22:09

ފަލަސްތީނުގެ ރައްޔިތުން ރޯދަ ވީއްލަމުން ދަނިކޮށް އިސްރާއީލުން ރަފަހް ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފި.

22:05

ފަލަސްތީނުގެ 800 ހެކްޓަރުގެ ބިން ގާނޫނާ ހިލާފަށް ހިފަހައްޓައި، އެ ބިންތައް ސަރުކާރު ހިއްސާވާ އިސްރާއީލުގެ ބިންތަކެއް ކަމަށް އިސްރާއއ ސަރުކާރުން މި ހަފުތާގެ ކުރީކޮޅު ކުރި އިއުލާނު ޖަރުމަނުގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި.

22:03

ލުބްނާނާއި އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ އަލްމާޖް ސައިޓުގެ ތެރޭގައި އިސްރާއީލުގެ ފައުޖަކަށް ދިން ހަމަލާގައި ބަޔަކު މަރުވެ، ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ހިޒްބުالله ހަތިޔާރު އެޅި ޖަމާއަތުން ބުނެފި.

22:02

ލުބުނާނުގެ މެދުތެރޭގައި އިސްރާއީލުން ވެހިކަލަކަށް ދިން ޑްރޯން ހަމަލާއަށް ފަހު - ފޮޓޯ: އޭއެފްޕީ
ލުބުނާނުގެ މެދުތެރޭގައި އިސްރާއީލުން ވެހިކަލަކަށް ދިން ޑްރޯން ހަމަލާއަށް ފަހު - ފޮޓޯ: އޭއެފްޕީ
ލުބުނާނުގެ މެދުތެރޭގައި އިސްރާއީލުން ވެހިކަލަކަށް ދިން ޑްރޯން ހަމަލާއަށް ފަހު - ފޮޓޯ: އޭއެފްޕީ

21:22

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ދެކުނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފި

20:59

20:33

ފަލަސްތީނުގެ ޣައްޒާ ސިޓީ ގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލަށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި އެ ހޮސްޕިޓަލުން 480 މުޖާހިދުން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފި

20:12

ރަފަހަށް އިސްރާއީލުން ދިން ހަމަލާތަކުގެ ޝިކާރައަކަށްވި މީހުން އަލް ނައްޖާރު ހޮސްޕިޓަލަށް ގެނެސްފި - ފޮޓޯ: އޭއެފްޕީ
ރަފަހަށް އިސްރާއީލުން ދިން ހަމަލާތަކުގެ ޝިކާރައަކަށްވި މީހުން އަލް ނައްޖާރު ހޮސްޕިޓަލަށް ގެނެސްފި - ފޮޓޯ: އޭއެފްޕީ
ރަފަހަށް އިސްރާއީލުން ދިން ހަމަލާތަކުގެ ޝިކާރައަކަށްވި މީހުން އަލް ނައްޖާރު ހޮސްޕިޓަލަށް ގެނެސްފި - ފޮޓޯ: އޭއެފްޕީ

20:11

ޕާމް ސަންޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެތައް ހާސް ކްރިސްޓިއަނުންނަށް ގުދުސްއަށް ވަނުމަށް ހުރަސް އަޅާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

ހަމައެއާއެކު އިސްރާއީލު ސިފައިން ވަނީ ގުދުސް ސިޓީގެ ވަށައިގެންވާ ޗެކްޕޮއިންޓްތަކާއި އޯލްޑް ސިޓީގެ ވަށައިގެންވާ ޗެކްޕޮއިންޓްތަކުގައި ހަރުކަށި އަސްކަރީ ފިޔަވަޅުތަކެއް އަޅާފައި.

20:09

ޚާން ޔުނިސްގެ އަލް އަމާލް ހޮސްޕިޓަލުގެ ތެރޭގައި އިސްރާއީލު ސިފައިން ބަޑިޖަހައި ގެދޮރު ގެއްލިފައިވާ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި

ޕީއާރުސީއެސް އިން މީގެ ކުރިން ބުނެފައި ވަނީ ޣައްޒާގެ ދެކުނުގައި ހުންނަ މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ކަމަށް.

20:00

އިސްރާއީލުން ހިފާފައިވާ ހެބްރޮން ސިޓީގެ މައި މަގުތައް ބަންދުކޮށް، އިސްރާއީލުން ޕޫރީމަށް ވަޒަންވެރިވާ މީހުން އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އަލް އިބްރާހީމީ މިސްކިތަށް ފަލަސްތީނަށް ވަނުން ވަނީ މަނާކޮށްފައި.

19:49

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އިން ލުބުނާނަށް ދިން ހަމަލާތަކުގައި ލުބުނާންގެ ހަތަރު މީހަކު ޒަހަމްވެއްޖެ

19:24

ގެދޮރު ގެއްލިގެން ޣައްޒާގެ އަމަލް ހޮސްޕިޓަލް ތެރޭގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފި.

17:36

ލުބުނާނުގެ އިރުމަތީ މެދު ތެރޭގެ ސޯއައިރީ އަވަށުގެ ކައިރީގައި ވެހިކަލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި މީހުން ޝަހީދުވެއްޖެ.

 

17:35

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޒަހަމްވި ކުޑަ ކުއްޖަކަށް ރަފަހްގެ އަލް ނައްޖާރު ހޮސްޕިޓަލުގައި ފަރުވާ ދީފި.

17:20

އިސްރާއީލުގެ އުތުރަށް ހިޒްބުالله ޖަމާއަތުން 50 ރޮކެޓް ހަމަލާ ރޭ ފަތިހު ފޮނުވާފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ބާރުތަކުން ބުނެފި

16:51

ރަފަހުގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު - ފޮޓޯ: އޭޕީ
ރަފަހުގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު - ފޮޓޯ: އޭޕީ
ރަފަހުގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު - ފޮޓޯ: އޭޕީ

 

16:48

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ޙާން ޔުނިސް ސިޓީގައި ހުންނަ އަލް އަމާލް ހޮސްޕިޓަލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

16:41

ހުޅަނގު ޚާން ޔޫނުސްގެ އަލް އަމާލް އަވަށުގައި އެގައުމުގެ ސިފައިން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި، އެ ގައުމުގެ ޖެޓްތަކުން ހަމަލާދީ ގާތްގަނޑަކަށް 40 އަމާޒަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި އަސްކަރީ އިމާރާތްތަކާއި ބިމުގެ އަޑީގައި ހުރި ޓަނަލްތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ހިމެނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

16:37

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރި ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާތައް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި ފަލަސްތީނުގެ މުޤައްދަސް ބިން މިނިވަން ކުރުމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތާއި ދެމެދު ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް އެބަދޭ

16:14

16:03

ފަލަސްޠީނުގެ އިރުމަތީ ރަފަހްގެ އަލްޖިންނާ އަވަށުގައި ހުންނަ "ފަރުވާނާ" ޢާއިލާގެ ގެ ސުންނާފަތި ކުރި ފަހުން މަދަނީ ދިފާއީ ޓީމްތަކަށް ޝަހީދުވި ގިނަ ބަޔަކު އުފުލައި، ޒަޚަމްވި އެތައް ބަޔަކު އުފުލުމުގެ ފުރުސަތު ލިބިއްޖެ.

15:50

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގައި ހައްޔަރުކުރި 800 މީހުންގެ ތެރެއިން 480 މީހުންނަކީ ހަމާސް ނުވަތަ އިސްލާމިކް ޖިހާދު ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

15:50

ފަލަސްތީނުގެ ޣައްޒާގެ ޚާން ޔުނިސްގެ ހުޅަނގުގައި އޮންނަ އަލް އަމާލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދަނިކޮށް ފަލަސްތީނު ރެޑް ކްރެސެންޓް (ޕީއާރުސީއެސް) ގެ އިމަޖެންސީ އޮޕަރޭޝަން ރޫމްގައި ހުރި މުވައްޒަފަކު އިސްރާއީލު ސިފައިން ޝަހީދުކޮށްލައިފި.

