އިންޑިއާގެ ޖަމްޝެދްޕޫރް ސިޓީގެ ޖަރްކްހާންދްގެ ރެއިލްވޭ ސްޓޭޝަންގައި މަންމައާއެކު ނިދާފައި އޮތް ތިން އަހަރުގެ އަންހެން ކުއްޖަކު ކިޑްނެޕް ކުރުމަށްފަހު ރޭޕްކޮށް، އެ ކުއްޖާގެ ކަރުބުރިކޮށްލައިފިއެވެ.
މިދިޔަ ހަފްތާ ތެރޭގައި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ދެ މީހަކު ވެގެންނެވެ. އެ ކުއްޖާ އެ ރޭލްވޭ ސްޓޭޝަން ތެރެއިން ކިޑްނެޕްކޮށްގެން ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް މިހާރު ވަނީ އާއްމުކޮށްފައެވެ.
އެ ކުއްޖާގެ މަންމަ ބުނިގޮތުގައި، އޭނާގެ ކައިރީގައި ނިދާފައި އޮތް ކުއްޖާ ގެއްލުމުން އެކަން އޭނާ ފުލުހުންނަށް އެންގިއެވެ. އޭނާ އެއިރު ބުނީ، ދަރިފުޅު ކިޑްނެޕްކޮށްގެން ގެންދިޔައީ އޭނާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ ކަމަށެވެ.
އެ އަންހެން މީހާ ފުލުހުންގެ ގާތުގައި ބުނީ، އޭނާ ފިރިމީހާ ދޫކޮށް ޖަމްޝެދްޕޫރް އަށް ދަތުރުކުރީ އާ ބައިވެރިޔާއާއެކު އުޅެން ކަމަށެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. އަދި ބޯ ނެތް އެ ކުއްޖާގެ ހަށިގަނޑު ޓެލްކޯ ފުލުހުންގެ ސްޓޭޝަން ކައިރިން ފުލުހުންނަށް ވަނީ ފެނިފައެވެ. އަދި މިހާތަނަށް އެ ކުއްޖާގެ ބޯ ފެނިފައެއް ނުވެއެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ދެ މީހުންނަކީ އެކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.
އެކަމުގައި ބައިވެރިވި ރިންކޫ ނަމަކަށް ކިޔާ މީހާއާ އޭނާގެ ރަހުމަތްެރިޔާ ކައިލަޝް ބުނީ، އެ މީހުން އެ ކުއްޖާ ރޭޕް ކުރީ މުޅި ދުވަހު ކަމަށެވެ. އަދި އެ ކުއްޖާގެ ކަރުބުރި ކުރީ އެ ކުއްޖާ ރުއިން ހުއްޓާނުލުމުން ކަމަށްވެސް ބުންޏެވެ.
އަދި ފުލުހުން ވަނީ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާވެސް ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އިންސާނީ ވަގުފާރު ކުރުމުގެ މައްސަލާގައި ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅޭ މީހުން ހޯދުނީ ފޫޓޭޖުގެ އެހީގައި ކަމަށެވެ.
ހިތާމަވެރި ހަބަރެއް... މައިން ވިސްނަންވީ ދަރި އަށް އެންމެ ބޮޑަށް ހިމާޔަތް ދޭނީ ދަރިފުޅުގެ ބައްޕަކަން.... ދަރިންގެ މުސްތަގުބަލާމެދު ވިސްނާ... ކީއްކުރަން ކުއްޖާގެ ބައްޕަގެ ގެއިން ނުކުމެގެން ދާންވީކީ.. ދަރިން ލިބުމުން ދަރިންގެ މުސްތަގުބަލާމެދު ވިސްނާށެވެ. ތިމާގެ އަމިއްލަ އުފަލާ ހިތްހަމަޖެހުމަށްވުރެ ދަރިންގެ މުސްތަގުބަލަށް
ވިސްނާށެވެ....
ކޮންފަދަ ނުބައިކަމެއް ލިބިފައިވާ ޖާހިލުންތަކެއް. ޢިންސާނިއްޔަތުކަމެއް ނެތް ހައިވާނުންތަކެއް.