ގދ. މަޑަވެއްޔަށް ކާޑުގެ ދަތިކަން ކުރިމަތިވެފައިވާތީ ކާޑު ހިފައިގެން ބޯޓު ދަތުުރުކުރަމުންދާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިދާޅުވީ، މަޑަވެލިން ކާޑު ހުސްވެފައިވާ ކަމަށް އެ ރަށުގެ ކައުންސިލްއިން ބުނި ނަމަވެސް ކާޑު އެއްކޮށް ހުސްނުވާ ކަމަށެވެ،

އެހެން ނަމަވެސް ބައެއް ފަހަރު މަސް ފެށޭ އިރު ކާޑުގެ ބަސްތާތައް އެއްކޮށް ނެގުމުން ހުސްވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"އަސްލު ކާޑު ހުރީ ވަރަށް ބޮޑަށް މަދުވެފައި. އެކަން ގަބޫލުކުރަން، އެކަމަކު އެއްކޮށް ކާޑު ހުހެއް ނުވޭ. ދެން ކާޑުގެ ދަތިކަން އެނގުމާއެކު މަޑަވެލީގެ އެޖެންޓާއި ދެންމެ ވަނީ ބައްދަލުކޮށްފައި" އޮފިޝަލު ވިދާޅުވިއެވެ.

މަޑަވެލީގައި ކާޑު އެޖެންޓުކަން ކުރަނީ އެންމެ ފަރާތަކުންނެވެ.

މަޑަވެލި ކާޑަށް ޖެހިއްޖެ

ކާޑު ލިބުމުގައި ލަސްވެގެން އުޅެނީ މޫސުން ގޯސްވެގެން ކަމަށާއި އަދި މާދަން ނޫނީ އޭގެ އަނެއް ދުވަހު ކާޑު ބޯޓު މަޑަވެއްޔަށް ދާނެ ކަަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މަޑަވެލި ފިޔަވައި އެހެން ރަށަކަށް ކާޑުގެ ދަތިކަން ކުރިމަތިވެގެން އުޅޭކަން އެނގިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުން ކާޑު ހުސްވުމަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެކެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަރީމް

    މަޑަވެލި ކައުންސިލަށް ވުރެ މަޑަވެލީގެ ހާލަތު މި އެނގެނީ އެސްޓީއޯއަށް؟ ކިތަންމެ ރީތި ކުރަން އުޅުނަސް މަޑަވެލީ އެޖެންޓް އޭބީ މާރޓުން ނުލިބޭ ހަނޑުލާ ފުށް. އެތައް ދުވަހެއް ވެއްޖެ. އެއްވެސް ތަނަކުން ނުލިބޭ. ދެން ތިނަދޫއިން މަޑަވެއްޔަށް ދިނީ 10ކގ ރޭޓުން. މިހާރު ނުލިބޭ. މަޑަވެލީ ގިނަ އާއިލާތައް ކަނީ ފުށް.

  2. ފުތޯ

    ގދ. މަޑަވެލީ އެ. ސް. ޓީ. އޯ އެޖެންޓްކަން ކުރާ އޭބީމާޓުން ލުބޭ ކާޑު ކޯޓާ މާލެ ތެރެއަށް ވިއްކާ ހަބަރު މުޅި ރަށުގައި އޮތީ ރަށުގައި ނެތް ހަނޑުލާ ފުށް. ވަރަށް ތާހިރު ދޮގު ހަދަން ތިޔަ ބުނާ މީޑިޔާ އޮފިސަލު

  3. ޢަލީ

    ލ. ގަން ކާޑަށް ޖެހިފަ.