އިންޑިއާގެ އާގަރާގައި ޔަމްނާ އެކްސްޕްރެސްވޭ މަތިން 50 މީހުން ގޮވައިގެން ދަތުރު ކުރި ބަހެއް ފުރޮޅާލައި 29 މީހުން މަރުވެއްޖެއެވެ.
އާގަރާގެ ފުލުހުން ބުނިގޮތުގައި ބަސް އެކްސިޑެންޓްވުމުގެ ކުރިން ޑިވައިޑަރެއްގައި ޖެހިފައެވެ.
މީގެ ސަބަބުން ބަސްވަނީ 12 މީޓަރު ތީރީގައި އޮތް ކޯރެއް ކައިރިއަށް ވެއްޓިފައެވެ.
ފުލުހުން އިތުރަށް ބުނީ މަރުވި މީހުންނާއި ޒަޚަމްވި މީހުން އަދިވެސް އިތުރުވެދާނެ ކަމަށެވެ.
މިހާދިސާ ހިނގިއިރު 2018 ވަނަ އަހަރު އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ މަންދިޔަ ޑިސްޓްރިކްޓުގައި ގިނަ ބަޔަކުު ގޮވައިގެން ދަތުރުކުރި ބަހެއް ކޯރަކަށް ވެއްޓި 28 މީހުން މަރުވިއެވެ.
އިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އެއް ގައުމެވެ.
މަގުމަތީ އެކްސިޑެންޓްތަކުގައި ގިނަ އަދަދެއްގެ މީހުން ކޮންމެ އަހަރަކުވެސް މަރުވާއިރު ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2015 ވަނަ އަހަރު އެކަނިވެސް މަގުމަތީ އެކްސިޑެންޓްތަކުގައި އެއް ލައްކަ ފަންސާސް ހާސް މީހުން މަރުވި އެވެ.
ޕޮޕިއުލޭސަންގެ ނިސްބަތުން ރާއްޖޭގެ މަގުމތީގެ އެކްސިޑެންޓް ތައްވެސް މަދުހެން ހީއެއް ނުވެ.