ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 23 ރުފިޔާއަށް 23 ޖީބީ ލިބޭ "ސޯޝަލް ޕެކް އެޑްއޮން" އެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، މި ޑޭޓާ ބޭނުންކޮށްގެން ވައިބަރ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓަރ، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ ކަމަށެވެ.

މިއެޑްއޮން ލިބޭނީ އެކްޓިވޭޓް ކުރާ ދުވަހު 23:59 އާ ހަމައަށް ކަމަށާއި މި އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް '2023' ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް ނެގޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ސޯޝަލް މީޑިއާ އެޑްއޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭނެއެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއްވަނީ ފަރުމާކުރެވިފައެވެ. އެގޮތުން:

  • ދިރާގު ކޮމްބޯ ޕްލޭންސް – މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
  • ސަޅި ޕްރީޕެއިޑް ޕްލޭންސް – ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
  • މަމެން – ޒުވާނުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު