މި ސަރުކާރުގެ ނިމިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެސްޓީއޯގެ ދިގު ތާރީހުގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ އެތައް ގިނަ މަޝްރޫއުތަކެއް ފަށާ، ރައްޔިތުންނާއި ހަމައަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައި ކަމަށެވެ. ރައްޔިތުންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް މަގުފަހި ކޮށްދީފައި ކަމަށެވެ. ވަކި ރަށެއް ވަކި ދާއިރާއެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނާއި ގާތުން ގުޅިގެން އެތައް މަސައްކަތެއް ކޮށްފައި ކަމަށެވެ.

އެސްޓީއޯއިން ހަތަރު އަހަރު ކޮށްފައިވާ ބައެއް މަސައްކަތައް ބަލާލާއިރު 2019 ވަނަ އަހަރުގައި އެޑިއުކޭޝަންއާއި އެސްޓީއޯއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުމަށް އެއްބަސްވެވުނެވެ. އެ ޕްރޮޖެކްޓްވެގެން ދިޔައީ އެސްޓީއޯއިން ސްކޫލްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވުނު މަސައްކަތަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ ތުއްތު ދަރިފުޅު ފޮތް ލޯންޗް ކުރުން - ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ މެންޑޭޓުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓިއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ފެށުނު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ 2020 ވަނަ އަހަރަކީ އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެް ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައި ކަމަށެވެ. ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާވިސެސް ޑިޕާޓްމެންޓު ސެޓްއަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދިން ކަމަށާއި އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއެއް އިންސްޓޯލްކޮށްދެވުނު ކަމަށެވެ.

ކޮވިޑް 19 ގެ ތެރޭގައި، އެސްޓީއޯއިން ވަނީ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބެރުން ބޭސް ގެނެވޭނެ އިންތިޒާމްތައް ހަމަޖެއްސި ކަމަށާއި އެ ހިދުމަތްވެގެންދިޔައީ ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ވެގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މީގެއިތުރުން އާއްމުންނަށް ފަސޭހަކޮށްދިނުމުގެގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތްވެސް ހަމަޖައްސައިދިން ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް

2020 ވަނަ އަހަރު ވެގެން ދިޔައީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށެވެ. ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް އެސްޓީއޯއިން ވަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ލޮކްޑައުންއާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސް ތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އެސްޓީއޯއިންވަނީ ލީސް އެސިސްޓެންސް ފޯރުކޮށްދން ކަމަށެވެ.

އެސްޓީއޯ މެޑިކަލްސްއިން ރީޖަނަލް ކޮވިޑް 19 ފެސިލިޓީތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކުރި ކަމަށާއި އެއީ ކޮވިޑް 19 އިން ރައްކާތެރިވެ ކްރިޓިކަލް ކެއް ޕޭޝަންޓުންނަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

ހަތަރު އަހަރުގެ މަސައްކަތަށް އިތުރަށް ބަލާއިރު އެސްޓިއޯއިން ވަނީ މިނިސްޓްރީ އޮފް ހެލްތުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ޑެލިވަރކޮށްދީފަ އެވެ. ތެރަޕިއުޓިކް ސެކްޓާއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސާ ވެސް ދީފަ އެވެ.

އެސްޓީއޯ ގުދަން-- ފޮޓޯ: ވީނިއުސް

އަދި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ ދަށުން ރީޓޭލް ހިދުމަތް، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަނުން، އަދި އައިޓީ ޓެކްނީޝަނުން އެސްޓީއޯއިން ތަމްރީން ކޮށްފައިވާ ކަމަށެވެ.

ހަތަރު އަހަރު އެސްޓީއޯއިން ކޮށްފައިވާ ބައެއް މަސައްކަތްތައް:

  • ޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގާފައި
  • އެމްވީ އެމްއެސްއެސް ގަލޭނާ ވަނީ މާލޭގެ ކޮމާޝަލް ހާރބަރަށް ބަނދަރުކުރުން
  • އެސްޓީއޯ އެގްރިސެންޓާ ގާއިމްކުރުން
  • ތޮއްޑޫ އެގްރިސެންޓަރުގެ ހިދުމަތް ފެށުން
  • އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުން
  • ތިމާވެއްޓާއި ރައްޓެހި ސިމެންތި ތައާރަފްކުރުން
  • މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުން
  • އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ބަނދަލު ގެނައުން
  • "އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅުނު.
  • އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ފެށުނު.
  • ކޮމިއުނިޓީ އެމްޕަވާ މަންޓާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގުން
  • ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިންގ ލެބޮޓަރީއެއް ގާއިމްކުރުން

އެސްޓީއޯއިން ބުނީ އެ ކުންފުނިން ޕީސީ އަދި ކޮންސްޓްރަކްޝަން އޭޖެންޓުންނަށްވުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން، މިއަދު ޖުމްލަ 207 އެސްޓީއޯ ޕީސީ އޭޖެންޓުންއަދި 65 ކޮންސްޓްރަކްޝަން އޭޖެންޓުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް)ގެ ފުރަތަމަ ޝިޕިން ބޯޓު

ޒަމާނީ ފެންވަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް ބަދަލުކޮށް، ރެކް އަދި ސްޕޭސް ލީސިން ތައާރަފްކުރި ކަމަށާއި އެ މޮޑަލްއަށް ލިބުނު ތަރުހީބުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ވެގެން ދިޔައީ ކަސްޓަމަރުންގެ މެދުގައި މަޤްބޫލް، ހިތްގައިމު ތަނަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުވައްޒަފުންނަށް ހާއްސަކޮށް އެކިއެކި ޕްރިވިލެޖްތައް ލިބޭ ޕްރޮގްރާމެއްވެސް އެސްޓީއޯއިން ފަށާފައިވަނީ މި އަހަރުގެ ތެރޭގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބުމަށް ވަނީ މަގުފަހިކޮށްދެވިފައި ކަމަށެވެ.

އެސްޓީއޯއިން ބުނީ މިދިޔަ ހަތަރު ކުރިއަށް ގެންދިޔަފަދަ ގިނަ މަޝްރޫއު ތަކެއްގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި އަދިވެސް ދަނީ ކުރަމުން ކަމަށެވެ. ރައްޔިތުންނާއި މި ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޮރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު