ހޯލް ސޭލް އާއި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން މާދަމާ ހއ.ދިއްދޫގައި އިތުރު ފިހާރައެއް ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ލިބޭގެ މެނޭޖަރު އިސްމާއީލް ސައީދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މާދަމާ ދިއްދޫގެ ދެކުނު ކޮޅުގައި ލިބޭގެ-4 ނަމުގައި ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ. "މިހާރު ދިއްދޫގައި ހުންނަ ލިބޭގެ ފިހާރަ މިހުރީ ފްލެޓްތައް ސަރަހައްދުގައި. ދެކުނު ކޮޅުގައި ދިރިއުޅޭ ފަރާތްތަކާއި އެސަރަހައްދު ވަރަށް ދުރު. އެހެންކަމުން ދެކުނުކޮޅުގައި ފުޓްބޯޅަ ދަނޑު ކައިރީ ލިބޭ-4 މިހުޅުވަނީ." އިސްމާއިލް ބުންޏެވެ.

ލިބޭ-4 އިން ވެސް ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. "ގޭގެ އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބެން ހުންނާނެ. ކުކުޅު ވެސް ހާއްސަ ހެޔޮ އަގެއްގައި ލިބޭނެ. އަދި ހާއްސަކޮށް މޭވާ އާއި ތަރުކާރީގެ ބާއްވަތްތައް ވަރަށް ތާޒާކަމާއިއެކު ލިބެން ހުންނާނެ. ދިއްދޫގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ފިހާރަތަކަށް ހޯލްސޭލްކޮށް ވެސް މޭވާ އާއި ތަރުކާރީ އަޅުގަނޑުމެން ފޯރުކޮށްދެން. 7803003 އަށް ގުޅުމުން އެކަމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ." އިސްމާއިލް ބުންޏެވެ.

އިސްމާއިލް ބުނީ ކުރިއަށް އޮތްތަނުގައި ދިއްދޫގެ ކަސްޓަމަރުންނަށް ލިބޭ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ އިތުރު ފަސޭހަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާނެ ކަމަށެވެ.