ކޮވިޑް-19 ވެކްސިން ޖެހުމުން އުމުރު ދުވަހު ކޮވިޑް-19 އިން ސަލާމަތް ވެފައި ހުރުމަކީ ދުރުކަމެއް ކަމަށާއި، ބޮޑަށް ލަފާކުރެވޭ ގޮތުގައި ކޮންމެ ތިން މަސް ދުވަހަކުން ވެކްސިން ޖަހަން ޖެހިދާނެ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރ ޑޮކްޓަރ އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.
ފައުޗީ އަކީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރާ އެމެރިކާގެ ޓާސްކްފޯސްގެ އެންމެ އިސް އެއް ސައިންސްވެރިޔާ އެވެ. އަދި ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން އެމެރިކާ ސަރުކާރާއި އެމެރިކާގެ މޮޑާނާ ނަމަކަށް ކިޔާ ކުންފުންޏަކުން ކުރަމުން ގެންދާ މަސައްކަތް ވިލަރެސް ކުރުމުގައި އެންމެ އިސްކޮށް ހުންނަ އެއް ބޭފުޅަކީ ވެސް އެއީއެވެ.
ފައުޗީ ވިދާޅުވީ މީގެ ކުރިން ފެނިފައިވާ ކޮރޯނާވައިރަސްތަކަށް ބަލާއިރު، އެބަލިތަކުން ސަލާމަތް ވުމަށް ހަށިގަނޑު ތައްޔާރުވެފައި ހުންނަ މުއްދަތު މާދިގު ނޫން ކަމަށެވެ.
"އާއްމު ގޮތެއްގައި މިޖެހޭ ރޯގާ އަކީ ވެސް ކޮރޯނާވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެއް. މިފަދަ ކަންކަމަށް ބަލާއިރު ބަލި ޖެހުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް އެބައްޔާއި ދެކޮޅަށް މަސައްކަތް ކުރަނީ ތިން މަސް ދުވަހާއި ހަމަސް ދުވަހާއި ދެމެދު. އަހަރަކަށް ވުރެ ގިނަ ދުވަހު ހަށިގަނޑުގެ ދިފާޢީ ނިޒާމް ބައްޔާއި ދެކޮޅަށް މަސައްކަތެއް ނުކުރޭ. އެމުއްދަތައް ފަހު އަނެއްކާވެސް ބަލި ޖެހޭ. އެހެންކަމުން މިފަދަ ކަންކަމަށް ބަލާއިރު ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް ކޮންމެ ތިން މަސް ދުވަހަކުން ވެކްސިން ޖަހަން ޖެހިދާނެ." ފައުޗީ ވިދާޅުވިއެވެ.
ފައުޗީ ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މޮޑާނާ އިން ކުރަމުން އަންނަ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކުންފުނިން އުފައްދާފައިވާ ވެކްސިން ޓެސްޓް ކުރުމުގެ ތިން ވަނަ މަރުހަލާ ޖުލައި މަހު ފަށާނެ ކަމަށެވެ. ތިން ވަނަ މަރުހަލާގައި 30000 މީހުންނަށް މި ވެކްސިން ދޭނެއެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ފެށޭއިރު މޮޑާނާ އިން އުފައްދާ ވެކްސިން ދެތިން ސަތޭކަ މިލިއަން މީހުންނަށް ދެވޭ ވަރަށް ތައްޔާރު ވެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ވެކްސިނެއް އުފައްދަން އާއްމު ގޮތެއްގައި އެތައް އަހަރެއް ނަގައެވެ. ގިނަ ވެކްސިންތައް އުފައްދަން 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތެއް ނަގާފައި ވެއެވެ. ދުނިޔޭގެ ތާރީޚްގައި މިހާތަނަށް އެންމެ އަވަހަށް އުފެއްދުނު ވެކްސިން އުފައްދަން ވެސް ހަތަރު އަހަރު ދުވަސް ހޭދަވިއެވެ. ނަމަވެސް ސައިންސްވެރިން އުއްމީދު ކުރަނީ ކޮވިޑް-19 އަށް 12 މަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ މުއްދަތެއްގައި ނުވަތަ އެއަށް ވުރެ ވެސް އަވަހަށް ވެކްސިނެއް އުފެއްދޭނެ ކަމަށެވެ.
އާނ އޭރުންތާ ކޮންމެ 3 މަހުން އެއްމަހު ދުނިޔެއިން ބިލިއަނުން ތި ވެކްސިން ކަލޭމެން އަތުން ގަންނާ، އުންމީދު ކުރަނީ ކަލޭމެން އަތުން ނޫނަސް ތިޔައްވުރެ ދިގު މުއްދަކުން ޖަހަން ޖެހޭ ވެކްސިނެއް ލިބޭނެކަމަށް.
ރަންގަޅު ވާހަކަ އެއް! ސަރުކާރުތައް ގުޅިގެން ބޮޑު ވިޔަފާރިއެއް ކުރަން މި ރޭވެނީ!!
އާއްމު ގޮތެއްގައި މިޖެހޭ ރޯގާ އަކީ ވެސް ކޮރޯނާވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެއް. މިފަދަ ކަންކަމަށް ބަލާއިރު ބަލި ޖެހުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް އެބައްޔާއި ދެކޮޅަށް މަސައްކަތް ކުރަނީ ތިން މަސް ދުވަހާއި ހަމަސް ދުވަހާއި ދެމެދު. އަހަރަކަށް ވުރެ ގިނަ ދުވަހު ހަށިގަނޑުގެ ދިފާޢީ ނިޒާމް ބައްޔާއި ދެކޮޅަށް މަސައްކަތެއް ނުކުރޭ. އެމުއްދަތައް ފަހު އަނެއްކާވެސް ބަލި ޖެހޭ. އެހެންކަމުން މިފަދަ ކަންކަމަށް ބަލާއިރު ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ނަމަވެސް ކޮންމެ ތިން މަސް ދުވަހަކުން ވެކްސިން ޖަހަން ޖެހިދާނެ." ފައުޗީ ވިދާޅުވިއެވެ.
——————————————————
ކިއްކުރަންތޯ ކޮއްމެ ތިންމަހަކުން؟
ދުވާލު ދެޅާގައިކާ ބޭހެއްފަދައިން ވެކްސިން ޖަހަންވީ ނޫންތޯ؟
އޭރުން ބިލްގޭޓްސް އިތުރަށް މުސްހަނދީވާނީ!
ބޮޑު އުނދަގުލެއް.
މެޑިސިންއާ މީޑިޔާ ބޭނުންކޮށްގެން އެމީހުންގެ އަޅުންނަށް މީސްތަކުން ހަދައިފި
ކޮބާ ތަ މިނިވަންކަން؟؟
އަޑީގަ އޮވެގެން. މުސްލިމުންނަށް ކުރެވެނީ ކޮންކަމެއްތަ ދެންފަހެ؟