އަނިޔާވެރި ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުގެ ޔަހޫދީ ސިފަައިން ފަލަސްތީނުގެ ޣައްޒާގެ 3،000 ގެ އަލިފާން ޖަހައި އަންދާލައިފައިވާ ކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފިއެވެ.

ޔަހޫދީ އިސްރާއީލުގެ ދައުލަތުގެ އަނިޔާވެރި ސިފައިން ގިނައިން ހުޅު ޖަހާފައި ވަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދުގައި ހުރި ގެ ތަކުގައި ކަމަށް ފަލަސްތީނުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި އަންދާލުމުގެ ސަބަބުން ކޮންމެ ގެއެއް ވެސް ވަނީ އަލުން ދިރި ނޫޅެވޭނެ ވަރަށް ހަލާކުވެފައި ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އަނިޔާވެރި އިސްރާއީލުން ވަނީ އެ ގެ ތަކުގައި ދިރިއުޅޭ މީހުންނަށް، ގެ ތައް އަންދާލާނެ ކަމުގެ އިންޒާރު ކުރިއާލައި ދީފައެވެ. އަދި ގެ ތަކުން ނުކުތުމަށް ދެކޮޅު ހަދާނަމަ ފަހުން ވާނެ ގެއްލުމަކަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ޒިންމާ ނުވާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މިއީ އަނިޔާވެރި ކަމުގެ އިންތިހާ ކަމަށް ފަލަސްތީނުގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ދިރިއުޅުމަށް އަޅާ ގެދޮރަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތަށް ވުމާއި އެކީ ވަރަށް ގިނަ ހަނދާންތަކާއި އުފާތައް ގުޅިފައިވާނެ ތަނެކެވެ. ނަމަވެސް ޔަހޫދީން ދަނީ އެ ގެދޮރު ތަކުގައިވެސް ހުޅު ޖަހައި އަންދަމުންނެވެ. އިސްރާއީލުން އަބަދުވެސް ބުނަމުން ދަނީ އެމީހުން ފަލަސްތީނަށް ހަމަލާދެނީ އެމީހުންގެ އަމިއްލަ ގައުމާއި އަމިއްލަ ރައްޔިތުންގެ ދިފާއުގައި ކަމަށެވެ. ނަމަވެސް ޣައްޒާގައި ވާ ހުރުމަތްތެރި މިސްކިތް ތަކާއި، އާންމުންގެ ގެދޮރާއި، ދަރިންގެ މުސްތަގުބަލު ބިނާ ކުރުވާ ސުކޫލުތައްވެސް ޔަހޫދީ އަނިޔާވެރިން ދަނީ ގަސްތުގައި ސުންނާފަތި ކުރަމުންނެވެ.

އިސްރާއީލުގެ ސަރުކާރުން ވަނީ އެ ގައުމުގެ ސިފައިން ހަމަ އެކަނި އަލިފާން ޖަހައި އަންދަމުން ދަނީ ފަލަސްތީނުގެ ޣައްޒާގައި މީހުން ދިރިނޫޅޭ ހައުސިން ޔުނިޓް ތައް ކަމަށާއި، އިސްރާއީލުގެ މަގުސަދަކީ ޣައްޒާ އާއި އިސްރާއީލާއި ދެމެދު ބަފާ ޒޯން އެއް ގާއިމް ކުރުން ކަމަށް ބުނެފައެވެ.