އެމެރިކާގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ރައީސް އަކީ އޭނާ ކަމަށް ރައީސް ޑޮނަލްޑް ޓްރަންޕް ދައުވާކޮށްފިއެވެ.
ޓްރްންޕަކީ އެންމެ ކާމިޔާބު ރައީސް ކަމަށް އޭނާ ދައުވާ މި ކުރަނީ ޓްރަންޕްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އިދިކޮޅު ޕާޓީތަކުން ގޮވާލާފައިވާ ދަޑިވަޅެއްގައި އެކަމަށް ރައްދުދެއްވައެވެ.
ޓްރަންޕް ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އޭނާއަކީ އެންމެ ކާމިޔާބު ރައީސް ކަމަށެވެ.
ޓްރަންގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަގުލަބިޔަތު ބޭނުންވާއިރު، އެމެރިކާގެ ރިޔާސީ އިންތިޚާބު ރިޕަންލިކަން ޕަޓީގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަންޕް ކާމިޔާބު ކުރެއްވީ 2016 ވަނަ އަހަރުއެެވެ. މަގާމާއި ހަވާލުވީސުރެން އެތަށް ބައެއްގެ ފާޑުކިޔުން ޓްރަންޕަށް އަނަނީ އަމާޒު ވަމުންނެވެ.
މީގެ އިތުރުން މެކްސިކޯއާއި އެމެރިކާ ސަރަހައްދީ އިމުގައި ބޮޑު ފާރެއް ރާނަން ޓްރަންޕް އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ގެނައުމާއި ގުޅިގެން ޑިސެމްބަރ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އަށްލައްކަ އަށް ވުރެ ގިނަ މުވައްޒަފުން މުސާރައާއި ނުލާ މަސައްކަތް ކުރަމުނެވެ.
ބޮޑު ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ނުހިމަނައި ދައުލަތުގެ ބަޖެޓް ތަސްދީގު ކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ދެކޮޅުހައްދަވަމުންނެވެ. އަދި ކުއްލި ހާލަތު އިއުލާން ކުރައްވައިގެންވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.
ފާސްކޮށްފަ ދުއްވާލާ.
ހާދަ ޕާން ފޮއްޗަކާ ވައްތަރޭ