ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކުރާ ގޮތުގައި، އިސްރާއީލްގެ އުތުރުގައި ސައިރަންގެ އަޑުތައް އިވިފައި ވަނީ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އެ ސަރަހައްދަށް ފޮނުވާލި ރޮކެޓް ހަމަލާތަކަކާ ގުޅިގެންނެވެ. އެ ރޮކެޓުތައް އަމާޒުވެފައި ވަނީ ކިރްޔާތު ޝޮމޯނާ ސަރަހައްދަ ކަމަށްވެއެވެ.

އިސްރާއީލްގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޒްބުﷲ އިން ފޮނުވާލާފައި ވަނީ 30 އަށް ވުރެ ގިނަ ރޮކެޓެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ރޮކެޓުތައް އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ނައްތާލާފައިވާ ކަމަށްވެއެވެ. އަދި 10 ވަރަކަށް ރޮކެޓް އިސްރާއީލްގެ ބައެއް ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށްވެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކުރާ ގޮތުގައި ހިޒްބުﷲ އިން ދިން ރޮކެޓް ހަމަލާތަކުގައި އުމުރުން 25 އަހަރުގެ މީހަކު ވަނީ މަރާލައިފައެވެ. އެއީ އިސްރާއީލްގެ ޒުވާނެއް ކަމަށްވެއެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު މިދިޔަ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލް އާއި ލުބުނާން ގުޅޭ ބޯޑަރު ކައިރީގައި ކޮންމެ ދުވަހަކު ހެން ހަމަލާތައް ބަދަލު ކުރެވެމުންދެއެވެ. ލުބުނާންގެ ހަމަލާތަކުގައި އިސްރާއީލްގެ ބައެއް މީހުން މަރާލާފައިވާ އިރު، އިސްރާއީލްގެ ހަމަލާތަކުގައި ވެސް ދޭތެރެ ދޭތެރެއިން ލުބުނާނުން މީހުން ޝަހީދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މާތްﷲގެ ނަޞްރާްއި ފަތަޙަ ލިބޭނީ މުސްލިމުންނަށެވެ. އެހެނަސް އެ ފަތަޙާއާއި ނަޞްރު ލިބޭނީ ސަބަުތަކުގައި ހިފައިގެން މަސައްކަތްކުރީމައެވެ. ކޮންމެ ފަރުޟު ނަމާދެއްގެފަހުގައި ، ޤިޔާމުއްލައިލްގެ ފަހުގައި ހަމައެކަނި ދުޢާކޮށްގެން މި ނަޞްރާއި މި ފަތަހައެއް ނާންނާނެއެވެ. މި ފަތަޙައާއި މި ނަޞްރު ހޯދުމަށް ނަފުސާއި މާލުންވެސް ކުރިމަތިލާންޖެހެއެވެ. ވަށައިގެންތިބި ޢަރަބި އިސްލާމީ ދައުލަތްތަކުން އަތްއުރާލައިގެންތިބެ ، ބާބަކިޔު އާ ޖަމަލު މަސްހަނާކޮށްގެން ބަތްދޮލަގުކަމުން ނަޞްރަށްއެދި ދެންނެވުމަކީ ފަލަޞްތީނުގެ ރައްޔިތުންނަށް މަލާމާތްކުރުމެވެ.

    14
  2. ފިނޭ

    ހަގީގަތް ލިޔެލަމާ. ހަމަ ދެނީ ލުބްނާނަކުން ނޫން. ލުބްނާނުގެ އަސްކަރިއްޔާއަކުން ނޫން. ހަމަލަދެނީ ލުބްނާނުގެ ސަރަހައްދުގައި އުޅޭ ޖަމާއަތެއްކަމަށް ވާ ހިޒްބުﷲ އިން.

  3. ހުސެން

    އިޒުރޭލު މީހުން ތިބެންޖެހޭނީ އަބަދު ތިފަދަ ހާލަތެއްގަ

    14