14:31

ފަލަސްތީނިއަން ނެޝަނަލް އިނިޝިއޭޓިވްގެ ޖެނެރަލް ސެކްރެޓަރީ މުސްތަފާ ބަރްގޫތީ ވިދާޅުވީ އިސްރާއީލްގެ ހަމަލާތަކުގައި ކާބޯތަކެތި ހޯދަން އުޅެނިކޮށް އަދި އިންސާނީ އެހީ ހޯދަން އުޅެނިކޮށް ފަލަސްތީނުގެ 560 ރައްޔިތުން ވަނީ ޝަހީދުކޮށްލާފައި.

އިސްރާއީލުން ވަނީ އޮކްޓޯބަރު 7 ގެ ފަހުން އިންސާނީ އެހީގެ ޓްރަކްތައް ކައިރިއަށާއި ކާބޯތަކެތި ހޯދަން އާންމުން ޖަމާވެފައިވާ ސަރަހައްދުތަކަށް ވެސް ހަމަލާ ދީފައި.

14:26

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 32،226 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި. މި ހަމަލާތަކުގައި 74،518 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވޭ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ފަލަސްތީނުގެ 84 މީހުން ވަނީ ޝަހީދުކޮށްލައި 106 މީހުން ޒަހަމްކޮށްލާފައި.

14:22

އިސްރާއީލުން ހިފާފައިވާ ގޯލަން ހެއިޓްސް ސަރަހައްދުގައި ސައިރަންގެ އަޑު އިވިއްޖެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ އަޑު އިވުނީ މަތިންދާ ބޯޓެއް ނޫނީ ޑްރޯނެއް މަތީގައި އުދުހޭ ކަމުގެ ރިޕޯޓުތައް ލިބިގެން.

14:20

އިސްރާއީލް ސިފައިން އެންމެ ބޮޑެތި ޖަރީމާތަކެއް މިހާރު ހިންގަމުން ގެންދަނީ ފަލަސްތީނުގެ ޣައްޒާ ސިޓީގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލްގެ ތެރޭގައި އާއި ބޭރުގައި.

13:32

އިސްރާއީލްގެ އުތުރުގެ ސަރަހައްދަށް ރޭ ބިންހެލުމެއްގެ އިހްސާސް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

13:13

ރެޑް ކްރެސެންޓް: އާމިރް ސޮބީއަކީ ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމަޖެންސީ އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން އަންނަ މީހެއް. އިސްރާއީލް ސިފައިން ވަނީ ބަޑިން ހަމަލާދީ އެމީހާ ޝަހީދުކޮށްލާފައި. އެމީހާ އޭރު މަސައްކަތް ކުރަމުން ދިޔައީ ޣައްޒާގެ ހާން ޔޫނުސްގައި ހުންނަ އަލް-އަމާސް ހޮސްޕިޓަލްގައި.

12:24

ނިރުބަވެރި އިސްރާއީލުން މިދިޔަ އަހަރުހެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައި.

12:14

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްރާއީލް ސިފައިންތަކެއް ޒަހަމްކޮށްލާފައިވާ ކަމަށް އަލް-ގުދުސް ބްރިގޭޑްސް އިން ބުނެފި. އަލް-ގުދުސް ބްރިގޭޑްސްއަކީ ފަލަސްތީނުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި.

ގުދުސް ބްރިގޭޑްސް އިން ބުނީ އެ ސިފައިންނަށް ހަމަލާ ދިނީ ޖެނިންގައި ތިއްބާ ކަމަށް.

12:11

އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގައި މުޒާހަރާ ކުރަމުން އަންނަ މީހުން ބުނަމުންދާ ގޮތުގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްތިއުފާ ދީ ވަގުތުން ވަގުތަށް އިންތިހާބެއް ބާއްވަން ޖެހޭ. އަދި ޣައްޒާގައި ދިރިތިބި އަސީރުން ގައުމަށް ގެނައުމަށް އެމީހުން ބުނަމުންދޭ. އިސްރާއީލްގެ ބޮޑުވަޒީރަށް މި ދަނޑިވަޅުގައި އެތެރެ އާއި ބޭރުން ތަފާތު އެކިއެކި ޕްރެޝަރާ ވަނީ ކުރިމަތިލާން ޖެހިފައި.

މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ މަގުތައް ބަންދު ކުރުމުގައި އެމީހުން ދެމިތިބޭނެ ކަމަށް.

