ރަޝިޔާގެ ސަރަޙައްދެއްގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ކާރިލް އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައި 6.0 ގެ ބާރުމިނުގައި ބިމުގެ 42 ކިލޯމީޓަރުން އަޑިން ކަމަށް، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ.
ކާރިލް އައިލެންޑް އަށް 1963 ވަނަ އަހަރު ވަނީ ރެކްޓަރ މިންގަނޑުން 8.5 ގެ ބާރުގަދަ ބިންހެމެއް އައިސްފައެވެ. އެ ބިންހެލުމާއި ގުޅިގެން ޕެސިފިކް ކަނޑުގައި އުފެދުނު ބާރުގަދަ ސުނާމީގައި ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ.
މިއީ ދުނިޔެ ކުރިން ނުދެކޭފަދަ ގެއްލުން ބޮޑު އަދި ބާރުގަދަ ބޮޑު އެއް ބިންހެލުން އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ކުރިން ވަނީ ބުނެފައެވެ.
ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. މިއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.
މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެން ގިން މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.
ވަގުތު ޓީމް ވަރަށް އަޕްޑޭޓް