    ތީ ވަރައްބޮޑުތެދެއް ރާއްޖެ ފަރާންޖީގެ ހާއްޔަކައްވެ އިޖުތިމާއީ ފޭރާންއެއްކޮށްފުޑި ތިޔަބައިގަނޑު ބޭނުންވާގޮތް ހެދުމަށް އިސްލާމީ ގޮއުމެއްގެ ދަރީންތަކަކަށް ދައުވަތު ދިނީމަ ވަރައްއުފާވެފަދޯ ތިތިބީ؟ މާތްކަލާކޯ ރައްޔަތުންނޭ
    މިއަދު ލިބޭ މުއްސަދި ކަމުގެ އަވާގަނުޖެހި މިިބައިގަނޑުގެ
    ކިބައިން އަހަރެމެންގެ ޅަދަރިންކޮޅު ސަލާމަތްކުރެވޭތޯ ބަލަމާހިނގާ،

    24
  3. Anonymous

    ވަރަށްބޮޑު ބަދަލެއް އަންނާނެ . އެއީ ލަދުވެތިކަން ކެނޑިގެން ދިޔުން އެއީ އަންނާނެ އެންމެ ބަދަލަކީ އޭގެ ސަބަބުން ދީނުގެ ޝިޢާރުތަކަކީ އެއްވެސް އެއްޗަކަށްވެގެން ނުދާނެ

    27
  4. ޕައުންޑޭޕައުންޑޭ

    ތިޔާ ގޮތަށް ތަމެން ބުނި ދޯ އައްޑޫ އަށް ގޮސްގެން ވެސް އައްޑޫ ކުއްޖާ މެންނަށް ދެން މުސާރަ ލިބޭނީ ޕައުންޑުންނޭ ޕައުންޑޭ ޕައުންޑް ކޮބާތޭ ޕައުންޑެއް ނުލިބޭއިރު އޮޑިޖެހި ނޫޓް ގަނޑެއްވެސް އައްޑޫ ކުއްޖާ މެންނަށް ނުލިބެއޭ މަމެން މިއައީ އައްޑޫ އަށް ގޮސް އައްޑޫގައި 1 މަސް ވަން ދެން ތިބެފައޭ މަމެން ނުދާ ރަށެއް ނެތޭ ޕައުންޑޭ މުޅިން ހަދަނީ ދޮގު ކަން އައްޑޫ ކުއްޖާ މެންނަށް ވެސް އިނގެއޭ ޕައުންޑޭ ހޯމް ސްޓޭ ޓޫރިޒަމް އާއި ގެސްޓް ހައުސް އާއި ތަފާތެއް ނެތޭ މިހާރު ވެސް ރާއްޖެތެރޭ ގެސްޓް ހައުސް ހަދާފައި ހުންނަ ގޯތީގެ އެއްބައިގައި މީހުން ދިރިއުޅެއޭ އެއާއި ތިޔާއި އެއްވެސް ތަފާތެއް ނެތޭ ޕައުންޑޭ ގައިގައި ހުރި ބަނޑު އަކިރި ގޮތް ގަނޑު ކަނޑުވާލަން ޕައުންޑޭ އޮޅުވާލަނީއޭ ރައްޔިތުންނަށް ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ ޕައުންޑޭ އިސްތިއުފާ

    12
  5. ޖ

    މި މައުސޫމް މިއީ އެއްކަމެއް ރަގަޅަށް ކުރާ މީހެއް ނޫން... މީނަ މިނިސްޓަރަކަށް އެރި ފަހުން އެމްޑީޕީ އަށް ވޯޓް ލެވުނީތީ ހިތާމަކުރަން ޖެހިއްޖެ.... 2023 ގަ މިހެން ދަންޔާ ބުނަނީ ނޫނެކޭ.... އެމްޑީޕީ މެމްބަރަކަސް ދެން ނުދޭނަން ވޯޓެއް... މީނަ އިސްތިއުފާ....

    19
  6. ސޯބެ

    އަންނަނެ ބޮޑު ބަދަލެއް ފަހުގެ ޖީލް އެއްކޮށް މަގުގެ އެއްއަރިމަތިން ހިގަން ދަސްކުރާނެ.

    13
  7. އަބްދޫ

    ހޯމްސްޓައި އަށް މީހުންއަންނާނީ އިގިރޭސިވިލާތުން މީހުންފޮނުވުމުގެ އިސްމީހަކީ ރާއްޖޭގަ ކްރިސްޓިއަންދީންފަތުރަންއުޅުނު ޑޭވިޑް ހާންޑިމް. ގާގޭގަ ތިބެގެން އަންނަ މީހުންކުރާ މަސައްކަތަކީ އެގޭގެވެރިން އި8ސްލާމްދީނުން ދުރުކުރުން . މިއީ ހޯމް ސްޓައި ޓޫރިޒަމްގެ ހަގީގަތަކީ

