‎ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ހިލޭ ކުކުޅު ކުރަނޑި ކޭސްއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

‎ކުކުޅު ފިހާރަކީ މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ހިނގާ ކުންފުންޏެކެވެ.

‎އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖާރ މާޝިޠާ އާދަމް ވިދާޅުވީ، އެ ފިހާރައިން ފެށި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ކުކުޅު ކުރަނޑި ކޭހަކަށް އިތުރު އެއް ކޭސް ހިލޭ ލިބިގެން ދާނެ ކަމަށެވެ.

‎އެ ފިހާރައިން 12 ޕެކެޓް ހިމެނޭ އެއް ކިލޯގެ ކުކުޅު ކުރަނޑި ކޭހާއި، 24 ޕެކެޓް ހިމެނޭ 450ގްރާމް ކޭސް ވިއްކަމުން ދެއެވެ.

‎މާޝިތާ ވިދާޅުވީ ކޮންމެ ސައިޒަކުން 10 ކޭސް ނެގިޔަސް ހިލޭ އެއް ކޭސް ލިބިގެން ދާނެ ކަމަށެވެ. އަދި ދެ ވައްތަރުން މިކްސްކޮށް ނެގިޔަސް ހިލޭ އެއް ކޭސް ލިބިގެން ދާނެ ކަމަށް މާޝިތާ ވިދާޅުވިއެވެ.

‎އޭނާ ވިދާަޅުވީ މި ޕްރޮމޯޝަންގެ މަގްސަދަކީ އަގުހެޔޮކޮށް ކަސްޓަމަރުންނަށް ކުކުޅު ކުރަނޑި ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

‎ކުކުޅު ފިހާރަ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަހަ މީރު ޖީބަށް ލުއި ތާޒާ ތަފާތު އެއްޗެހި ފޯރުކޮށް ދިނުމެވެ.

‎ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

‎މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު