ކ. ތުލުސްދޫ ގައ،ި ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަން ޓޫރިޒަމް މިނިސްޓްރީއިން ތުލުސްދޫ ކައުންސިލަށް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ނިލްފާ އެވެ. ތުލުސްދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއި ކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.

މިނިސްޓްރީއިން ބުނީ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި ފަންނީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވާ ދާއިރާތަކަކ،ީ ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި އެކަން ރާވައި ހިންގުމަށާއ،ި އެކަމުގައި ކައުންސިލުގެ ދައުރާއި ބެހޭގޮތުންނާއ،ި އިންފްރާ ސްޓަރަކްޗާ ރިކުޔަމަންޓްސް އާއި ބެހޭގޮތުންނާއ،ި އިންވެސްޓަރުން ހޯދުމާއި ބެހޭގޮތުންނާއ،ި މާރކެޓިންގ އެންޑް ޕްރޮމޯޝަން ކަންތައްތަކަށެވެ.

އޭގެ އިތުރުނ،ް ތުލުސްދޫގައި ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ ގޮތުން ތުލުސްދޫ ލޯކަލް ގަވާންމަންޓް ކުންފުންޏާއ،ި ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ގުޅިގެނ،ް އެ ރަށުގައި ތަރައްގީ ކުރަމުންދާ "ޖިންޖާ ވިލާސް ތުލުސްދޫ" ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު، އެ ޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހިޝާމް މީޑިޔާއާއި ހިއްސާ ކުރެއްވި ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އާއ،ި ތުލުސްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އައިމަން ޝަފީޤް އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ޑެޕިޔުޓީ
ޑިރެކްޓަރު ޖެނެރަލް އަލީ ޝިނާން އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއިއްޒު 2023

    ވޯޓަށް ހިނދުކޮޅަކަށް ވީމަ ކޮންމެވެސް އެއްޗެކޭ ކިޔާ ފޮޓޯ ނަގާލީމަ ނިމުނީ. ތި ކޮމިއުނިޓީ ބޭސްޑް ޓިއަރިޒަމްއަކީ މ. ދިއްގަރުގަވެސަ ހިންގަން އުޅެ އުޅެ ކުރިއަށް ނުގޮސް ފެއިލްވެފަވާ ޕްރޮޖެކްޓެއް.
    މިފަހަރު ބޭނުމީ އަސްލު ތަރައްގީ ގެނެސްދިން މީހެއް. އެއީ މުއިއްޒު