ތައިލެންޑުގެ ޗިއާންގް މައިގައި ހުންނަ ވައިލްޑްލައިފް ފައުންޑޭޝަނަކަށް ދާދި ފަހުން ދިޔަ މީހަކަށް ސާރިދޯޅެއްގެ ހަމަލާއިން ސަލާމަތްވުމަށް ވަޅިއަކުން އަތް ބުރިކޮށްލައިފިއެވެ.

އުމުރުން 32 އަހަރުގެ ސްޓެފާން ކްލައުޑިއޯ ސްޕެކޮގްނާ ނަމަކަށް ކިޔާ ސްވިޒަލޭންޑްގެ ފިރިހެނަކު އަމިއްލަ ނަފްސު ސަލާމަތް ކުރަން މި ހައިރާންކުރުވަނިވި ކަންތައް ކުރީ ކަޅު ކުލައިގެ ސާރިދޯޅު އޭނާގެ ކަނާތު އަތުގައި ހިފަހައްޓައި ދޫކޮށްލަން ދެކޮޅު ހެދުމުން ކަމަށް ބެންކޮކް ޕޯސްޓާ ހަވާލާދީ ނިއުސްވީކް އިން ބުނެފައިވެއެވެ.

ސްޓެފަން އެ ޖަނަވާރަށް ގެއްލުމެއް ދޭން ބޭނުން ނުވިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ ސްޓެފަން ސާރުދޯޅަށް ކާންދެމުން ދަނިކޮށެވެ. ސާރިދޯޅުގެ ހަރުކަށި ހަމަލާއިން ސަލާމަތްވުމަށްފަހު ސްޓެފަންއަށް ފަސްޓް އެއިޑް ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައީ އޮޕަރޭޝަނަށެވެ.

"[އޭނާ] ޗިއަންގްޑާއޯ ހޮސްޕިޓަލަށް ގެންދިޔައީ އަތް ބުރިވެ ހާލު ސީރިއަސްވެގެން. ދާދި ފަހުން އޭނާ ވަނީ ޗިއާންގް މައިގެ ޑައުންޓައުންގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ސާޖަރީއަކަށް ބަދަލުކޮށްފަ،" ވަން ނިއުސް 31 އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.