    13
  8. ޢިއްތިހާދު

    ޙޯމްސްޓޭ ރީތިކޮއްލަން ދިވެހިން މަނިސްޓަރ ނުކިޔަނީކިހިނެއްވީބާ ރައްޔިތުންނައް ދިވެހިބިމުން އާމްދަނީ ލިބޭނެގޮތެއް މަގުފަހިކުރަންނޭގުނީމަ މަގުކުރުކޮއް ހޯމްސްޓޭއަކައްދިއައީ މުޅިއެތި ނުބެލެހެއްޓިއްޖެނަމަ ބަންގާޅީން ހޯމްސްޓޭކުރާނީ ފުޅާދާއިރާއެއްގަ އެމީހުންގެ ގައުމުގަވެސް ހޯމްސްޓޭ އޮވޭ ވަރައްފުޅާކޮއް މައުސޫމް ބުނިހެންވަރައް ބޮޑު ބަދަލެއްއައްނާނެ ސިއްހީދާއިރާއައްވެސް އަގުހެޔޮކޮއް ވިއްކާތަކެތީގެ ވޮރެންޓީއެއްނުދޭގޮތައް

  9. ޟޏ

    މިހާރު ދެމަފިރިން ދޭތެރޭގަވެސް ގެސްޓަކު ނިންދެވިދާނެ، ދިވެހިން ވިސްނާނީ ލިބެން އޮންނަ އެއްޗަކަށް ގެއްލެން އޮތް އެއްޗެއް ކިތަންމެ ބޮޑުވެފައި މުހިންމު ވިޔަސް އެޔަށް ފަރުވާލެއް ނުބަހައްޓާނެ

  10. މިބުނީ

    އެބުނާ ބަދަލަކީ ލާދީނިއްޔަތު އިތުރު ވުމާއި، އެހެން ދީންތައް ފެތުރުމަށް ފުރުޞަޠު ހުޅުވިގެން ދިޔުމާއި އަންނަ ޖީލަށް ޓޫޕީސްގައި އުޅުން އެއްވެސް ކަމަކަށް ނުވުމާއި އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުވުން. ޑޮލަރު ނުލިބޭނޭކޭނޫން

  11. ލަފާ

    ތިޔަ ވިދާޅުވާ ކަމަށް ބުނާ ބޮޑު ބަދަލަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދި، ދިވެހީންގެ ޢަޤީދާ ބަލިކަށިވެ، އީމާންތެރިކަން ނެތި ގޮސް ދިވެހި މުޖުތަމަޢުގައި މުންކަރާތްތަކާއި ފާޙިޝް ކަންތައްތައް އާންމުވެން ގޮސް ދިވެހިރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިއުން. މިކަމުގެ މަނިކުފާނު ވެސް ނަންގަވަން ޖެހޭނެ. ސުވާލު ކުރައްވާ ދުވަހު މިކަމަށް ޖަވާބެއް ދެއްވޭނެ ތޯ؟

  12. ވާލީ

    ވަރަށް ސާފު ދީން ނެތިގެން ދިޔައީ. .

  13. ޢަލީ

    ތެދެއް ވަރަށްބޮޑު ބަދަލެއް އަންނާނެ، އެއްކަމަކަށް ދިވެހިންގެ ރީތި އަޚުލާޤީ ޘަޤާފަތް ގެއްލިގެންދިއުން އިސްލާމްދީން ގެއްލިގެން ދިއުން ދިވެހިބަސް ގެއްލިގެން ދިއުން (މިހާރުވެސް ދިވެހިބަސްއޮތީ ދެވަނަ ދަރަޖައަށް ވެއްޓިފަ) މިހެންގޮސް ކިޔާނެކަމެއްނެތް، ދެން ދުވަސްކޮޅަކުން ބުނާނެ އެމީހުން އަޅުކަންކުރަން/ކައިވެނިކުރަން ޗާޗް އަޅަންޖެހޭވާހަކަ، މިހެންގޮސް ބޭނުްވަނީ މިރާއްޖޭގެ އިސްލާމްވަންތަކަން ދުއްވާލުން.

  14. ހާދަހާ

    ފެއްޓުމުގެ ގޮތުން މިނިސްޓަރުގެ އުފަންރަށުގަ އަދި ގޭގައި ތިޔަކަން ފެއްޓެވި ނަމަ އެ ދެއްކުނީ ރީތި ނަމޫނާ، ނަމަވެސް އަމިއްލަ ނަފުސު އެކަން ޤަބޫލް ނުކުރާތީކަމަށް ފެނޭ، ތަޖުރިބާ ކުރުމުގެ ގޮތުން ކަމަށް އެހެން ރަށަކުން ތިޔަ ފެއްޓެވީ، މިއީ ވިސްނާނުލާ ބަޔަކު ހިތްހަމަޖަހެްސާލަދިނުމުގެ ގޮތުން ކުރެވުނު ކަމެއް މީގެ ހިތި ދަރިންގެ ދަރިންނަށް ކުރާނެ.