އިންޑިއާގެ ފިލްމް ސިޓީ މުމްބާއީގެ ކަންދީވަލީ ހުޅަނގުގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ފިހިފައިވާ ކަމަށް ސިވިކް އޮފިޝަލަކު ބުނެފިއެވެ.

މަހާވީރު ނަގަރު ކައިރީގައި ހުންނަ 30 ބުރީގެ "ކޭސަރު އަޝިޝް" އިމާރާތުގައި ހުންނަ ވިންސް ހޮސްޕިޓަލުގެ ފަހަތު ބައިގައި މިއަދު މެންދުރު 1:50 ހާއިރު އަލިފާން ރޯވިއިރު، މި އަލިފާންގަނޑު ނިއްވާލާފައިވަނީ މެންދުރު ފަހު 2:05 ހާއިރެވެ.

"އަލިފާނުގެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވޭ. މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ވަޔަރިން އާއި އިންސްޓޮލޭޝަން، އަދި ކޮމްޕްރެސަރު ހުންނަ ސެންޓްރަލައިޒްޑް އެއާ ކޮންޑިޝަން މެކޭނިޒަމް ފެސިލިޓީގައި،".

އަނިޔާވި ހަަތަރު މީހުންގެ ތެރޭގައި ހިމެނޭ 56 އަހަރުގެ ސްވަދީން މުކީގެ ހަށިގަނޑުގެ 35-40 ޕަސެންޓް ފިހިފައިވާއިރު، 35 އަހަރުގެ ރާޖްޑިއޯގެ ހަށިގަނޑުގެ 15 ޕަސެންޓް ވަނީ ފިިހިފައެވެ. އަދި 45 އަހަރުގެ ނަރެންދުރަ މޯރިޔާ 35 އަހަރުގެ ސުނިލްގެ ހަށިގަނޑުވެސް ވަރަށް ބޮޑަށް ފިހިގެން ގޮސްފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، ޑޮކްޓަރުން ބުނާ ގޮތުން އެ މީހުންގެ ހާލު ސްޓޭބަލްއެވެ.