އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން، ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި އިތުރު ނިރުބަވެރިއަކު މިއަދު މަރާލައިފިއެވެ.

އިއްޔެ ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލަށް އަރައިގަނެ ހިންގަމުންދިޔަ ކުރިމަތިލުންތަކުގައި ނިރުބަވެެރި ސިފައިންގެ މީހަކު ވަނީ މަރާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ބުނީ ޣައްޒާގެ އުތުރުގައި މިއަދު ހިނގި ކުރިމަތިލުންތަކުގައި އެގައުމުގެ ސިފައިންގެ އެކަކު މަރުވެފައިވާ ކަމަށެވެ.

އޭނާއަކީ މިދިޔަ އަހަރު ފަހުކޮޅުން އިސްރާއީލުން ޣައްޒާއަށް އެއްގަމުން އަރައިގަނެ ހިންގަމުންދާ ގަތުލު އާންމު ފެށުނު ފަހުން މަރުވި އިސްރާއީލު ސިފައިންގެ 251 ވަނަ މީހާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.