ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާނެއް އިންޑިއާއަށް އަރައިފިއެވެ.
"ޑާއިން" ނަމުން ނަންދީފައިވާ މި ތޫފާން އިންޑިއާގެ ގޯޕާލް ޕޫރު އަދި އޮޑިސާގެ އަށް މިދިޔަ ހުކުރު ދުވަހު އަރާފައިވާއިރު ތޫފާން ގައި ބޯ ވާރޭ އާއި އެކު ދަނީ ގަދަ އަށް ވައިޖެހެމުން ނެވެ.
ތޫފާންގައި 80 މޭލަށް ވައިޖެހެމުން ދާއިރު ތޫފާންގެ އަސަރު ކައިރި ބައެއް ސްޓޭޓްތަކަށް ވެސް ދަނީ ކުރަމުންނެވެ. ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދާ ބައެއްް ސަރަހައްދުތަށް މިހާރު ކުއްލި ހާލަތަށް ގެނެސްފައިވާއިރު. ތޫފާންގެ ބާރު ދަށްވަމުން ދާކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާތަކުން މިހާރު ބުނެއެވެ.
މި ތޫފާން ކުރިއަށް އޮތް 24 ގަޑިއރު ތެރޭ ކެރެލާގެ ދެކުނުގެ ހިސާބުތަކަށް އަރާނެ އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން އެހީފޯރުކޮށްދެމުންދާ ކަމަށް އިއްޔެ ދެއްވި ރޭޑިއޯ ޚިތާބެއްގައި ވިދާޅުވެފަ އެވެ.
އިންޑާގެ ވައިގެ ސިފައިނުންނާއި ކޯސްޓްގާޑުގެ އިތުރުން އިންޑިއާ ނޭވީ އިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް މިހާރު ފަށާފައެވެ.
އިންޑިއާ އަށް ބާރުގަދަ ތޫފާނެއް އަރާފައި މިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިމަތިވި ބާރުގަދަ އޮކްޝީ ތޫފާނުގައި އިންޑިއާ އަދި ލަންކާއިން އެތަށް ބަޔަކު މަރުވެ އެތަބަކު ގެއްލިފައިވަނިކޮށެވެ.
އިންޑިއާގެ އޮރިއްސާ އަށް 1999 ވަނަ އަހަރު ކުރިމަތިވި ތޫފާނެއްގައި ވަނީ 8،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ކަލޯ މިދިޔައަހަރު ފަހުކޮޅެއް ނުން މިދިޔަމަހު ފަހުކޯޅޮ ކެރެލާ ފެންބޮޑުވީ
ސުބުހާނަﷲ
ވިސްނާ ފިކުރުކުރާ ބަޔަކަށް އިބްރަތެއް ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ވީ ކިހިނެއްތޯ
އަދިވެސް އެއްޖިންސުން ގުޅުންހިންގަން ސަރުކާރުން ހުއްދަދިނީތީ އުފާކުރަމުން މޮޔަވޭ ! ސަދޫމް އަށް ވީގޮތް ނުވަނީސް ހޭއަރާބަލަ !