ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ޙަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް)ގެ މި އޮކްޓޯބަރު މަހު ބާއްވަން ނިންމައިފިއެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރުގެ ރޯޑް ރޭސް އޮންނާނީ 27 އޮކްޓޯބަރު ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދިއެންމެ އުންމީދީ ދުވުމުގެ 14 ވަނަ އެޑިޝަންއެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ރޯޑް ރޭސް އަނެއްކާވެސް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް. 2007 ވަނަ އަހަރު ޑީއެމްއާރްއާރް ވަނީ ރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ރާއްޖޭގައިދުވުމުގެ ސަގާފަތް ގާއިމުކޮށްފައި،"، އޭނާ ވިދާޅުވިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް - މުޖުތަމައުގެ ފަރުދީ ލޯބި ދައްކުވައިދޭ މި ދުވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންވެސް ބައިވެރިވެފައިވޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ވިދާޅުވީ މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއި އެކު މިއަހަރުގެ ހަރަކާތް އިތުރަށް ފޯރިގަދަވެގެން ދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

ޑީއެމްއާރްއާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށްޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. މީގެ އިތުރުންމިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފްއިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ކުޑަކުއްޖަކު އުރައިގެން މީހަކު ދުވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީއެމްއާރްއާރް 2023 އަކީވެސް ދިރާގުގެ ކޯޕަރޭޓްސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ދިރާގުން އެންޑޯރސްކޮށްފައިވާއެން.ޖީ.އޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެއެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މާދަމައިން ފެށިގެން ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެއެވެ. އަދި ދުވަން ބޭނުންވާ ފަރާތްތަކަށް އޮގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް ނުވަތަ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު