ފިހާރަތަކުން ތަކެތި ގަންނަ އިރު ދޫކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާޣެ ފީއެއް ނެގުމަށް މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ކުނި މެނޭޖް ކުރުމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2022 ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަކީ، ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި އާންމު ސިއްހަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ.

އެގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ އަޅާނެ އިދާރީފިޔަވަޅުތަކާ އަދަބުތަކާ، ޖިނާއީ ދައުވާކުރެވޭނެގޮތް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނުން ހާސިލްކުރަން ބޭނުންވާ މުހިއްމު ބައެއް މަގުސަދުތަކުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެށި ތަގައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި އާންމު ސިއްހަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ.

އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ޤަޞްދުގައިދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މިޤާނޫނުގެ މަޤުޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުނިމެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. މީގެ އިތުރުން މިޤާނޫނު ތަސްދީޤު ކުރައްވައި ގެޒެޓްކުރައްވާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ކުނިމަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރ ކަނޑައަޅުއްވައި އާއްމު ކުރަންޖެހޭނެ ކަމަށާއި އަދި ކުނިމެނޭޖު ކުރުމުގެ ޤައުމީ މާސްޓަރ ޕްލޭންވެސް 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުނި އުފެއްދުން މަދުކުރުމާއި، ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ޙަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ދެވިދާނެ ޢިނާޔަތްތައް ބަޔާންކުރާ ޢަމަލީ ޕްލޭނެއް މިނިސްޓްރީން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި އާއްމުކުރަންޖެހޭނެއެވެ.

މީގެ އިތުުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބާވަތްތައް މަދު ކުރުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުން ކުރާ ޕްލާސްޓިކްކޮތަޅުން ފީ ނެގުމާއި، އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތާއި، ޖޫރިމަނާގެ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިދާރީ ފިޔަވަޅުތައް ބަޔާންކޮށް، ޖިނާޢީ ދަޢުވާކުރެވޭނެ ކަމަށް ކަނޑައަޅައި ކުށުގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ކިސް

    ނުދޭނަން

    22
    4
  2. މެން

    އެއީ ބޮޑު ގަމާރެއް ބޮޑުބަލާއެއް އިސްތިއުފާދީފަ ރައްކާވޭ

    47
    3
  3. އޭނަ

    ސާބަހޭ ރައީސް! 2023 ތިއޮތީ ޔަގީންވެފަ. ކޮތަޅަށް ހެދުން ކޮޅު އަޅާ ރެޑީވޭ ގެޔަށްދާން.

    48
    4
  4. އަހުމަދު

    2023 ގަ ވޯޓުގެ ކުރިން ފެލުނުވަރަކަށް ފެލާފަ ދާން އެ ވިސްނަނީ. ދީނުގައި ވަނީ ހެޔޮމީހުން ތިއްބާ އެހެންމީހުން ވެރިކަމަށް ނުހޮވަން. އިކޮނޮމިކް ދާއިރާ ދަންނަ މީހެއް ރައީސްކަމަށް، ދީނީ ޝެއިޚެއް ނައިބު ރައީސް ކަމަށް ހޮވެން އޮއްވާ، ކިނބޫ ސޯލިހު ވެރިކަމަށް ހޮވީމާ ގައުމު ބިކަ ވެއްޖެ

    49
    2
  5. Anonymous

    ފިހާރަ ތަކުން ނުވާނެ ކޮތަޅު ނެގުމައް މަޖުބޫރުވެސް ކޮއްގެން.

    40
    2
  6. އެކަލޯ

    ކުނި މެޖޭޖްކުރުމުގެ މަގުސަދޭ ކިޔާފަ ލިޔެވިފަ ވާ ބައިތަށް އުނިކޮށް ރައްޔިތުން ފެލާލައިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށޭ އޮތްނަމަ ބިލުގެ މަގުސަދު ވަރަށް ސާފުވީސް. މި ބިލުގެ ހަމަ އެކަނި ބެނުމަކީ މިނިމަމް ވޭޖް ކަޑައަޅާ ރައްޔިތުންގެ މުސާރަ ބޮޑުކުރި އަދަދަށްޗުރެ އިތުރަށް ރައްޔިތުންގެ އަތުން ފެލާލުން

    33
    1
  7. ރައްޔިތުން

    ރައްޔިތުން ބޮޑުކަމުދާ އެއްޗެހިން ވެސް ނަގަން ފެނޭ، ލިބޭވަރު ގިނަ ވާނެ.

