މޯލްޑިވްސް ޕޯރޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023 ގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އާއި ޖެހިގެން އަންނަ ދުވަހު ވިލާ ނޯޓިކާ ޕެރަޑައިސް މޯލްޑިވްސް ރިސޯޓްގައެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ 'ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިންގ ތުރޫ ދިސް ކޭއޮސް' އެވެ.

މި ޝިއާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކަށް އަލިއަޅުވާލާނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ކީނޯޓް ސްޕީކާރ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިންސެޝަންތައް މެދުވެރިކޮށް އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓްސްޕެޝަލިސްޓުންނާއެކު ވާހަކަދައްކާ މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ދިވެހި ރާއްޖޭގެ އަސާސީ ހިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމުއިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ހާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުން ދެއެވެ.