12:09

އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގާލަންޓް އެމެރިކާ އަށް ދިއުމަށް ހަމަޖެހިއްޖެ. އޭނާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން އާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވިއަން އާ ބައްދަލުކޮށް ޣައްޒާގައި ކުރިއަށްދާ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ. އަދި ހަމާސް އިން ޣައްޒާ އަށް ގެންދިޔަ އަސީރުންނާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ.

11:24

އެމެރިކާގެ އެއާ ފޯސް އިން 80،000 މީލް ޣައްޒާ އަށް ފޯރުކޮށްދީފައިވާ ކަމަށްވޭ. މިއީ އެއް ގައުމަކުން މިފަދަ އެހީއެއް ފޯރުކޮށްދިން ހަމައެކަނި ގައުމު.

11:23

އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ.

11:16

އިސްރާއީލުން ލުބުނާނަށް ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު ޒަހަމްވެއްޖެ.

11:12

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކުށްވެރި ކުރައްވާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ގޮވާލައްވައިފި.

11:07

ނިރުބަވެރި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ އަލް ޝިޕާ ހޮސްޕިޓަލުގައި އިން މާބަނޑު އަންހެނަކު ރޭޕްކޮށް ޝަހީދުކޮށްލައިފި.

11:05

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލްގެ އިތުރު ނިރުބަވެރިޔަކު މަރާލައިފި.

11:04

ފަލަސްތީނުގެ 45،000 މީހުން ޒަޔަނިސްޓް ދުޝްމަނުންގެ ހުރަސްތަކާއެކު ވެސް، ބަރަކާތްތެރި އަލް އަޤްޞާ މިސްކިތުގައި ހޮނިހިރު ދުވަހުގެ ރޭ ޢިޝާ އާއި ތަރާވީޙް ނަމާދުކޮށްފައި.

10:50

އިސްރާއީލްގެ ތެލް އަވީވްގައި ރޭ ކުރި މުޒާހަރާ.

10:35

ޣައްޒާގެ ރަފަހުގައި ހުރ ގެއަކަށް ދިން ހަމާލާއެއްގައި ބައެއް މީހުން ޝަހީދުވެ، އަނެއް ބަޔަކު ޒަހަމްވެއްޖެ. މި ހަމަލާގައި ޝަހީދުވި އަދި ޒަހަމްވި މީހުންގެ އަދަދު ސާފެއް ނޫން.

10:25

އިސްރާއީލުގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި ހިޒްބުﷲ ގެ ބަޑި ގުދަންތަކަށާއި ވޯކްޝޮޕްތަކަށް ރޭ ވާނީ ހަމަލާ ދީފައި. އަދި ހިޒްބުﷲ އިން ފޮނުވާލި 50 ރޮކެޓެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާނެ ކަމަށް ވެސް އިސްރާއީލުން ބުނޭ.

10:09

އދ. ގެ ޗީފް، ޣައްޒާގެ ރަފަހާއި މިސްރު ގުޅޭ ބޯޑަރު ކައިރީގައި.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކަށް 170 ދުވަސްވެފައިވާ އިރު، އިސްރާއީލުން މެދުކެނޑުމެއް ނެތި ޣައްޒާ އަށް ދަނީ ހަމަލާތައް ދެމުންނެވެ. އިސްރާއީލުން އެންމެ ފަހުން ހަމަލާތައް ދިނީ ރަފަހަށާއި ދީރް އަލް-ބަލަހް ސަރަހައްދަށެވެ. މި ހަމަލާތަކުގައި ރޭ އެކަނި ވެސް ފަލަސްތީނުގެ 14 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ ވަފާ ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި ޣައްޒާގެ ހާން ޔޫނުސް ސަރަހައްދުގައި އިސްރާއީލް ސިފައިން ގެންދަނީ ވަރަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެއްގަމު މަގުންނާއި ވައިގެ މަގުން އިސްރާއީލް ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ބުނެފައިވެއެވެ. އަދި ހެލިކޮޕްޓަރުތަކުގައި ތިބެގެން ވެސް އިސްރާއީލް ސިފައިން ހަމަލާދެމުންދާ ކަަމަށް ވަފާ ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ އާއި އޭގެ ވަށައިގެން ހިނގާ ކަންކަމުގެ އެންމެ ފަހު މައުލޫމާތެވެ.