މި އަހަރުގެ ތިންވަނަ ކުއާޓަރާއި ހަމައަށް ނ. މާފަރު އިިންޓަނޭޝަނަލް އެއާޕޯޓަށް 298 ޖެޓު ޖައްސާފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

އެ އެއާޕޯޓްގެ ތަފާސްހިސާބުކުން ދައްކާ ގޮތުގައި މި އަހަރު ތިންވަނަ ކުއާޓަރާއި ހަމައަށް 298 ޕްރައިވެޓް ޖެޓް އެ އެއާޕޯޓަށް ޖައްސާފައިވެއެެވެ.

އަދި ތިންވަނަ ކުއާޓަރާއި ހަމައަށް 596 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރެވިފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މާފަރު އެއާޕޯޓުގައި ރިކޯޑް ކޮށްފައިވަނީ 595 ފްލައިޓް މޫވްމެންޓެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާފަރަށް އެންމެ ގިނައިން ދަތުރު ކޮށްފައިވަނީ ރަޝިއާގެ ފަތުރުވެެރިންނެވެ. އެއީ އެ ގައުމަށް ނިސްބަތްވާ 410 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިއާ އެވެ. އަދި ތިން ވަނަގައި އޮތީ ޔޫއޭއީ އެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. އެ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކުގައެވެ.

ދެވަނަ ފިޔަވަހީގެ ދަށުން މާފަރު އެއާޕޯޓްގައި ބޮއިންގެ 777 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭ ވަރަށް ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނބިލި ކުޑައާދަނު

    ރައްޔިތުމީހާއަށް މާފަރުން ބޭރުދަތުރު ކުރެވޭނީ ކޮންދުވަހަކުންބާ؟

    • ގިނި

      ޕްރައިވެޓް ޖެޓެއް ގަންނަ ދުވަހު