ރަޝިއާށް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
ބިންހެލުންތަކާއި ސުނާމީތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 6.6 ބާރުމިނުގައި އިރުމަތީ ރަޝިއާގެ ކަމަޗަކް ސަރަހައްދަށް ބިމުގެ 30 ކިލޯމީޑަރު އަޑުއަށެވެ.
ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައިނުވާއިރު އެސަރަހައްދުގެ އެމާޖެންސީ ސާވިސެސްގެ ތަރުޖަމާނަކު ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އާއްމުންގެ ހާލު ބަލަމުން ކަމަށެވެ. އަދި އެސަރަހައްދުގެ ގިނަ އިމާރާތްތައް ހަދާފައިވަނީ މެގްނިޓިއުޑް 9 އެއްގެ ބިންހެލުން އަޔަސް މާބޮޑު ގެއްލުމެއް ނުވާ ގޮތަށް ކަމަށެވެ.
ކަމްޗަތްކާ ޕެނިސުލާއަށް 7.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް 2016 ވަނަ އަހަރު ވަނީ އައިސްފައެވެ.
މެގްނެޓިއުޑް 9 ކީއްކުރަން މެގްނިޓިއުޑް 15 ގެ ބިންހެލުމަށް ނުގުޑާވަރުކުރިއަސް ﷲ ގެ ކޯފާ އައީމަ ޕުޓިންވެސް ޖެހޭނީ ކުޑަކަކޫ ޖަހަން....
އެހެންވާނިއްޔާ ކިތަންމެވަރުގަދަޔަށް ހެދިޔަސްވާނީ
ހަމަ ހިނދުކޮޅެއް.................މޮޔަތަށް