ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިން ޖެހި ބަޑީގެ ވަޒަން ލޮލަށް އަމާޒުވެ ލޯ ކަނުވެފައިވާ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ މުއަތް އަމަރްނިހްގެ ދެ ދަރިން އޭނާއަށް ހިތްވަރުދީފިއެވެ.
އޭނާގެ ދެ ދަރިންގެ އިތުރުން މުޅި ދުނިޔޭގައިވެސް މިހާރު އަންނަނީ އޭނާއަސް ހިތްވަރު ދިނުމުގެ ގޮތުން ކެމްޕެއިނެއް ފަށާފައެވެ. މުއަތްގެ ކައިރީ ހުރި ނޫސްވެރިޔަކު ބުނެފައިވަނީ އެކަމުގެ ސަބަބުން މުއަތް ވަރަށް އުފާވާ ކަމަށާއި އޭނާގެ ލޮލަށް ލިބިފައިވާ ގެއްލުމަށް އެހާ ސަމާލުކަމެއް މިހާރު ނުދޭ ކަމަށެވެ.
އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން މިހާރު ފަށާފައިވާ ކެމްޕެއިނުގައި އޭނާގެ ކައިރީ ހުރި ނޫސްވެރިޔާގެ އިތުރުން ފަލަސްތީނުގެ ހުރިހާ ނޫސްވެރިންގެ އިތުރުން އާއްމު ރައްޔިތުންނާއި އެކްޓިވިސްޓުންވެސް ވަނީ ބައިވެރި ވެފައެވެ. އެފަރާތްތަކުން ވަނީ އެމީހުންގެ ވާތު ލޯ މަތީގައި ބޭސްއަޅާފައި ލޯ ފޮރުވާފައެވެ.
މުއަތްގެ ލޯލުގެ ފެނުން ގެއްލުމުން އޭނާގެ ދެ ދަރިން ކަމަށްވާ މައިސް އަދި އިބްރާޙިމްވެސް ވަނީ ބައްޕައަށް ހިތްވަރު ދިނުމަށް ލޯ މަތި ފޮރުވާފައެވެ.
ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މުއަތު އަށް އިސްރާއީލުގެ ސިފައިން ހަމަލާދީފައިވަނީ ފަލަސްތީނުގެ ރަށެއް ކަަމަށްވާ ހިބްރޫންގައި ކުރިއަށްދިޔަ ހަމަ ނުޖެހުން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ފާއިތުވި ހުކުރު ދުވަހުއެވެ. މުއަތު ހުރީ މި ހަމަ ނުޖެހުން ހިނގި ސަރަހައްދާއި އެތައް ފޫޓެއް ދުރުގައެވެ. އޭނާ ހުރީ ވެސް އޭނާގެ ސަލާމަތައް ހެލްމެޓްގެ އިތުރުން ނޫސްވެރިއެއްކަން އަންގައިދޭ ވެސްޓްވެސް އަޅައިގެންނެވެ.
ތިޔަ ފޮޓޯނަގާ ނިމޭއިރަށް ތިޔަ މަލަން ނައްޓާލާނެ. ދެން ކޮން ހިތްވަރެއް.؟
ސޯކިއުޓް
ތިހިރަ ފުޓުބޯޅަ ކުޅުންތެރިންގެ ފޮޓޯތަކަކީ ފޭކް ފޮޓޯތަކެއް އެއީ ހުރިހާ އެންމެންގެ މަލަން ކޮޅުތަށް އެހުރީ އެއް ޝޭޕަކަށް އެއް ގޮތަކަށް ތަތްކޮށްފަ.