މަސަރަހު ފިނިކުރުމަށް ޕާކިސްތާނުން އެގައުމުގެ ޖަލުތަކުގައި ތިބި އިންޑިއާގެ 360 ކުއްވެރިައަކު މިނިވަން ކުރަން ނިންމައިފިއެވެ.
ޕާކިސްތާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މުހައްމަދު ފައިސަލް ވިދާޅުވީ ޕާކިސްތާނުން އިންޑިއާއަށް އޮތް ހިތް ނިޔަތް ރަގަޅުކުރަން އެގައުމުގެ ޖަލުތަކުގައި ތިބި 360 ކުއްވެރިއަކު މާދަމާއިން ފަށަައިގެން މިނިވަން ކުރަން ފަށާނެ ކަމަށެވެ.
ޕާކިސްތާނުގެ ޖަލުތަކުގައި އިންޑިއާގެ 537 ކުއްވެރިން ތިބި އިރު އޭގެތެރޭގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކޮށްގެން ކުއްވެރިވެފައިވާ އިންޑިއާގެ 355 މަސްވެރިއަކު ވެސް ހިމެނެއެވެ.
ޕާކިސްތާނުން ފުރަތަމަ މިނިވަން ކުރާ ކުއްވެރިންގެ ތެރޭގައި ހިމެނޭ 100 އިންޑިއާ މަސްވެރިން ވެރިރަށް ކަރާޗީ އިން ލާހޯރަށް ގެންގޮސް ވާގާ އިމުގައި އިންޑިއާ އާއި ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވީ ފެބްރުއަރީ 14 ވަނަ ދުވަހު ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ކަޝްމީރުގައި ހަމަލާދީ އިންޑިއާގެ 42 ޕެރަމިލިޓަރީ ފުލުހުން މަރާލުމާ ގުޅިގެންނެވެ. އިންޑިޔާއިން ތަކުރާރުކޮށް މިއީ ޕާކިސްތާނުގެ މޭސްތިރި ކަމުގެ ދަށުގައި ކުރެވުނު ކަމެއް ކަމަށް އިންޑީޔާއިން ބުނަމުން ދިޔަ ނަމަވެސް، މިކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފައެވެ.
އެހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ވެސް ހަމަލާތަކެއް ބަދަލު ކޮށްފައިވެއެވެ.
އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްނާނަށް ހަމަލާދިން އިރު ޕާކިސްތާނުން ބުނީ އިންޑިއާ އިން ޕާކިސްތާންގެ ސަރަހައްދަށް ވަދެ ހަމަލާ ދީފައި ވަނީ ނިރުބުވެރިންގެ އަމާޒުތަކަށް ކަމަށް ބުނެކަމަށާއި ނަމަވެސް ނިރުބުވެރިންނަށް ހަމަލާ ދޭކަމަށް ބުނާއިރު ހަމަލާ ދިން ސަރަހައްދުތަކުގައި ތިބީ ނިރުބުވެރިން ކަން ސާބިތުކުރެވޭނެ ހެއްކެތް އިންޑިއާ އިން ދައްކާފައި ނުވާނެ ކަމަށެވެ.
އިހަކަށް ދުވަހު އިންޑިޔާ ޖަލެއްގައި ޕާކިސްތާނުގެ 02 ގައިދިޔަކު މަރާލީ! މުސްލިމުން ނުޖެހޭ ކާފަރުން ރުއްސާކަން
މިނިވަން ކުރާނެ ކަމެއް ނެތް. ބައިތިއްބާ ޖަލުގަ އަނދަގޮނޑި ޖަހާފަ