    36
    1
  8. ނަމަ

    ރައީސްގެ ބޮޑު ވައުދެއް ފުއްދާލީ ތޯއްޗެއް

    31
    1
    • ފާނަ

      ސަރުކާރު ވިސްނުން ތޫނު ރައްޔިތުން ފެލާ ލުމުގައި ތިނޯހެއްގެ ފާފަ ވަރުގެ ޖާގައެއް ވެސް ދޫކޮށްލާފައި ނެތް އޯގާތެރި ވެރިކަމާ ކީ ހަމަ ތީ އަވަހަށް ވޯޓް ހޯއްދަވަން ވަށައި ގަންނަވާ ތިންވަނަ ދައުރު ވެސް ޥާނީދޭން

  9. ސެންޗޯ

    ދެން ފޮތިން ކޮތަޅު ފަހައިގެން ބާޒާ ކުރެއްވުމަށް ވަޑައިގަންނަވާ

    28
    3
  10. އެދުރުބޭ

    މިއީ އެމްޑީޕީ އިން ރާވައިގެން ރައްޔިތުންނަށް ކުރާ ޖެއްސުން.
    ތަކެތީގެ އަގުބޮޑު ކޮށްފަ، ޓެކްސް ބޮޑު ކޮށްފަ، އިތުރަށް ތިމާވެށި ވާންވެގެން ރައްޔިތުން ފެލުން މީ.

    37
  11. ދިވެއްސެއް

    މިކަމަކީ ވަރަށް ރަނގަޅުކަމެއް!! މިއުޅެނީ ކޮތަޅު ވިއްކައިގެން އާމްދަނީ އެއްހޯދާކައް ނޫން. މިއުޅެނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރަން. ފިހާރައެއްގައި މަަސައްކަތް ކޮށްލީމައި އިންގޭނީ ޕްލާސްޓިކް ކޮތަޅު ގެންދާވަރު. ރީޔޫސަބަލް ކޮތަޅު ބޭނުންކުރުން ދިވެހިންގެ ތެރޭގައި އާދަކުރަން ވެއްޖެ.

    10
    52
    • އަތޮޅޭ

      ކީއްކުރާނީ މިއުޅޭ ކުޅަނދޭ މެން ގަމާރުކަމުން ނުވިސްނޭނެ

      5
      6
  12. އުގުރި

    ރައްޔިތުން ފެލައިގެން އަޗާ ތަޅަން ލާރި ނަގަނީދޯ..

    43
    1
  13. އަހޫ

    އެއްވެސް ކިމެއް ވެގެނެއްނޫން ރިއްޔިތުން ފެލައިގެން ވެސް ޖިބައް އެޅެނިކޮށް އެވީ !މީ މި ގައުމައް ޖެހިފަވާ މުސިބާތެއް

    34
    1
  14. މަ

    ކުނި ވަކިކުރުން ދެން މި ނިމުނީ!

    36
    • ތަ

      ކުނި ވަކި ކުރަން ދެން މުލިއާގެއަށް ފޮނުވާ!

      24
    • އަހުމަދު

      ރެޑްވޭވްއިން މިހާރު ދެނީ ފާޑެއްގެ ފޮތި ކޮތަޅެއް. އޭގެން އަނެއްކާ ޓެކްސް ނަގާބާ؟

      15
  15. ވަހީދުބާއީ

    ދުވަހަކުވެސް ރަށްޔިތުން ކުރަންޖެހޭ ހޭދަޔަށް ލުޔެއްނެތް! އެކަހަލަ ސަރުކާރު ގެނައުމަށްތޯ ގުންފައިޖަހާފަ ރައްޔިތުން ވޯޓުލާންޖެހެނީ..

