އައްޑޫސިޓީއަށް ބަލާއިރު، އެސިޓީގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ބޮޑު ދައްޗަކަށް ވެފައި އޮންނަނީ ތާޒާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހޯދުމެވެ. ބައެއް ތަންތަނުން ބައެއް ކަހަލަ މޭވާ ލިބުނު ނަމަވެސް، ބޭނުންވާ ހުރިހާ އެއްޗެއް އެއްތަނަކުން ހޯދަން ރައްޔިތުންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އައްޑޫގައި ހުންނަ ލިބޭ-02 ސުޕަމާޓުން މިހާރު ވަނީ އެ ދަތިތަކަށް ހައްލެއް ހޯދަ ދީފައެވެ.

ރައްޔިތުން ބޭނުންވާ ތާޒާ މޭވާ އެއްތަނަކުން ލިބޭ ފިހާރައަކަށް ނުވަތަ ސުޕަމާޓަކީ ހިތަދޫގައި ހުންނަ ލިބޭ-02 ކަމީ ޝައްކެއް ވެސް ނެތް ކަމަކެވެ. ތާޒާ ހުރިހާ މޭވާގެ އިތުރުން އެތަކެތި ލިބޭއިން ވިއްކަމުން އަންނަނީ ވެސް އަގު ހެޔޮ ކޮންނެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ "ލިބޭ-02" އަކީ ތާޒާ މޭވާ އާއި ތަރުކާރީ އަދި އެހެނިހެންވެސް ކާބޯތަކެތީގެ އެކި ބާވަތްތަކާއި، ގޭތެރެއަށް ބޭނުންވާ ބައެއް ޢާންމު ސާމާނާއި ކުޑަކުދިންގެ ކުޅޭތަކެއްޗާއި އެނޫންވެސް އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އައްޑޫ ސިޓީ އެއްތަނަކުން އެންމެ ހެޔޮއަގުގައި ލިބެންހުރި އެއް ސުޕަމާޓެވެ. އެ ސުޕަމާޓުން އަންނަނީ ލުއިފަސޭހަކަމާއެކު ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހިތަދޫގައި ޑެލިވަރީގެ ޚިދުމަތްވެސް ދެމުންނެވެ.

އައްޑޫގެ އެހެން ފިހަރާތަކެކޭ އެއްގޮތަށް ގިނަ ތަކެތި ލިބޭއިން ވިއްކާއިރު، ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެހެން ފިހާރަތަކަށްވުރެ ހެޔޮ އަގުގައި ލިބޭއިން އެއްޗެހި ވިއްކާ ކަމެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.