މީގެ ގާތްގަނޑަށް 1000 އަހަރު ކުރިން 1076 ގައި ޗައިނާ އަށް ބިޔަ ސުނާމީ އެއް އަރާފައިވާ ކަމުގެ ހެކި ހޯދިއްޖެ ކަމަށާއި ކައިރި މުސްތަގުބަލުގައި ޗައިނާގެ ބޮޑު ސަރަހައްދެ ނެތި ކޮއްލާނެ ވަރުގެ ބިޔަ ސުނާމީއެއް އެގައުމަށް އަރާފާނެ ކަމުގެ އިންޒާރު ސައިންސް ވެރިން ދީފިއެވެ.
ސައިންވެރިން ބުނީ ޗައިނާގެ ދެކުނު ހިމެނޭ ގޮތަށް ހޮންކޮންގް, އަދި މަކާއު މުޅިން ސުންނާފަތި ކޮއްލާނެ ވަރުގެ ސުނާމީއެއް އެގައުމަށް ވަރަށް ކައިރި މުސްތަގުބަލެއްގައި އަރާފާނެ ކަމަށާއި މި ކަމަށް ކުރީ ބައިގައި ތައްޔާރުވުން މުހިންމު ކަމަށެވެ.
ސައިންވެރިން އިތުރަށް ބުނެފައި ވަނީ އެގައުމުގެ އައްސޭރި ފަށުގައި މިހާރު ގާއުމު ކުރަމުންދާ ނިއުކުލިޔާ ފްލާންޓް ތަށް ގާއިމު ކުރުމުގެ މަޝްރޫތަށް ހުއްޓާލަން އެގައުމުގެ ސަރުކާރުގެ ކިބައިން އެދޭ ކަމަށެވެ. އޭގެ އިތުރުން ސައިންވެރިން ބުނީ ބިޔަ ސުނާމީއެއް އަރައިފި ހާލަތެއްގައި ނިއުކިލާ ޕްލާންޑްތަށް ހަލާކުވެ ރޭޑިއޭޝަން ލީކުވުމުގެ ކާރިސާއެއް ދިމާވެދާނެ ކަމަށެވެ.
ޗައިނާ ހިމެނޭ ޖަޕާނުގެ ސަރަހައްދަށް 2011 ވަނަ އަހަރު ވަނީ ބާރުގަދަ ބިންހެލުމެއް އައިސް ބިޔަ ސުނާމީއެއް އަރާފައެވެ.
ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ބިޔަ ސުނާމީ އުފެދުނީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މުޅި އިންޑިއާ ކަނޑަށް އައި ސުނާމީއެވެ. މި ބިންހެލުމުން އުފެދުނު ސުނާމީ 30 މީޓަރ ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯރޑް ކުރެވިފައި ވެއެވެ.
މި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމާއި އަދި އޭގެ ސަބަބުން އުފެދުނު ސުނާމީގައި 200,000 މީހުން ވަނީ މަރުވެފައެވެ.
ބިންހެލުންތަކުގެ ސަބަބުން ކަނޑުގައި ބިޔަ ރާޅުތަކެއް އުފެދެއެވެ. މި ބާވަތުގެ ބޮޑުރާޅަށް ސުނާމީ އޭ ކިޔައެވެ. ''ސުނާމީ" މި ބަސް ނެގިފައިވަނީ ޖަޕާނުބަހުންނެވެ. ސުނާމީ ބައެއް ފަހަރު ކަޑު ހުރަސްކޮށް ގަޑިއަކު 500 ކިލޯމީޑަރު ބާރު މިނުގައިވެސް ދަތުރު ކުރެއެވެ.
މީ އެމެރިކާއިން ޗައިނާއަށް ބިރުދައްކަނީތަ ނުވަތަ ހަގީގަތެއްތަ......!
މިހިރަ ހުންނަނީ ހިތް ބިރުގަނަނަވަން އެމެރިކާ ދައްކާ ވާހަކަ
ތި ސުނާމީ ފޮނުވާނީ އެމއރިކާގެ ޑީޕް ސްޓޭޓުން