މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ޕޯޓް ސޭފްޓީ ވީކް"ގެ ނަމުގައި އެމްޕީއެލްއިން ހަރަކާތެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ހެނދުނު އެމްޕީއެލްގެ ޕޯޓް ސަރަަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވާދެއްވީ އެމްޕީއެލްގެ ސީއީއޯ އަބްދުﷲ ޝާހިދު އެވެ.

އެމްޕީއެލްގެ މި އަހަރުގެ ޕޯޓް ސޭފްޓީ ވީކް ފެށުން - ފޮޓޯ: އެމްޕީއެލް

މި ހަރަކާތްތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އެއް ހަފްތާގެ ނިޔަލަށެވެ.

އެމްޕީއެލްއިން ޕޯޓް ސޭފްޓީ ވީކް ފެށީ 2019 ވަނަ އަހަރު އެވެ. އަދި މިއީ އެ ހަރަކާތް ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ.

ޝާހިދު ވިދާޅުވީ ޕޯޓް ސޭފްޓީ ވީކްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތުގައި އަތޮޅު ތެރޭގައި ހުންނަ ޕޯޓުތަކުގެ ބޭފުޅުން ވެސް ބައިވެރިވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ފަހަރުގެ ޕޯޓް ސޭފްޓީ ވީކްގައި ޕޯޓް ސޭފްޓީއާ ގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބޮޑު ފޯރަމެއް ވެސް ބާއްވާނެ ކަމަށެވެ.

އޭގެ އިތުރުން ހޭލުންތެރިކަމުގައި ޕްރޮގްރާމްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހަފްތާގެ ތެރޭގައި ޖެއްސޭ ޑްރިލްތަކަކީވެސް ވަރަށް އެކްސްޓެންސިވް ޑްރިލްތަކެއް. މި އަހަރުގެ ހަރަކާތްތަކުގައި ވެސް ގިނަ މުވައްޒަފުންތަކެއް ބައިވެރިވާނެ." ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްޕީއެލްގެ އެހެނިހެން ޕޯޓްތަކުގައިވެސް ސޭފްޓީ ހަރަކާތްތައް ޕޯޓް ސޭފްޓީގެ ފަހުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސޭފްޓީ ޑިޕާޓްމަންޓްގައި ގިނަ ދުވަހު މަސައްްކަތް ކުރި ބޭފުޅުންނަށް ހަނދާނީ ލިޔުންވެސް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާއްޓެ

    ފުރަތަމަ އެމްޕީއެލް ގުރައުންޑްގަ އުޅޭސުޓާފުނައް ކުންފުނީގެ ލޯގޯ ޔުނިފޯމްގަ ރަށުތެރޭއުޅޭނެގޮތާ މަގުމަތީސޭޕްޓީ ދަސްކޮއްދީފަ ތިމާހަލުގަ ސޭޕްޓީ ދަސްކޮއްދޭންވީ ހުރިހާސީނިޔާ މިހުންވެސްއަޅާ ޔުނިފޯމް ހާއްސަކޮއް ވެރިޔާ ސީއީއޯޝާޑުވެސް އަބަދުފެއްނާނެޔުނިފޯމުގަ ސަރުކާރުކުންފުނި ކޮބާތިލޯގޯ ޔުނިފޯމުގެއަގަކީ އެތައްވީޑިއޯތައް މިހާރުވެސް ފެއްނަންއެހުރީ ނުނެގިކިތަކެއް ހުއްނާނެބާ؟ މާލޭމުނިސިޕަލްޓީ ޒަމާނައްވުރެ ހާލުދެރަ ގިނަތަންތަނުގެ