    33
  16. ކުނަހަންދޫ

    ތި2 ރުފިޔާވެސް ދެވިދާނެ މިރަށައް ލޮނުއެރުމައް ހައްލެއް ގެނެވޭނެތަ؟ ހިތަދޫ ކުނަހަންދޫ ބްރިޖް އެޅޭނެތަ؟

    20
    1
  17. ނޏ

    މާކުރިން އެސްޓީއޯ އިން ނަގަންފަށާފި.....ކުޑަ އެއް ބޮޑެއްނޫން. ނަގާ ކޮންމެ ކޮތަޅަކަށް ވެސް... ....ހަނާވަނީ...ބިކަވަނީ...ފެލާ ވައްތަރު ކަމުނުދަނީ...ކުޑަ މުސާރަލިބޭ...

    26
  18. Anonymous

    އެނބުރޭހިމަށް ހެޔޮވެރިކަން.
    ރައްޔިތުންނަށް ބަލާވެރިކަން

    29
  19. މަގޭޚިޔާލުމީ

    އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުން އަތުން ލާރިގަނޑެއް ނުނަގާ އެންމެ ފަހަރެއްވެސް ނާދެ. އެކަމަކު އަނގަފުޅާކޮށްފަ ބުނާނެ ތިމަންނަމެން ރައްޔިތުންނަށް ހިލޭ އެވެނިކަމެއް މިވެނިކަމެއް ކޮށްދެމޭ. ރައްޔިތުން އަތުން ލާރިގަނޑު ނުނަގާ ތިކަންކަން ހިލޭ ކޮށްދީބަލަ. ނުވާނެ.

    32
  20. ސާބިތު

    ރައީސްމީހާގެ ތިޔަ ރުހުމަށް އަހަރުމެން ނުރުހުންދޭން މިތިބީ ތައްޔާރަށެވެ.

    27
  21. Anonymous

    ގްރީންޓެކްސްގެނަމުގަވެސް އެބަނަގާ ޓެކްސްއެއް އިބޫއާ ސާހިދު ޓެކްސްފައިސާއިން ދުނިޔެވަށާ ބުރުޖެހުން ނޫންކަމެއް ނުކުރޭ

    14
  22. Anonymous

    އަހަރެމެން ކުނި ވަކިކޮށްފައި ދެން އަޅާނީ ފެން ހުސްކުރި ފުޅިތައް.
    މިކަލޭގެ ވަޢްދެކޭ ކަދުރު ރުކަށް އެރި މީހާގެ ނަދުރެކޭ ތަފާތެއްނެތް.
    ފަތުރުވެރިން އަންނަވަރުން އޮބިނޯވޭ. ދައުލަތުގައި އެއްޗެއްނޯވޭ.
    ފޫނެއްޖާޑިތަ ހުންނަނީ

    18
  23. ކޮތަޅު

    ވިޔަފާރި ވެރިންނަށް ކޮތަޅުވެސް ދޭން މި ޖެހެނީ ރައްޔިތު މީހާއަށް. ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހަކަސް ދައްކައިދޭން މި ޖެހެނީ ރައްޔިތު މީހާ.. މި ދެން ކިހާ ބޮޑު ބަލާއެއް.

    15
  24. ރުހުން ނުދެއްވިޔަސް 2ރ ނަގަމުންދަނީ

    މާވެޔޮމަގު ގައި ހުންނަ ސިޓީ ބޭކަރީން ޕްލާސްޓިކް ކޮތަޅަށް -/2ރުފިޔާ ނަގާތާ މިހާރު ހަމަގައިމުވެސް އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އެތަނުން ގަންނަ އެއްޗިހި ލާފައި ދޭ ކަރުދާސް ކޮތަޅުގައި ހިފާތަން ނެތީމައި ޕްލާސްޓިކް ކޮތަޅެއް ދޭށޭ ބުނާ ކޮންމެ ފަހަރަކު ކޮތަޅަކަށް -/2 ރުފިޔާ ނަގައެވެ. ޕްލާސްޓިކް ކޮތަޅަށް -/2 ރުފިޔާ ނަގާ ބައެއް އެހެން ފިހާރަތަކުން ވެސް މީގެކުރިން ވިޔަފާރި ކުރެވިފައި އެބަހުއްޓެވެ. އެކަމަކު ޔަޤީން ކަމާއިއެކު ހަނދާން ހުންނަނީ ތަކުރާރުކޮށް ދެވޭތީ (ސިޓީ ބޭކަރީ/މާވެޔޮމަގު) މިތަނުގެ ނަމެވެ.

