އެސްޓީއޯގެ ހޭވައްލާ ތައްޔާރު ޕްރޮމޯޝަންގެ ދަށުން ބޮކްސް ލައިޓް ޕްރޮޖެކްޓަރު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ ޕީޕަލް ޗޮއިންސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހޭވައްލާ ތައްޔާރު ޕްރޮމޯޝަންގެ ދަށުން ހެޔޮއަގުގައި ބޮކްސް ލައިޓް ޕްރޮޖެކްޓަރު އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންއަކީ އެސްޓީއޯ އިން މި އަހަރުގެ ވޯލްޑް ކަޕާ ގުޅިގެން ކުރިޔަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ގަންނަ 50 އިންޗީ (މޮޑެލް 50PUT8115/98) ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާ އަކާއި ބްރެކްޓެއް ހިލޭ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަންގައި ލިބޭ އިމާނުތަކަކީ:

  • އެއްވަނަ އިނާމް އައިފޯން 14 ޕްރޯ މެކްސް
  • ދެވަނަ އިނާމް ޕީއެސް 5 އެއް ވީއާރް އާއެކު
  • ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވައުޗާ

ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯގެ ފިހާރަތަކުން 500 ރުފިޔާގެ ވިޔަފާރި ކުރުމުންނެވެ. އޭރުން ލަކީ ޑްރޯއަށް ކޫޕަނެއް ލިބޭނެއެވެ.

އޭގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫޓުވާ

    ކުރިން ޖަމިއްޔާ ތަކަށް ހިލޭ ދިނީ ޕޮރޮޖެކުޓަރ

  2. އިހަވަންދޫ

    އަބަދު ދޭނެޖެހޭތަ ހިލޭ