އެމެރިކާގެ ރައީސް ޓްރަމްޕް އާއި ދެކޮޅަށް ބަރަހަނާ ފިލްމް ކުޅޭ އަންހެނަކު އަބުރުގެ ދައުވާ ކޮށްފިއެވެ.
ބަރަހަނާ ފިލްމް ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއެލްސް ވަނީ ޓްރަމްޕްގެ ޓުވީޓެއްގައި އޭނާ ބަދުނާމުވާގޮތަށް ޓެގް ކޮށް ޓުވީޓް ކުރި މައްސަލާގައި ޓްރަންޕްއާއި ދެކޮޅަށް އަބުރުގެ ދައުވާކޮށްފައެވެ.
ސްޓޯމީ ޑެނިއެލްސް ބުނެފައިވަނީ ލަސްވޭގަސްގެ ކާޕާކިން ސަރަހައްދަކުން ކާކުކަން ނޭނގޭ މީހަކު އޭނައަށް ބިރު ދައްކާފައިވާކަމަށެވެ. އަދި އެމީހާ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާއި ދެކޮޅަށް ހުށައަޅާފައިވާ ހުރިހާ މައްސަލައެއް އަބުރާ ނެގުމަށް ބުނެ އިންޒާރު ދީފައި ކަމަށް ވެސް ސްޓޯމީ ބުނެއެވެ.
ސްޓޯމީ ޑެނިއެލްސްގެ އަތުން 20 މިލިއަން ޑޮލަރު ހޯދުމަށް ޓްރަމްޕް ވަނީ ދައުވާ ކޮށްފައެވެ.
ޓްރަމްޕްގެ ޤާނޫނީ ވަކީލުން ބުނާގޮތުގައި ސްޓޯމީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެމެދުގައި ކަމަކާ ބެހޭގޮތުން ވާހަކަ ނުދައްކާ ހަނުހުރުމަށް އެއްބަސްވެފައިކަމަށާއި ނަމަވެސް އޭނާވަނީ މިއެއްބަސްވުމާ ޚިލާފުވެފައިކަމަށެވެ. އަދި ޓްރަމްޕްގެ ޤާނޫނީ ވަކީލް މައިކަލް ކޯހެން ސްޓެފަނީ ބުނެފައިވަނީ އެވާހަކަ ނުދެއްކުމުގެ މަތިން ސްޓެފަނީ ކްލިފޯޑްއަށް 130،000 ޑޮލަރު ޓްރަންޕްގެ އަމިއްލަ ޖީބުން ޚަދަރުކޮށްގެން ދީފައިވާކަމަށެވެ.
ސްޓޯމީ ވަނީ އޭނާއާއި އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ލޯބީގެ ގޮތުން ގުޅިގެން 2006 ވަނަ އަހަރުން ފެށިގެން ގިނަ މަސްތަކެއް ވަންދެން އުޅުނުކަމަށް ބުނެފައެވެ. މިވާހަކަތައް ސްޓޯމީ މީޑިޔާތަކާ ފުރަތަމަ ހިއްސާކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ވަނީ އެ ވާހަކަތައް ދޮގުކޮށް، ސްޓޯމީއާއި ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ދެކެވޭވާހަކައަކީ ބޮޑު އޮޅުވާލުމެއް ކަމުގައި އެތައް ފަހަރެއްގެ މަތިން ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެޕްބީއައިން ވަނީ ޓްރަންޕްގެ ގާނޫނީ ވަކީލްގެ ގެ ބަލާފާ ކޮށްފައެވެ.