  25. ފޭރޭ

    ފައިސާއާ ހެދި މޮޔަވިޔަސް އަދި މިވަރު ކަމެއް ނުދެކެން. މުޅިދުނިޔެވަށާ ބުރުޖަހަން ބަޖެޓްގައި ހިމެނުނު އަދަދު މަދުވެގެން މިވަރަށް ރައްޔިތުން ލޫޓުވަނީ. މިރާއްޖޭގެ މަގެއްމަތިން އަޅާ ކޮންމެ ފިޔަވަޅަކަށްވެސް ފައިސާ ލޫޓުވަބަލަ. ހަރާމްކޯރުވިޔަސް މިއީ ހެޔޮވެރިކަން. ލޫޓުވާ.

    10
    1
  26. Anonymous

    ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން އެކަނި ދަންނަ ގަމާރު ބީތާ ސަރުކާރު މީ ނުކިޔަވާ ހުރި ބީތާ އަކަށް ރައީސް ކަން ދިނުމުން ވާނެ ގޮތް ދެން މިހާރު އިކޮނޮމިކް މިނިސްޓަރަކަށް

  27. އައުޓް

    ރައްޔިތުން ފެލާ ސަރުކާރު ނުކިޔަވާ ހުރި ރައީސް އިބޫ އަށް ނޭގޭނެއޭ ރައްޔިތުން ނުފެލާ ހުޅުމާލޭގެ އިރުން އޮތް ފަޅު ހިއްކާ އެތަނުން 1 ހެކްޓަރުގެ 10 ބިން ކޮންމެ މަހަކު ބިމެއް 10 މިލިއަން ޑޮލަރަށް ވިއްކަމުން ދިޔަނަމަ ދައުލަތަށް ބޭނުންވާ ވަރަށް ފައިސާ ވަންނާނެއޭ ގަމާރު ސަރުކާރު ބީތާ ސަރުކާރު ނުކިޔަވާ ތިބި ރާއްޖެތެރޭ އެއް ހިއްސު މަދު ކެބިނެޓް އޮތް ރައްޔިތުން ފެލާ ގަބުޅި ކަތީބު ސަރުކާރު ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

  28. ކަރަންޓޭ

    މިފިހާރައިންކޮށްމެގެއަކަށް 1 ފޮތިކޮތަޅު ހިލޭ

  29. މީހާ

    އަހަރެންނައް ފެންނަނީ ރައީސް އަކައް ހުންނެވި ސޯލިހު ކާ ކޮންމެ ބަތްފުކަކައް 2ރުފިޔާ ނަގަން.ވެރިކަމައް އެރުނީމަ އުޅެނީ ރައްޔިތުންގެ ލާރިގަނޑު ކައިގެން ނާޗަރަންގީ ކުޅެމުން ދެންވެސް ރައްޔިތުން މަރާ ނޮޅާނެ ގޮތެއްފެނޭތޯ.

  30. ކިނބޫ

    ރުފިޔާ ކާނެ އިތުރު މަގެއް.

  31. ސަފީރު

    އަދި ތިމާވެށި ހިމާޔަތް ކުރަން ކޮންމެ ގޭބިސީއެއްގެ ކޮންމެ ފާޚާނާއަކަށް ވޭސްޓް ޕުރޮސެސިން ފީއެއްގެ ގޮތުގައި ކޮންމެ ފާޚާނާ ތައްޓަކަށް 500 ރުފިޔާ މަހަކު ރައްޔިތުން އަތުން ނެގުމަށް ސަރުކާރުން ވިސްނަންވީ. މިހާރުވެސް މާލެގެ ސުވޭޖް އެ ބޭރުކުރެވެނީ އެއްވެސް ޓުރީޓްމަންޓެއް ނުދީ ކަޓާޕަމްޕަކުން ބޭރުކުރިގޮތަށް ހަމަ މޫދަށެވެ. ތިޔަ ޕުލާސްޓިކު ކޮތަޅަށް ވުރެ ބޭރުކުރެވޭ ނަޖިސްތަކާއި އެޔައް އެކުވެފައި ހުންނަ ކެމިކަލުން މޫދުގެ ދިރުންތަކަށާއި ފަރުތަކަށް މާ އަސަރުކުރާނެއެވެ.

