އިސްރާއީލުގެ 130 އެއްހާ ސިފައިން ކާނާ ވިހަވެއްޖެއެވެ،

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލު ސިފައިންގެ 130 އެއްހާ ސިފައިންގެ އަސްކަރީ މަރުކަޒެއްގައި ހަލާކުވެފައިވާ ކާބޯތަކެތި ކައިގެން ޖާނާ ވިހަވުމުގެ މައްސަލަ ކުރިމަތިވެފައިވާ އިރު އޭގެ ތެރެއިން 17 މީހަކު ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

ސިފައިންގެ އާއިލާތަކުން ބުނާ ގޮތުގައި ސިފައިންނަށް ލިބުނީ ކާންނުކެވޭ ވަރުގެ އެއްޗެއްސެވެ. އެމީހުންނަށް ކާބޯތަކެތި ގަތުމުގެ ހުއްދަ ނުދެވެނީ އެއީ ރެކްރޫޓްމަންޓް ބޭސްއަކަށް ވާތީ އާއި އަސްކަރިއްޔާއިން ތަހުގީގެއް ހިންގަމުން ދާތީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަދި ފީލްޑްގައި ތިބި ސިފައިންނާއި ބޭސްގައި ތިބި ސިފައިން ވެސް މި ކެއުންތައް ކައިފައި ވާތީ ޝަކުވާ ކުރުމުން އިސްރާއީލުގެ ސިފައިން ދަނީ ހަލާކުވެފައިވާ ކާބޯތަކެތީގެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބެލެވޭ ގޮތުގައި ހަލާކުވެފައިވާ ކާބޯތަކެތި ސިފައިންނަށް ދީފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ކެއުމުގައެވެ. ފެކަލްޓީ އާއި ބަދިގޭގެ މުވައްޒަފުންނަށް ވެސް ކާނާ ވިހަވުމުގެ މައްސަލަ ކުރިމަތިި ކަމަށް ވެއެވެ.

އައިސްރާއީލް ސިފައިންގެ އިދާރާ (އައިޑީއެފް)އ ިން ބުނީ ފާއިތުވި ދުވަސްތަކުގައި ނިޓްޒާނިމް ބޭސްގައި ސިފައިންނަށް ފަރުވާ ދީފައިވަނީ ބަލިވުމާއި ގުޅިގެންނެވެ.

"ސިފައިންނަށް ބޭސްފަރުވާ ދެނީ އެމީހުންގެ ސިއްހީ ހާލަތަށް ބަލައިގެން. މިކަން ހިނގަން މެދުވެރިވި ގޮތް ކޮމާންޑަރުންނާއި ޕްރޮފެޝަނަލުން ބަލައި ތަހުގީގު ކުރިއަށްދޭ."، އައިޑީއެފް އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހމނޒ

    އަލްޙަމްދުލިﷲ.. ﷲ އަކްބަރު... އެ ރަހުމްކުޑަ ޝައިތާނުންތަށް ނެތިކުރައްވާށި

    23
    • ޚިޔާލު

      އާމީން