ދެކުނުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ކަމަށާއި، އެ މަސައްކަތް މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިގޮތަށް ވިދާޅުވީ، އައްޑޫ ހައި ސްކޫލްގައި ބޭއްވި ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

‎އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ މަދު ވަސީލަތްތަކާއި އެކު ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްޕީއެލް

ޝާހިދު ވިދާޅުވީ، އަދި، ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ކަމަށެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން ޝާހިދު ވަނީ މިހާރުގެ ސަރުކާރުން ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލިއަޅުވާލާފައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، ޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް މާ ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށެވެ. އަދި ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވި، ޑޮމެސްޓިކް އުޅަނދުތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްޕީއެލް

"މީގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް ލިބެގެންދާނެ". ޝާހިދު ވިދާޅުވިއެވެ.

‎އެ ރަސްމިއްޔާތުގައި ހިތަދޫ ޕޯޓަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށް ދިނުމަށްފަހު ރިޓަޔަރ ކުރި ދެ މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދީފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައެވެ.

ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްޕީއެލް

މި ހަފްލާގައި އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއްޖެތެރެ

    އިންޑިޔާގެ ނުފޫޒު ގަދަވާވަރަކައް ރާއްޖޭގެ ކުރިއެރުން ހުއްޓޭނެ ތަރައްގީޔާ އިދިކޮޅައް ކަންތައްތައް ވެގެން ދަނީ.

  2. ތޯތާ

    ކަލޯ ގދ ތިނަދޫ ޕޯޓް ކޮބާ ބޮޑު ސިންގަބިމެއްބަންދުކޮށް އެރަށުރައްޔިތުންލުގައި އަނދުން އަޅުވާ ބާއްވާފާއޮއްނަތާ ހަތަރު އަހަރުވެއްޖެ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއަދިވެސް ޕޯޓްވީތަނެއްނޭގޭ

  3. އަބުދުﷲ

    އައްޑޫއަކީ ގުދުރަތީ ގޮތުން ވަރައް ކުޑަ ތަންކޮޅަކައް ކިޔާ ނަމެއް . ކޮއްމެވެސް ސަބަބަކާ ހުރެ އާބާދީ އިތުރުވުމަކީ ހުރިހާ ކަމެއްގަ އައްޑޫ އިސް ކުރަންޖެހޭ ކަމެއްނޫން. ދެކުނު ތަރައްގީ ކުރެވޭނީ ހުވަދޫއަތޮޅުގަ ސީރިއަސް ކޮއް ޓޫރިޒަމް ތަރައްގީ ކޮއްގެން .

  4. މުޙައްމަދު

    ތެކަން ނިއެނގިގެން ހިނގަނީޔަސް ވެރިންނަށް. ޕޯޑިއަމް އަކަށް އަރައި މުޅު ވާހަކާއް ދެއްކިޔޭހެއް.