  32. ޖަވާދު

    ކުޑަކުދިންނާއި މުސްކުޅިން ޖަހާ ނެޕީ އާއި އަންހެނުން ބޭނުން ކުރާ ޕެޑް އިންވެސް ޓެކްސް ނަގަން ފަށާފާނެ! ޖަހާ ކޮންމެ ނެޕީއަކަށް 3 ރުފިޔާ އަދި ޖަހާ ކޮންމެ ޕެޑަކަށް 4 ރުފިޔާ! ގައިމުވެސް ސަރުކާރަށް ލާރި ވަންނަލެއް ގިނަވާނެ! ދެން ލިބޭ ލާރިން ޕާޓީގެ ކުދިންނަށް ބޭކާރު ވަޒީފާ ދީ ބޮޑު މުސާރަ ދީފަ ބޮޑެތި މީހުން ދުނިޔެ ވަށާ ބުރު ޖެހީމާ އެއޮތީ ވެފަ! ފިހާރަތަކުން ނެޕީ ބޮޑި އަދި ޕެޑް ފޮށި ވިއްކާނީ ކޮންމެ ނެޕީއަކުން އަދި ޕެޑަކަށް ސަރުކާރަށް ދޭންޖެހޭ ލާރިކޮޅު ދިނީމާ! މިއޮތީ ހެޔޮވެރިކަމެއްގެ ބަލާވެރި ކަމެއް

    7
    1
  33. ހަސަދު

    ދިވެހިންނޭ ކެތްކޮށްލައްވާ އަދި 11 މަސް.

  34. އޮގަރު

    2ރުފިޔާ ނެގީމަ ތިމާވެށި 2ފޫޓަށް ފުޅާވޭތަ

  35. މުލުވަގު

    2023 2028 2033 2038 2043 މުޅިން ޔަޤީން ސޯލިޙުބެއަށް. އޭރުން މައުމުނާ އެއްވަރުވީ

  36. ކޮތަޅު

    ކައިރި އިންޑިއާ، ސުރީލަންކާގަވެސް ކަންކުރަނީ ހަމަ މިގޮތަށް، ކޮތަޅަށް ފައިސާ ދައްކަންޖެހޭ ބޭނުންވާ ކަމުގަވާނަމަ

  37. މަބުރޫޙް

    ޔާﷲ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނުބައިނުލަފާ ވަކިތަކުން މިދިވެހި އުއްމަތް ސަލާމަތްކުރަށްވައިފާންދޭވެ. އަދި ވެރިކަމުގެ އެވަނަދައުރެއް އިބުރާހީމް މުޙައްމަދު ޞާލިޙާއި ޙަވާލު ނުކުރައްވައި ފާންދޭވެ އާމީން

  38. މުހައްމަދުދީދީ

    އެއްގޮތަކައްވެސް ރާއްޖެޔައް ރަބަރުކޮތަޅު އެއްވެސްވައްތަރެއްގެ ސިގިރޭ ޓެއް އެތެރެ ނުކުރުށް މާރަގަޅު ހައްލެއްލިބިގެށްދާނެ

  39. އަންނައުނު

    ކޮތަޅު އެތެރެވެސް ނުކުރަންވީ. އަމިއްލަ ކޮތަޅު ގެންގުޅެބަލަ!

  40. ޝޭއިޙް އިމްރާން

    ރައްޔިތުން އަތުން ކޮތަޅަކަށް 2.ރ ނަގަން ރައީސް ރުހުން ނު ދެއްވާ ޢާދެ އެއީ ބަޔަކު މީހުން ދައްކަމުން ދާ އެއްވެސް ޢަޞްލެއް ޢަޞާސެއް ނެތް ޙަޤީގަތާއި ޚިލާފު ރޯ އޮލަ ވާހަކަ އެކެއެވެ.