ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މުޅި ގައުމު ފުރަބަންދު (ލޮކްޑައުން) ކުރަން ނިންމާފައިވާކަން އިއުލާނު ކުރުމާއެކު، މަދްޔާ ޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހަކު، ދިއްލީން ހިނގާފައި ގެއަށް ދާން ނުކުތް މީހަކު މަގުމައްޗަށް މަރުވެއްޖެއެވެ.
ރަންވީރު ސިންގ ނަމަކަށް ކިޔާ އެ މިހާއަކީ ދިއްލީގައި ޑެލިވަރީ އެޖެެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާއާއެކު އިތުރު ބައެއް މީހުންވެސް ވަނީ އެ ގައުމު ފުރަބަންދު ކުރާތީ މަސައްކަތް ހުއްޓާލުމަށްފަހު، އެ މީހުން ދިރިއުޅޭ ސިޓީތަކަށް އެނބުރި ދިއުމުގެ މަސައްކަތް ފަށާފައެވެ.
މީގެ ތެރެއިން އެތައް ބަޔަކު 100 ކިލޯ މީޓަރަށްވުރެވެސް ދިގު ރާސްތާ ކަޑައްތު ކުރަމުން ދަނީ ހިނގާފައެވެ. ސަބަބަކީ ގިނަ ޓްރާންސްޕޯޓް ސާވިސްތައް ހުއްޓާލާފައި ވާތީއެވެ. އޭގެ ތެރޭގައި ބަހާއި ރޭލުވެސް ހިމެނެއެވެ.
އެހެންވެ ރަންވީރުވެސް ހިނގާފައި އޭނާގެ އާއިލާ ދިރިއުޅެމުންދާ މަދްޔާ ޕްރަދޭޝްގެ މޮރެނާ ޑިސްޓްރިކްޓަށް ދާން ނުކުތީއެވެ. ދިއްލީ އާއި އެ ސިޓީގެ އޭނާ ދިރިއުޅޭ ސަރަހައްދާއި 326 ކިލޯ މީޓަރު ހުންނައިރު، ރަންވީރު މަރުވީ 200 ކިލޯ މީޓަރަށް ހިނގާފައި ވަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާ ވެއްޓުނީ އުއްތަރް ޕްރަދޭޝްގެ އަގްރާގެ ހައިވޭއަށް ކަމަށް ވެއެވެ. އޭނާ ވެއްޓުމުން އެ ސަރަހައްދުން ވިޔަފާރިވެރިއަކު އޭނާއަށް ސައި އަދި ބިސްކޯދު ދިން ކަމަށް ވެއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ހާޓްއެޓޭކެއް ޖެހިގެން މަރުވީއެވެ.
އޭނާ މަރުވިއިރު ހުރީ އޭނާގެ ވިލޭޖާއި މާ ދުރުނޫން ހިސާބެއްގައި ކަމަށް ވެއެވެ.
އިންޑިއާ ފުރަބަންދުކޮށްފައި ވަނީ 21 ދުވަހުގެ މުއްދަތަކަށެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުން ފުރަބަންދު ކުރީ އެއްވެސް ޕްލޭން އެއްް ނެތި ކުއްލި އަކަށް. ތައްރުވާން ދިނީ 4 ގަޑި އިރު
އިންޑިޔާގެވާހަކަ ނުދައްކަންވީ!
އެމްޑީޕީ އަށް ވަރަށް ކަމުދާނެ އިންޑިއާ މޯދީމެންގެ ސިޔާސަތު.