ހީޓްސްރޯކް ޖެހިގެން މި އަހަރު އެކަނި ތައިލެންޑްގައި 30 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފިއެވެ.

ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ އެތައް މިލިއަން ބަޔަކަށް އާދަޔާ ހިލާފަށް ހޫނުގަދަކަން އިހުސާސް ކުރެވުނުއިރު، ތައިލެންޑް ސަރުކާރުން ބުނީ ހީޓްސްޓްރޯކްގެ ސަބަބުން މިއަހަރު މިހާތަނަށް 30 މީހުން މަރުވެފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުދަ ދުވަހުގެ ރޭ ބުނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހީޓްސްޓްރޯކް ޖެހިގެން 30 މީހަކު މަރުވެފައިވާ ކަމަށާއި، މުޅި 2023 ވަނަ އަހަރު 37 މީހަކު މަރުވެފައިވާ ކަމަށެވެ.

ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޑައިރެކް ޚަމްޕޭން އޭއެފްޕީއަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ފަލަ ބަލި ފަދަ ސިއްހީ ބަލިތައް ހުންނަ މީހުން ގޭގައި ތިބުމަށާއި ގަވާއިދުން ފެން ބުއިމަށް އޮފިޝަލުން އިލްތިމާސް ކުރަމުން އަންނަ ކަމަށެވެ.

ބެންކޮކްގެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ފިނުހީނުމިން މައްޗަށް ދާނެ ކަމުގެ އިންޒާރު ދީފައި މިވަނީ ހޫނުގެ އިންޑެކްސް 52 ޑިގްރީ ސެލްސިއަސް (125 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭތީއެވެ.

ތައިލެންޑުގެ ވެރިރަށް ތައިލޭންޑްގެ ކޮންކްރީޓް ސަރަހައްދުގެ ފިނިހޫނުމިން ބުދަ ދުވަހު 40.1 ސެލްސިއަސް (104.2އެފް) އަށް އަރާފައިވާއިރު، ބުރާސްފަތި ދުވަހުވެސް އެފަދަ މިންވަރެއް ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބެންކޮކްގައި ހޫނުމިން ހުރީ ވަރަށް ނުރައްކާތެރި މިންވަރަކަށް ކަމަށް އެ ސިޓީގެ އެންވަޔަރަމަންޓް ޑިޕާޓްމަންޓުން ވަނީ އިންޒާރު ދީފައެވެ.

އާދަޔާ ހިލާފަށް ހޫނު މޫސުމުގެ ރާޅެއް މި ހަފުތާގައި އެ ސަރަހައްދަށް އަރާފައިވާއިރު، ފިލިޕީންސްގެ އެތައް ހާސް ސްކޫލަކުން ވަނީ، ސްކޫލަށް ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން މެދުކަނޑާލާފައެވެ.

މީގެ އިތުރުން ނޭޕާލުގެ ދެކުނުގެ ސަރަހައްދުތަކުގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ އިންޒާރުދީ، ހޮސްޕިޓަލްތައް އެލާޓަށް ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިއަދު ހޫނުގަދަކަމުން މާލޭގެ އެކި ތަންތަނަށް މީހުން ހޭނެތިގެން ވެއްޓިފައި ވެއެވެ. ހޫނުގަދައިރު މަގުމައްޗަށް ނުކުންނަށް މަޖުބޫރުވެއެވެ. ހޫނުގަދަ ދުވަސްތަކުގައި އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެގޮތް ހަމަޖައްސަން އެބަޖެހެއެވެ.

    1
    1
  2. ސަރީ

    ބެންކޮކަށް ގޮސް މަސާޖުކުރަން އޮއްވާ ހީޓު ސުޓޫރޯކު ޖެހިދާނެކަމަށް ރައްކާތެރިވެތިބުމަށް ސަރުކާރުގެ އިސްވެރިންނާއި އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މަޖިލީހަށް އަލަށް ހޮވުނު އެންމެންނަށް އިލްތިމާސް ކުރަން.

  3. މީނާ

    ސްކޫލްތައް އޭސީ ކުރަންޖެހޭ. ޕުރިންސިޕަލް ކެބު އޭސީ ކޮށްފަ ޓީޗަރުން ސްޓޭޝަން އޭސީ ކޮށްފަ ސަރުކާރުގެ މުއައްސަސާތައް އޭސީ ކޮށްފަ. 45 ޑިގުރީއަށް ހޫނުމިން މައްޗައް ދިޔައިރު ސްކޫލްތަކުގެ ދަރިވަރުން އެތިބެނީ ހޫނާ ހާސްކަމާއެކު ކުލާހެއްގައި އެތައް ކުދިންނާއެކު. މިކަމާ ވިސްނާ މިކަމަށް ހައްލެއް ގެނެސްދިން ވެރިއެއް ކޮބާ؟ އޭސީ ވާހަކަ ބުނާއިރަށް ބުނޭ ކަރަންޓު ބިލް ސަރުކާރުން ދައްކާ ގޮތަކަށް ނޫނޭ އިންނަނީ ސްކޫލުގައި އޭސީ ހަރުކުރާނަމަ. ދެން ކީއްވެޔޯ ސަރުކާރުން މުއައްސަސާތައް އެހުންނަނީ އޭސީ ކޮށްފަ އަދި ސްކޫލުގަވެސް ހުރިހައި ދަރިވަރުންގެ ބައްޕަ ނުވަތަ މަންމަ ގެ ކެބު އަދި ޓީޗާރސް ސްޓޭޝަން އެހުންނަނީ އޭސީ ކޮށްފަ. ހަމަ ބިލް ދައްކާ . ރާއްޖޭގެ މެޖޯރިޓީ ގޭގައި އެހުންނަނީ މިހާރު އޭސީ ކޮށްފަ ނަމަވެސް އެކުދިން އެތިބެނީ ހާސްކަމާ ހޫނުގައި 6 ގަޑިއިރު ސީދާ މީ ބޮޑު އިހުމާލެއް އިންސާނިއްޔަތާ ޚިލާފް ބޮޑު ޖަރީމާއެއް. މިކަން އިސްލާހު ކުރުމަށް ހުރިހައި ބެލެނިވެރިން ވަކާލާތު ކުރުމަށް ގޮވާލަން.